[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޒަކާތުގެ މުދަލުން ޒަކާތުގެ ބެހެނިވެރިންނަށް ބައިއަޅާނެ ގޮތް

މުދަލު ޒަކާތް ބެހޭ ބައިތަކުގެ ތެރެއިން ކޮންމެވެސް އެއްބަޔަކަށް މުދަލު ޒަކާތަށްވާ އެއްޗެއް ނުވަތަ ފައިސާ ދެވިދާނެތޯ އާއި އަނެއްބައިތަކަށް އެއްވެސް އެއްޗެއް ނުދޭގޮތަށް ދެވިދާނެތޯ މިއީ ބައެއް މީހުންނަށް އޮޅުން އަރާފައި އޮންނަ ކަމެކެކެވެ.

މުދަލު ޒަކާތުގެ ބެހެނިވެރިންގެ ގޮތުގައި 8 ބައެއް ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ކަނޑައަޅުއްވާފައިވެއެވެ.

މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.

﴿ إِنَّمَا الصَّدَقَاتُ لِلْفُقَرَاءِ وَالْمَسَاكِينِ وَالْعَامِلِينَ عَلَيْهَا وَالْمُؤَلَّفَةِ قُلُوبُهُمْ وَفِي الرِّقَابِ وَالْغَارِمِينَ وَفِي سَبِيلِ اللَّـهِ وَابْنِ السَّبِيلِ فَرِيضَةً مِّنَ اللَّـهِ وَاللَّـهُ عَلِيمٌ حَكِيمٌ ﴾ -سورة التوية ٦٠-

މާނައީ: ‘ޒަކާތުގެ ތަކެތި ފަޤީރުންނަށާއި، މިސްކީނުންނަށާއި، އެކަމުގެ ޢާމިލުންނަށާއި، އެބައިމީހުންގެ ހިތްތައް އެކުވެރި ކުރައްވާ މީހުންނަށާއި(އަލަށް އިސްލާމްވާ މީހުންނަށާއި)، އަޅުން މިނިވަންކުރުމުގައްޔާއި، ދަރަނިވެރިންނަށާއި، ﷲގެ މަގުގައްޔާއި، (ޙާލުގައި ޖެހިފައިވާ) ދަތުރުވެރިންނަށް މެނުވީ ނުވެއެވެ. ﷲގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ފަރުޟެއްގެ ގޮތުގައެވެ. އަދި ﷲއީ މޮޅަށް ދެނެވޮޑިގެންވާ ޙަކީމްވަންތަ އިލާހެވެ.”

 

މި އާޔަތުގައިވާ 8 ބަޔަކީ

  • ފަޤީރުން
  • މިސްކީނުން
  • ޢާމިލުން (ޒަކާތް ނެގުމާއި ބެހުމުގެ މަސައްކަތުގައި އުޅޭ މީހުން)
  • އަލަށް އިސްލާމްވާ މީހުން
  • އަޅުން މިނިވަންކުރުން
  • ދަރަނިވެރީން
  • ﷲ ގެ މަގުގައި ޖިހާދުކުރުމަށް
  • ދަތުރު މަތީގައި ޙާލުގައި ޖެހޭ މީހުން

މުދަލު ޒަކާތަށްވާ ފައިސާ ޢާއްމު ފަރުދަކު ޒަކާތް ދޭއިރު މި 8 ބަޔަށް ކޮންމެހެން ބަހާކަށް ނުޖެހޭނެއެވެ. ޢާއްމު ފަރުދަކު ޒަކާތް ދޭނަމަ، ޒަކާތަށްވާ ފައިސާ މީގެން ކޮންމެވެސް އެއްބަޔަށް ދިނުމުން ފުދޭނެއެވެ. އަދި ދެބަޔަށް ދިނަސް ތިން ބަޔަށް ދިނަސް މައްސަލައެއް ނެތެވެ. ޒަކާތް ދޭންވާނީ ޤުރުއާނުގައި ބަޔާންވެފައިވާ މި ގިންތިތަކުގެ ތެރޭގައި ހިމެނޭ މީގެން ގިންތިއަކަށް ފެތޭ މީހަކަށެވެ.

ދައުލަތުން ޒަކާތް ނަގާނަމަ އެ ބަހާއިރު، އާޔަތުގައި ބަޔާންވެފައިވާ ބެހެނިވެރިންނަށް ބައި އަޅާނީ ދައުލަތުގެ ފަރާތުންނެވެ.

 

ބައްލަވާ:

(މަޖްމޫޢުލް ފަތަވާ (14/294))