[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޞާލިޙުގެފާނުގެ ވާހަކަ – 10

  • މުޞީބާތް

 

ޞާލިޙުގެފާނު ވިދާޅުވިއެވެ. މިއޮތީ ތިޔަބައިމީހުންނަށް ހެއްކެއްގެ ގޮތުގައި އޮތް ﷲގެ ޖަމަލެވެ. އެހިނދު ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުން، ތިޔަބައިމީހުންނަށްޓަކައި މި ޖަމަލު ޚަލްޤުކުރެއްވިއެވެ. ފަހެ، ތިޔަބައިމީހުން މި ޖަމަލަށް މާތްކޮށްހިތާށެވެ.

(وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ)[1]

މާނަ: “އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި ޢަަޛާބެއް ތިޔަބައިމީހުންނަށް ލިބޭނެއެވެ.”

އެ ޖަމަލު ކައިބޮއި އުޅޭނީ ﷲގެ ބިމުގައެވެ. އެ ޖަމަލު ތިޔަބައިމީހުންގެ ކައިރިއަށް އައިސް ގޮސް ހަދާނެއެވެ. އޭތި ކައިބޮއި އުޅުމަށް ތިޔަބައިމީހުންގެ ކިބައިން ޙާޖަތެއް ނުޖެހޭނެއެވެ.

އެ ޖަމަލަކީ ނުހަނު ބޮޑު ޖަމަލެކެވެ. ޞާލިޙުގެފާނު ވިދާޅުވިއެވެ. އެކަލޭގެފާނު ޤައުމުގެ މީހުންނަށް ވިދާޅުވިއެވެ. މި ޖަމަލަށް ފެން ބުއިމަށް އެއްދުވަހެވެ. އަދި ތިޔަބައިމީހުންގެ ޖަނަވާރުތައް ފެންބުއިމަށް އެއްދުވަހެވެ. މިފަދައިން ޢަމަލު ކުރެވުނެވެ. އެއްދުވަހު ޖަމަލު ފެން ބޮއެފިއްޔާ އަނެއް ދުވަހު އެމީހުން ގެންގުޅޭ އެއްޗެހި ފެން ބޮއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1]73  الأعراف