[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތަޤްވާގެ ފައިދާ 14

ދެން މިހިސާބަށް، ބަޔާންވެގެން އެދިޔައީ ކީރިތި ޤުރުއާނުގައި ޒިކުރުކުރެވިގެންވާ ތަޤްވާގެ ފައިދާތަކެވެ. އެއީ އަހަރުމެން އެ ފޮތް ބެލިބެލުމުންނެވެ. ތަކުރާރުވުމެއް ނެތި 64 ފައިދާ ވެއެވެ. އަދި ތަކުރާރުވުމާއެކު 107 ފައިދާ ވެއެވެ.

ޙަމްދު ހުރީ، ޢާލަމުތަކުގެ ވެރި ﷲ އަށެވެ. ޞާލިޙު ޢަމަލުތައް ފުރިހަމަވެގެން ދަނީ އެކަލާނގެ ނިޢުމަތާ އެކުގައެވެ. އެކަލާނގެ އިރާދަކުރައްވާ އަޅަކަށް، ނިޢުމަތް ދެއްވައެވެ. އެކަލާނގެ އެމީހުންނަށް ޙައްޤު މަގަށް މަގު ދައްކަވައެވެ. އަދި ހަމަކަށަވަރުން އެކަލާނގެ ޙިކުމަތްޕުޅުން، ވަރަށް ގިނަ ބަޔަކުވަނީ މަގުފުރެދިފައެވެ. އެންމެ އޯގާވަންތަ، ރަޙީމްވަންތަ، ޙިކްމަތްވަންތަ، ޢިލުމުވެރި އިލާހުގެ ހުސްތާހިރުކަމާއެވެ! އަދި އަޅަމެންނަށް އިބައިލާހުގެ ޙަޟްރަތުން ރަޙުމަތް ލައްވާނދޭވެ! ހަމަކަށަވަރުން، އިބައިލާހީ ގިނަގުނަ ނިޢުމަތްތައް ދެއްވާ އިލާހެވެ. އަޅަމެންނަކީ މި ބަޔާންކުރެވުނު ސިފަތަކުން، ސިފަލިބިގެންވާ ބަޔަކު ކަމުގައި ލައްވާންދޭވެ!

މާތް ﷲ މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުގެ އާލުންނާއި، އަޞްޙާބުންނަށާ އަދި ޤިޔާމަތް ދުވަހާއި ހަމައަށް އެކަލޭގެފާނަށް ތަބާވިހާ ބަޔެއްގެ މައްޗަށް ޞަލަވާތާއި ސަލާމް ބަރަކާތް ލައްވާނދޭވެ!

މި  ރިސާލާ ލިޔެ ނިމުނީ ޖުމާދުއް ޘާނީ ގެ 10 ވަނަ ދުވަހު ގައެވެ.

=ނިމުނީ=

_____________________

މިއީ ޝައިޚް ޢުޘައިމީން ލިޔުއްވާފައި فوائد التقوى من القرآن الكريم ގެ ތަރުޖަމާއެވެ.

މި ލިޔުމުގެ އެހެންބައިތައް