-
ޘަމޫދުބާގައިގެ މީހުން ޙައްދުފަހަނައަޅައި ދިއުން
އެކަމަކު ޘަމޫދުބާގައިގެ މީހުން ކިބުރުވެރިވެގަތެވެ. އަދި ޙައްދުފަހަނައަޅައި ދިޔައެވެ. އެމީހުން ބުންޏެވެ. އަހަރުމެންގެ ޖަނަވާރުތަކަށް ކޮންމެ ދުވަހަކު ފެން ނުދެވެންވީ ކީއްވެގެން ހެއްޔެވެ؟ އެމީހުން އެ ޖަމަލުދެކެ ވަރަށް ރުޅިއައިސްފިއެވެ. އެ ޖަމަލަށް އެއްވެސް އިހާނާތްތެރިކަމެއް ނުދިނުމަށް ޞާލިޙުގެފާނު އެމީހުންނަށް އިންޒާރުކުރެއްވިއެވެ. އެކަމަކު އެމީހުން އެކަމަކަށް ފަރުވާލެއް ނުބެހެއްޓިއެވެ.
އެމީހުން ބުންޏެވެ. މި ޖަމަލު ޤަތުލު ކުރާނީ ކާކު ހެއްޔެވެ؟ އެމީހުންގެ ތެރެއިން މީހަކު އެކަމާ ހަވާލުވިއެވެ. ދެން ޖަމަލު މަރާލުމަށް ދިޔައެވެ. ދެން އެ ޖަމަލަށް ޙަމަލާދީ މަރާލައިފިއެވެ.
___________________
މަޞްދަރު: قصص النبيين للأطفال