[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞާލިޙުގެފާނުގެ ވާހަކަ – 3

  • ބުދުތަކަށް އަޅުކަންކުރަން ފެށުން

 

ނިޢުމަތްތަކަށް ހަމައެކަނި ޝުކުރުނުވުމަކުން އެމީހުންނަކަށް ނުފުދުނެވެ. އެހެނެއްކަމަކު ހިލަތައް ކޮށާއި މަށައިގެން އެމީހުން ބުދުތައް ހެދިއެވެ. ދެން އެބުދުތަކަށް އަޅުކަންކުރާ ބަޔަކު ކަމުގައި އެމީހުން ވިއެވެ. އެއީ ނޫޙުގެފާނުގެ ޤައުމުގެ މީހުންނާއި، ޢާދުބާގައިގެ މީހުން އަޅުކަންކުރި ފަދައިންނެވެ. ހިލަތަކުގެ ވެރިންކަމުގައި ﷲ ތަޢާލާ އެމީހުން ލެއްވިއެވެ. އެހެނެއް ކަމަކު އެމީހުންގެ ޖާހިލުކަމުގެ ސަބަބުން، އެމީހުންވީ ބުދުތަކަށް އަޅުކަންކުރާ ބަޔަކަށެވެ. ހަމަޔަޤީނުންވެސް (އެހެން މީހުންގެ މައްޗަށް) ﷲ ތަޢާލާ އެމީހުން މާތްކުރެއްވިއެވެ. އަދި ހެޔޮ ރަނގަޅު ތަކެތިން ރިޒްޤުދެއްވިއެވެ. އެހެނެއްކަމަކު އެމީހުން އެމީހުންގެ އަމިއްލަ ނަފުސުތަކަށް އިހާނަތްތެރި ވިއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

(إِنَّ اللَّـهَ لَا يَظْلِمُ النَّاسَ شَيْئًا وَلَـٰكِنَّ النَّاسَ أَنفُسَهُمْ يَظْلِمُونَ)[1]

މާނަ: “ހަމަކަށަވަރުން، اللَّه، އެއްވެސްކަމަކުން މީސްތަކުންނަށް އަނިޔާއެއް ނުކުރައްވަތެވެ. އެހެނެއްކަމަކު، މީސްތަކުން އެއުރެންގެ އަމިއްލަ نفس ތަކަށް އަނިޔާކުރެތެވެ.”

ހުރި ޢަޖާއިބެއްގެ ބޮޑުކަމާއެވެ. އެމީހުންގެ އަތްތަކުން ކަނޑާއިމަށާއި ހިލަތަކަށް، ސަޖިދަކޮށް ނިކަމެތިވެ ގަތުމުން މަނާވެގަންނަ ބަޔަކުކަމުގައި އެމީހުން ނުވެއެވެ. ފަހެ ބާރުގަދަ ފަރާތެއް ނިކަމެތި އެއްޗަކަށް އަޅުކަން ކުރާނެ ހެއްޔެވެ؟ ސައްޔިދު މީހާ އޭނާގެ އަޅަކަށް ސަޖިދަ ކުރާނެ ހެއްޔެވެ؟ އެހެނެއްކަމަކު ﷲގެ މަތިން އެމީހުން ހަނދުމަ ނެތިކުރީއެވެ. އަދި އެމީހުންގެ ނަފްސުތަކުގެ މަތިން ހަނދުމަ ނައްތާލިއެވެ. ﷲއަށް އަޅުކަންކުރުމަށް ދެކޮޅުހެދިއެވެ. އެހިނދު ﷲ ތަޢާލާ އެމީހުން ނިކަމެތިކުރެއްވިއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1] 44 يونس