[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 7

  • ކުޑަކުއްޖާއަށް ކިރުފޮދު އަރުވާނީ ކާކު؟

 

ތުއްޕުޅު މޫސާގެފާނަށް ކިރުފޮދު އަރުވާނެ މީހެއް ހޯދުމަށް ރާނީ އިޢުލާނު ކުރެއްވިއެވެ. ކޮންމެ ކިރުމައަކުވެސް އައިސް ތުއްޕުޅު މޫސާގެފާނު އުރުއްވައި ކިރުފޮދު އަރުއްވަން އުޅުއްވުމުން ވެސް،ކ ިރުފޮދު ހިއްޕެވުމަށް އެކަލޭގެފާނު ދެކޮޅުހައްދަވައެވެ. އެތައް ބައިވަރު ކިރުމައިން އައިސްފިއެވެ. އެމީހުންވެސް ޙައިރާން ވެއްޖެއެވެ. ތުއްޕުޅު މޫސާގެފާނު ކިރުހިއްޕަވަން ދެކޮޅުހައްދަވަނީ ކީއްވެ ހެއްޔެވެ؟ ވަރަށް ގިނަ ކިރުމައިން ކިރު ދެއްވަން ވަރަށް މަސައްކަތް ކުރިއެވެ. އެއީ ރާނީގެ ރުހުން ލިބިގަތުމަށްޓަކައެވެ. އަދީ އިނާމު ހޯދުމަށްޓަކައެވެ. ﷲ ތަޢާލާ އެކަލޭގެފާނަށް (އެކަލޭގެފާނުގެ މައިކަމަނާ މެނުވީ) އެހެން ކިރުމައިން ޙަރާމު ކުރެއްވިއެވެ.

ގަނޑުވަރުގައި އޮތީ މި ވާހަކައެވެ. ހުރިހާ އެންމެން ވެސް މަސައްކަތް ކުރަމުން ގެންދިޔައީ އެކަލޭގެފާނަށް ކިރުފޮދު އަރުވާނެ މީހެއް ހޯދުމުގެ މަސައްކަތެވެ. އެއްވެސް ކިރުމައެއް އެކަލޭގެފާނަށް ކިރުފޮދު އަރުވަން މަސައްކަތް ކުރެއްވުމުން، އެކަލޭގެފާނު ދެކޮޅުހައްދަވައެވެ. މި ތުއްތު މޫސާގެފާނު ދުނިޔޭގައި އުޅުއްވާނެ ހެއްޔެވެ؟ ހަމަޔަޤީނުން ވެސް ކިރުމައެއް ނުލިބިއްޖެނަމަ އެކަލޭގެފާނު މަރުވުން ގާތެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް