[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 43 –

ރުޖޫޢަކުރުން

 

﴿وَبُعُولَتُهُنَّ أَحَقُّ بِرَدِّهِنَّ فِي ذَٰلِكَ إِنْ أَرَادُوا إِصْلَاحًا﴾ [سورة البقرة 228]

މާނައީ: “އަދި އެބައިމީހުން އިޞްލާޙުކުރުމަށް އެދޭނަމަ ޢިއްދައިގެ ދުވަސްވަރުގައި އެކަނބަލުން ރުޖޫޢަކުރުން އެކަނބަލުންގެ ފިރީންނަށް ޙައްޤުވެގެން ވެއެވެ.”

﴿فَإِن طَلَّقَهَا فَلَا تَحِلُّ لَهُ مِن بَعْدُ حَتَّىٰ تَنكِحَ زَوْجًا غَيْرَهُ ۗ فَإِن طَلَّقَهَا فَلَا جُنَاحَ عَلَيْهِمَا أَن يَتَرَاجَعَا إِن ظَنَّا أَن يُقِيمَا حُدُودَ اللَّـهِ ۗ وَتِلْكَ حُدُودُ اللَّـهِ يُبَيِّنُهَا لِقَوْمٍ يَعْلَمُونَ [٢٣٠] وَإِذَا طَلَّقْتُمُ النِّسَاءَ فَبَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ سَرِّحُوهُنَّ بِمَعْرُوفٍ ۚ وَلَا تُمْسِكُوهُنَّ ضِرَارًا لِّتَعْتَدُوا﴾ [سورة البقرة 230 – 231]

މާނައީ: “ދެން (ތިންވަނަ ފަހަރަށް) އެކަނބުލޭގެ ވަރިކޮށްފިނަމަ އެއަށްފަހު، އެކަނބުލޭގެ އެހެން ފިރިޔަކާ ކައިވެނިކޮށްފުމަށް ދާންދެން އޭނާއަކަށް (އެބަހީ: ތިންފަށްކުޅަ ފިރިޔާއަށް) އެކަނބުލޭގެ ޙަލާލެއް ނުވާނެއެވެ. ދެން (ފަހުން އިން) ފިރިމީހާ، އެ އަންހެނާ ވަރިކޮށްފިނަމަ، (ކުރިން ވަރިކުރި) ފިރިހެނާއާ، އެ އަންހެންމީހާއާ، ދެމީހުން އަލުން އިނުމުގައި އެ ދެމީހުންގެ މައްޗަކަށް ކުށެއް ނެތެވެ. އެއީ اللَّه އަންގަވާފައިވާ ޙުކުމްތައް ޤާއިމުކޮށްގެން އުޅެވިދާނެކަމަށް އެ ދެމީހުންނަށް ހީވާނަމައެވެ. އަދި އެއީ (މިކަމާމެދު) اللَّه ކަނޑައަޅުއްވާފައިވާ ޙުކުމްތަކެވެ. އެ ޙުކުމްތައް އެއިލާހު ބަޔާންކޮށްދެއްވަނީ (އެ ޙުކުމްތައް) ދެނެގަންނާނޭ ބަޔަކަށެވެ. [230] ތިޔަބައިމީހުންގެ އަނބިން ވަރިކޮށް އެކަނބަލުންގެ ޢިއްދަ ހަމަވާން ގާތްވެއްޖެނަމަ، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން (ރުޖޫޢަކޮށް) ހިފަހައްޓާށެވެ! ނުވަތަ ހެޔޮގޮތުގައި އެކަނބަލުން ދޫކޮށްލާށެވެ! އަދި ގެއްލުންދިނުމުގެ ގޮތުން އަނިޔާވެރިވުމަށްޓަކައި އެކަނބަލުން ނުހިފަހައްޓާށެވެ!”

އަދި سورة الطلاق  ގެ 2 ވަނަ އާޔަތުގައި ވެއެވެ.

﴿فَإِذَا بَلَغْنَ أَجَلَهُنَّ فَأَمْسِكُوهُنَّ بِمَعْرُوفٍ أَوْ فَارِقُوهُنَّ بِمَعْرُوفٍ وَأَشْهِدُوا ذَوَيْ عَدْلٍ مِّنكُمْ﴾

މާނައީ: “ފަހެ، އެކަނބަލުންގެ ޢިއްދަ ހަމަވުމާ ގާތްވެއްޖެހިނދު، ހެޔޮގޮތުގައި ތިޔަބައިމީހުން އެކަނބަލުން ހިފަހައްޓާށެވެ! (އެބަހީ: ކައިވެނި ރުޖޫޢަކުރާށެވެ!) ނުވަތަ ހެޔޮގޮތުގައި އެކަނބަލުންނާ ވަކިވާށެވެ! އަދި ތިޔަބައިމީހުންގެ ތެރެއިން ޢަދުލުވެރި ދެމީހުން ހެކިކުރާށެވެ!”

_______________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ