[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 38 –

ކުފޫހަމަވުމާއި އިޚްތިޔާރުދިނުން ނަންގަތް ބާބު

﴿وَلَا تَنكِحُوا الْمُشْرِكَاتِ حَتَّىٰ يُؤْمِنَّ ۚ وَلَأَمَةٌ مُّؤْمِنَةٌ خَيْرٌ مِّن مُّشْرِكَةٍ وَلَوْ أَعْجَبَتْكُمْ ۗ وَلَا تُنكِحُوا الْمُشْرِكِينَ حَتَّىٰ يُؤْمِنُوا ۚ وَلَعَبْدٌ مُّؤْمِنٌ خَيْرٌ مِّن مُّشْرِكٍ وَلَوْ أَعْجَبَكُمْ﴾ [سورة البقرة 221]

މާނައީ: “މުޝްރިކު އަންހެނުންނާ ތިޔަބައިމީހުން ކައިވެނި ނުކުރާށެވެ! (އެއީ) އެކަނބަލުން އީމާންވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުން ރުހި ޤަބޫލުވިޔަސް ކަމުގައިވިޔަސް ހަމަކަށަވަރުން މުއުމިނު އަޅުއަންހެނަކުވެސް، މުޝްރިކު އަންހެނަކަށްވުރެ މާރަނގަޅެވެ. އަދި (މުއުމިނު އަންހެނުން) މުޝްރިކު ފިރިހެނުންނާ ތިޔަބައިމީހުން ނުދެވާށެވެ! (އެއީ) އެބައިމީހުން އީމާންވެއްޖައުމަށް ދާންދެނެވެ. ތިޔަބައިމީހުން އެމީހަކާ ރުހި ޤަބޫލުވިޔަސް، ހަމަކަށަވަރުން މުއުމިނު ފިރިހެން އަޅަކުވެސް މުޝްރިކު ފިރިހެނަކަށްވުރެ މާރަނގަޅެވެ.”

﴿وَمَن لَّمْ يَسْتَطِعْ مِنكُمْ طَوْلًا أَن يَنكِحَ الْمُحْصَنَاتِ الْمُؤْمِنَاتِ فَمِن مَّا مَلَكَتْ أَيْمَانُكُم مِّن فَتَيَاتِكُمُ الْمُؤْمِنَاتِ﴾ [سورة النساء 25]

މާނައީ: “އީމާންވެގެން ތިބި މިނިވަން އަންހެނުންނާ ކައިވެނިކުރުމަށް، ތިޔަބައިމީހުންގެ ތެރެއިން އަތްމަތި ތަނަވަސްކަމުގެ ގޮތުން ކުޅަދާނަ ނުވި މީހާ، ތިޔަބައިމީހުންގެ އީމާންވެގެންތިބި އަންހެންކުދިންކުރެ، ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުއަންހެނުންގެ ތެރެއިން މީހުންނާ، ކައިވެނިކުރުން ހުށްޓެވެ.”

﴿الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ ۖ وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ ۖ وَالْمُحْصَنَاتُ مِنَ الْمُؤْمِنَاتِ وَالْمُحْصَنَاتُ مِنَ الَّذِينَ أُوتُوا الْكِتَابَ مِن قَبْلِكُمْ﴾ [سورة المائدة 5]

މާނައީ: “މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި ޙަލާލު ކުރައްވައިފިއެވެ. އަދި އަހުލުކިތާބީންގެ ކާނާވެސް ތިޔަބައިމީހުންނަށް ޙަލާލު ވެގެންވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެބައިމީހުންނަށް ޙަލާލު ވެގެންވެއެވެ. ޢިއްފަތްތެރި މުއުމިނު އަންހެނުންނާއި، ތިޔަބައިމީހުންގެ ކުރިން ފޮތް ދެއްވުނު މީހުންގެ ތެރެއިން މިނިވަން އަންހެނުން ތިޔަބައިމީހުންނަށް ޙަލާލު ވެގެންވެއެވެ.”

﴿يَا أَيُّهَا الَّذِينَ آمَنُوا إِذَا جَاءَكُمُ الْمُؤْمِنَاتُ مُهَاجِرَاتٍ فَامْتَحِنُوهُنَّ ۖ اللَّـهُ أَعْلَمُ بِإِيمَانِهِنَّ ۖ فَإِنْ عَلِمْتُمُوهُنَّ مُؤْمِنَاتٍ فَلَا تَرْجِعُوهُنَّ إِلَى الْكُفَّارِ ۖ لَا هُنَّ حِلٌّ لَّهُمْ وَلَا هُمْ يَحِلُّونَ لَهُنَّ ۖ وَآتُوهُم مَّا أَنفَقُوا ۚ وَلَا جُنَاحَ عَلَيْكُمْ أَن تَنكِحُوهُنَّ إِذَا آتَيْتُمُوهُنَّ أُجُورَهُنَّ ۚ وَلَا تُمْسِكُوا بِعِصَمِ الْكَوَافِرِ﴾ [سورة الممتحنة 10]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް މުއުމިނު އަންހެނުން ހިޖުރަކޮށްފައި އަންނަހިނދު ފަހެ، ތިޔަބައިމީހުން އެކަނބަލުން އިމްތިޙާނު ކުރާށެވެ! އެކަނބަލުންގެ އީމާންކަން ހުރިގޮތް ﷲ ދެނެވޮޑިގަތުން ބޮޑެވެ. ފަހެ، އެކަނބަލުންނީ (ޙަޤީޤަތުގައި) މުއުމިނުންކަން ތިޔަބައިމީހުންނަށް އެނގިއްޖެނަމަ ފަހެ، ކާފިރުންގެ ގާތަށް ތިޔަބައިމީހުން އެކަނބަލުން އަނބުރައި ނުފޮނުވާ ހުށިކަމެވެ! އެކަނބަލުން އެބައިމީހުންނަށް ޙަލާލު ވެގެނެއް ނުވެއެވެ. އަދި އެބައިމީހުންވެސް އެކަނބަލުންނަކަށް ޙަލާލު ވެގެނެއް ނުމެވޭމެއެވެ. އަދި އެބައިމީހުން (ކައިވެނީގެ ރަނުގެ ގޮތުގައި) ހޭދަކޮށްފައިވާ އެއްޗެއް ތިޔަބައިމީހުން އެބައިމީހުންނަށް ދޭހުށިކަމެވެ! އަދި އެކަނބަލުންގެ ކައިވެނީގެ ރަން އެކަނބަލުންނަށް ތިޔަބައިމީހުން ދޭނަމަ، ތިޔަބައިމީހުން އެކަނބަލުންނާ ކައިވެނި ކުރުމުގައި، ތިޔަބައިމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އަދި ތިޔަބައިމީހުން، ކާފިރު އަންހެނުން އަނބިންގެ ގޮތުގައި ނުބައިތިއްބާށެވެ!”

﴿فَإِمْسَاكٌ بِمَعْرُوفٍ أَوْ تَسْرِيحٌ بِإِحْسَانٍ﴾ [سورة البقرة 229]

މާނައީ: “ދެން އޮތީ ހެޔޮގޮތުގައި (އެކަނބަލުންނާ) އިނދެގެން އުޅުމެވެ. ނުވަތަ ހެޔޮކޮށް ހިތުމާއެކު (އެކަނބަލުން) ދޫކޮށްލުމެވެ.”

﴿فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ﴾ [سورة البقرة 231]

މާނައީ: “ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން (ރުޖޫޢަކޮށް) ހިފަހައްޓާށެވެ! ނުވަތަ ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ!”

އަދި ހަމަ އެފަދަ ގޮތަކަށް سورة الطلاق  ގެ 2 ވަނަ އާޔަތުގައިވެސް ވެއެވެ.

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ