[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 4

  • ކުޑަކުދިން ކަތިލުން

 

ފިރުޢަވުނު އޭނާގެ ސިފައިންނަށް އެންގިއެވެ. ބަނޫ އިސްރާއީލުގެ ތެރެއިން އުފަންވާ ކޮންމެ ފިރިހެން ކުއްޖެއް ކަތިލާށެވެ. ފިރުޢަވުނު ދެކޭ ގޮތުގައި އެނާއަކީ މީސްތަކުންގެ ރައްބެވެ. އެހެން ކަމުން އޭނާ ބޭނުން މީހެއް، އޭނާއަށް ކަތިލެވިދާނެއެވެ. އަދި ބޭނުން މީހެއް ކަތިނުލާ ދޫކޮށްލެވިދާނެއެވެ. އެއީ ބަކަރި ހުއިހައްޕާ މީހަކު، އޭނާގެ ބަކަރިން ބޭނުން އެއްޗެއް ކަތިލާ އުޞޫލުންނެވެ. އަދި ބޭނުން އެއްޗެއް ކަތިނުލާ ދޫކޮށްލާ ފަދައިންނެވެ.

ފިރުޢައުނުގެ މި އަމުރު ބަނޫ އިސްރާއިލުގެ މީހުންގެ މައްޗަށް ތަންފީޒުކުރުމަށް ސިފައިން ފެށިއެވެ. އެމީހުން ބަނޫ އިސްރާއީލުގެ މީހުން ދިރިއުޅޭ ހިސާބުތަކަށް ގޮސް މާބަނޑު މީހުން ހޯދާ ބެލިއެވެ. އޭގެ ތެރެއިން މީހަކު ފިރިހެން ކުއްޖަކު ވިހައިފިނަމަ، މައިމީހާ އަތުން ގަދަކަމުން އެ ކުޑަ ކުއްޖާ އަތުލައެވެ. ދެން އެއަށްފަހު އެ ކުޑަ ކުއްޖާ ކަތިލައެވެ.

މިނިކާވަގުން އަމާންކަމާއެކު ސަހަރާގައި ދިރިއުޅެއެވެ. އަދި ހަރުފަވެސް އުޅެއެވެ. ނަޤުލަންދާށިވެސް އުޅެއެވެ. އެކަމަކު އެއްޗެއްސަށް ގެއްލުމެއް ނުދެއެވެ. އެކަމަކު ބަނޫ އިސްރާއީލު މީހެއްގެ ފުށުން ފިރިހެން ދަރިއެއް އުފަންވެއްޖެނަމަ، ކަތިލައެވެ. ކޮންފަދަ އަނިޔާވެރިކަމެއް ހެއްޔެވެ. މިގޮތަށް ބަނޫ އިސްރާއީލުގެ އެތައް ހާސް ފިރިހެން ދަރިންނެއް، އެ ކުދިންގެ މައިންބަފައިން ކުރިމަތީގައި ކަތިލަމުން ފިރުޢައުނުގެ ޢައުވާނުން (އެހީތެރިން) ގެންދިޔައެވެ.

ބަނޫ އިސްރާއީލުގެ މީހަކަށް ފިރިހެން ދަރިއެއް ލިބޭ ދުވަހަކީ، އެމީހުންނަށް އޮތް ހިތާމަވެރި ދުވަހެއް ކަމުގައި ނުނީ ނުވެއެވެ. ﷲ ތަޢާލާ މިކަން ސިފަކޮށްދެއްވުމުގެ ގޮތުން ވަޙީކުރައްވާފައިވޭއެވެ.

(إِنَّ فِرْعَوْنَ عَلَا فِي الْأَرْضِ وَجَعَلَ أَهْلَهَا شِيَعًا يَسْتَضْعِفُ طَائِفَةً مِّنْهُمْ يُذَبِّحُ أَبْنَاءَهُمْ وَيَسْتَحْيِي نِسَاءَهُمْ ۚ إِنَّهُ كَانَ مِنَ الْمُفْسِدِينَ)[1]

މާނަ: “ހަމަކަށަވަރުން ފިރުޢައުނު ބިމުގައި ބޮޑާވެގެންފިއެވެ. އަދި އެ ބިމުގެ އަހުލުވެރިން ބައިތަކަކަށް ބަހައިލިއެވެ. އޭގެ ތެރެއިން އެއްބަޔަކު ނިކަމެތިކުރަމުން ގެންދިޔައެވެ. އެއުރެންގެ ފިރިހެން ދަރިން ޤަތުލުކޮށް، އެއުރެންގެ އަންހެންދަރިން ދޫކޮށްލިއެވެ. ހަމަކަށަވަރުން، އޭނާއަކީ ފަސާދަކުރާ މީހުންގެ ތެރެއިންވީ މީހެކެވެ.”

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1] 4 القصص