[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞާލިޙުގެފާނުގެ ވާހަކަ – 9

  • ﷲގެ ޖަމަލު

 

ޞާލިޙުގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ބޭނުންވަނީ ކޮން އާޔަތެއް (ހެއްކެއް) ހެއްޔެވެ؟

އެމީހުން ބުންޏެވެ. ކަލޭގެފާނު ތެދުވެރިންގެ ތެރެއިންވާނަމަ، މި ފަރުބަދައިން މާބަނޑު ޖަމަލެއް އަހަރުމެންނަށް ނެރުއްވައި ދެއްވާށިއެވެ.

ޖަމަލުގެ ކިބައިން މެނުވީ ޖަމަލެއް ނުވިހާނެކަން މީސްތަކުން ދަނެއެވެ. އަދި ހަމަޔަޤީނުންވެސް ޖަމަލަކީ ބިމުގައި އުފެދޭ އެއްޗެއް ނޫންކަންވެސް އެމީހުން ރަނގަޅަށް ދަނެއެވެ. އަދި ޖަމަލެއް ހިލަޔަކުން ނުނެރެވޭނެކަން ވެސް ދަނެއެވެ. އެމީހުން މި އެދުނުކަން، ޞާލިޙުގެފާނަށް ނުކުރެވޭނެކަމަށް އެމީހުން ޔަޤީންކުރިއެވެ. ހަމަޔަޤީނުންވެސް ކާމިޔާބު މިކަމުގައި ލިބޭނީ އެމީހުންނަށްކަން އެމީހުން ޔަޤީންކުރިއެވެ.

އެހެނެއް ކަމަކު ﷲ ތަޢާލާއާއި މެދު އެކަލޭގެފާނުގެ ހިތްޕުޅުގައިވާ އިމާންތެރިކަން ވަރުގަދައެވެ. ހަމަކަށަވަރުން ކޮންމެ ކަމެއްގެ މައްޗަށް ﷲ ކުޅަދުންވަންތަވެވޮޑިގެންވާކަން، އެކަލޭގެފާނު ދެނެވަޑައިގަންނަވައެވެ. ޞާލިޙުގެފާނު ﷲ ތަޢާލާއަށް ދުޢާ ދެންނެވިއެވެ.

އެހިނދު އެމީހުން ބުނިފަދައިން، މާބަނޑު ޖަމަލެއް ފަރުބަދައިން ނުކުތެވެ. މީސްތަކުން ޢަޖާއިބުވިއެވެ. އެހެނެއްކަމަކު އެމީހުންގެ ތެރެއިން އެންމެ މީހަކު މެނުވީ އީމާނެއް ނުވިއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް