[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞާލިޙުގެފާނުގެ ވާހަކަ – 4

  • ޞާލިޙުގެފާނު

 

އެމީހުން ގާތަށް ރަސޫލެއް ފޮނުއްވުމަށް ﷲ އިރާދަކުރެއްވިއެވެ. (އެއީ) ނޫޙުގެފާނުގެ ޤައުމުގެ މީހުންގެ ގާތަށް ރަސޫލު ބޭކަލެއް ފޮނުއްވި ފަދައިންނެވެ. އަދި ޢާދުބާގައިގެ މީހުންގެ ގާތަށް ރަސޫލު ބޭކަލެއް ފޮނުއްވި ފަދައިންނެވެ. ހަމަ ޔަޤީނުންވެސް އެއިލާހުގެ އަޅުން ކުފުރުވެރިވުމަށް ﷲ ތަޢާލާ އިރާދައެއް ނުކުރައްވައެވެ. އަދި ހަމަ ޔަޤީނުން ވެސް ބިން ފަސާދަވުމަށް ﷲ އިރާދައެއްނުކުރައްވައެވެ.

ޞާލިޙު އޭ ކިޔުނު ބޭކަލެއް އެމީހުންގެ ތެރޭގައިވިއެވެ. އުފަންވެވަޑައިގަތީ ޝަރަފުވެރި ގެޔަކަށެވެ. ބޮޑުފުޅުވެވަޑައިގަތީ ބުއްދިވެރި، ޢައިބުތަކުން ސަލާމަތްކަން ލިބިގެންވާ ޙާލުގައެވެ. ޞާލިޙުގެފާނަކީ ވިސްނުންތޫނުފުޅު ބޭކަލެކެވެ. އަދި ވަރަށް ބުއްދިވެރި ބޭކަލެއްވެސްމެއެވެ. ޤައުމުގެ މީސްތަކުން އެކަލޭގެފާނަށް ޢިޝާރަތްކޮށްފައި ބުނެތެވެ. މިއީ ޞާލިޙުގެފާނެވެ. މިއީ ޞާލިޙުގެފާނެވެ.

ޞާލިޙުގެފާނާއި މެދު އެމީހުން ވަރަށް ބޮޑަށް އުއްމީދުކުރެއެވެ. އެމީހުން ބުނެއެވެ. މުސްތަޤުބަލުގައި އެކަލޭގެފާނަށް ވަރަށް މަތިވެރި މަޤާމެއް ލިބިދާނެއެވެ.

މީހުން އެކަލޭގެފާނާ މެދު މިފަދައިން ދެކެއެވެ. މުސްތަޤްބަލުގައި ޞާލިޙުގެފާނު ވާހުށީ އެރަށުގެ ބޮޑުންގެ ތެރޭގައެވެ. އަދި އެކަލޭގެފާނު ވަނީ އެމީހުންގެ ތެރޭގައިވާ މުއްސަނދި މީހުންގެ ތެރޭގައެވެ.

އަދި މުސްތަޤުބަލުގައި ރީތި ކިއްލާއެއް އެކަލޭގެފާނަށް ލިބޭނެކަމަށް މީހުން ދެކެއެވެ. އަދި ބޮޑު ބަގީޗާއެއްވެސް މެއެވެ. އެބައިމީހުން ހީކުރީ އެކަލޭގެފާނު ލިބިފައިވާ ފުރިހަމަ ބުއްދިފުޅު ބޭނުން ކުރައްވައިގެން، ވަރަށް ބޮޑު މުދާވެރިކަމެއް ލިބިވަޑައިގަންނަވާނެ ކަމަށެވެ.

އެހެނަސް ﷲ ތަޢާލާ އިރާދަކުރެއްވީ އެހެން ގޮތަކަށެވެ. ހަމަކަށަވަރުން ﷲ އިރާދަކުރެއްވީ ނަބީކަމުގެ ޝަރަފު އެކަލޭގެފާނަށް ދެއްވުމަށެވެ. އަދި އެކަލޭގެފާނު މެދުވެރިކުރައްވައި ޤައުމުގެ މީސްތަކުން އަނދިރިކަމުން އަލިކަމުގެ ތެރެއަށް ނެރުއްވުމަށެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް