-
މުއްސަނދިންގެ ގޮވާލުން
މީސްތަކުން ޞާލިޙުގެފާނުގެ ވާހަކަތަކަށް ލެނބޭތަން ޘަމޫދުބާގައިގެ މުއްސަނދިންނަށް ފެނުނެވެ. އެމީހުންގެ ބޮޑުންނަށް އެ މަންޒަރު ފެނުމުން، އެކަމާ ބިރުގަތެވެ.
(مَا هَـٰذَا إِلَّا بَشَرٌ مِّثْلُكُمْ يَأْكُلُ مِمَّا تَأْكُلُونَ مِنْهُ وَيَشْرَبُ مِمَّا تَشْرَبُونَ)[1]
މާނަ: “ތިޔަބައިމީހުން ކަހަލަ އާދަމުގެދަރިޔަކު ކަމުގައި މެނުވީ، އެކަލޭގެފާނު ނުވެއެވެ. ތިޔަބައިމީހުން އެ އެއްޗަކުން ކައިއުޅޭ ތަކެތިން، އެކަލޭގެފާނުވެސް ކައިއުޅެއެވެ. އަދި ތިޔަބައިމީހުން އެ އެއްޗަކުން ބޮއިއުޅޭ ތަކެތިން އެކަލޭގެފާނުވެސް ބޮއިއުޅެއެވެ.”
(وَلَئِنْ أَطَعْتُم بَشَرًا مِّثْلَكُمْ إِنَّكُمْ إِذًا لَّخَاسِرُونَ)
މާނަ: “އަދި ހަމަކަށަވަރުން ތިޔަބައިމީހުން ކަހަލަ އާދަމުގެދަރިޔަކަށް ތިޔަބައިމީހުން ކިޔަމަންތެރިވެއްޖެނަމަ، އެހިނދު ހަމަކަށަވަރުން ތިޔަބައިމީހުންނީ، ގެއްލެނިވެގެންވާ ބަޔެއްކަން ކަށަވަރެވެ.”
(أَيَعِدُكُمْ أَنَّكُمْ إِذَا مِتُّمْ وَكُنتُمْ تُرَابًا وَعِظَامًا أَنَّكُم مُّخْرَجُونَ)
މާނަ: “ހަމަކަށަވަރުން ތިޔަބައިމީހުން މަރުވުމުން އަދި ވެއްޔާއި ކަށްޓަށްވުމުން، އަލުންދިރުއްވައި ނެރުއްވާނޭކަމަށް އޭނާ ތިޔަބައިމީހުންނަށް ވަޢުދުކުރަނީ ހެއްޔެވެ؟”
(هَيْهَاتَ هَيْهَاتَ لِمَا تُوعَدُونَ)
މާނަ: “ތިޔަބައިމީހުންނަށް ވަޢުދުކުރައްވާ ކަންތައް ދުރުވެގެންވެއެވެ. (ވަރަށް) ދުރުވެގެންވެއެވެ.”
(إِنْ هِيَ إِلَّا حَيَاتُنَا الدُّنْيَا نَمُوتُ وَنَحْيَا وَمَا نَحْنُ بِمَبْعُوثِينَ)
މާނަ: “އެ ދިރިއުޅުމަކީ، ތިމަންމެންގެ ދުނިޔޭގެ ދިރިއުޅުން ފިޔަވައި އެހެން އެއްޗެއް ނޫނެވެ. ތިމަންމެން މަރުވަމުއެވެ. އަދި ދިރިއުޅެމުއެވެ. އަދި އަލުން ދިރުއްވައި ފޮނުއްވާނޭ ބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ.”
(إِنْ هُوَ إِلَّا رَجُلٌ افْتَرَىٰ عَلَى اللَّـهِ كَذِبًا وَمَا نَحْنُ لَهُ بِمُؤْمِنِينَ)
މާނަ: “ﷲ އާމެދު ދޮގެއް ހެދި މީހެއްކަމުގައި ނޫނީ، އެކަލޭގެފާނު ނުވެއެވެ. އަދި އެކަލޭގެފާނަށް އީމާންވާ ބަޔަކުކަމުގައި ތިމަންމެން ނުވަމުއެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] المؤمنون 38-33