[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورة التغابن

މިސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫއު

ޤިޔާމަތްދުވަހު ކާފިރުންވާހުށީ ބޮޑުވެގެންވާ ގެއްލުމެއްގައިކަން

 

މިސޫރަތުގެ މުހިންމު ނުކުތާތައް

• މި ސޫރަތުގެ ނުވަ ވަނަ އާޔަތުގައި ބަޔާންކުރެވިފައިވަނީ އީމާންވެ ހެޔޮ ޢަމަލުކުޅަ މީހުންނަށް ބޮޑުވެގެންވާ ކާމިޔާބެއް ލިބޭނެ ކަމުގައެވެ. އަދި 10 ވަނަ އާޔަތުގައި ބަޔާންކުރައްވާފައިވަނީ ކާފަރުންނަށްހުރީ ނުބައިވެގެންވާ ނިމިދިޔުމެއްކަމެވެ.
• ﷲ އަށް ކިޔަމަންތެރިވުމުގައި ފަރުވާތެރިވާ ފަރާތްތަކަށް ކާމިޔާބުލިބޭނެކަން މި ސޫރަތުގެ 12 ވަނަ އާޔަތުން އެނގެއެވެ. އަދި ﷲ އަށް ކިޔަމަންތެރިވުމުގައި ފަރުވާކުޑަކުރާމީހުންނަށް އެކަމުގެ ގެއްލުން (ދުނިޔެއާއި އާޚިރަތުގައި) ފޯރާނެއެވެ.
• ﷲ ގެ މަގުގައި ޞަދަޤާތްކުރާ މީހުންނަށް ކާމިޔާބު ލިބޭނެކަމުގައި މި ސޫރަތުގެ 17 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ.

 

މިސޫރަތުން ލިބިދޭ ބައެއް ޢިބްރަތްތައް

އީމާންކަމުގެ 5 ރުކުން މި ސޫރަތުގައި ބަޔާން ވެގެން ވެއެވެ.

އީމާން ކަމުގެ ރުކުން ރުކުނާއި ގުޅޭ އާޔަތް ނަމްބަރު
މާﷲ އަށް އީމާންވުން 1 – 4
ރަސޫލު ބޭކަލުންނަށް އީމާންވުން 5 – 6
އާޚިރަތް ދުވަހަށް އީމާންވުން 9,7
ފޮތްތަކަށް އީމާންވުން 8
މިންވަރަށް އީމާންވުން 11
• މި ސޫރަތުގައި މާތްﷲގެ 12 އިސްމުފުޅެއް އައިސްފައިވެއެވެ.
• އަނބީންނާއި ދަރީންނަކީ އިމްތިޚާނެއްކަމުގައި މި ސޫރަތުގެ 14 ވަނަ އާޔަތުގައި އަންގަވާފައިވެއެވެ. އަދި އަނބީންނާއި ދަރީންގެ ސަބަބުން ތިމާއަށް ﷲ އަށް އުރެދެވޭނަމަ، (މި ޙާލަތުގައި) އަނބީންނާއި ދަރީންނަކީ ތިބާގެ ޢަދުއްވުންކަމުގައި އަންގަވާފައިވެއެވެ. އަނބީންނާއި ދަރީންގެ ސަބަބުން ތިބާ ﷲ އަށް ކިޔަމަންތެރިވުމުގައި ކަންނެތްވެ، ފަރުވާކުޑަކުރެވޭނަމަ، (މި ޙާލަތުގައިވެސް) އަނބީންނާއި ދަރީންނަކީ ތިބާގެ ޢަދުއްވުންކަމުގައި އަންގަވާފައިވެއެވެ. އެކަލާނގެ މަޚްލޫޤެއްދެކެ ލޯބިވާނަމަ، އެ ލޯބި ތިބާގެ ހިތުގައި ﷲތަޢާލާއަށް އޮންނަ ލޯބީގެ މައްޗަށް ގަދަވެގަނެދީގެން ނުވާނެއެވެ. ކިޔަމަންތެރިވުމުގައިވެސް އެންމެ އިސްކުރަންޖެހޭ ފަރާތަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އެވެ.
• މި ސޫރަތުގެ 11 ވަނަ އާޔަތުގައި އައިސްފައިވެއެވެ.
(مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّهِ وَمَن يُؤْمِن بِاللَّهِ يَهْدِ قَلْبَهُ وَاللَّهُ بِكُلِّ شَيْءٍ عَلِيمٌ)
ޢަލްޤަމާ ވިދާޅުވިއެވެ. އެއީ މުޞީބާތެއް ދިމާވާ ހިނދު، އެ މުޞީބާތް އެ ޖެހުނީ ﷲ ތަޢާލާގެ އިޒުނަފުޅާއިއެކުކަން ޤަބޫލުކޮށް އެ މިންވަރުފުޅާ ނުރުހުން ނުވެ، ހެޔޮގޮތުގައި އެކަން ބަލައިގަންނަ މީހާއެވެ.
ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރެއްވިއެވެ.
«عَجَبًا لِأَمْرِ الْمُؤْمِنِ، إِنَّ أَمْرَهُ كُلَّهُ خَيْرٌ، وَلَيْسَ ذَاكَ لِأَحَدٍ إِلَّا لِلْمُؤْمِنِ، إِنْ أَصَابَتْهُ سَرَّاءُ شَكَرَ، فَكَانَ خَيْرًا لَهُ، وَإِنْ أَصَابَتْهُ ضَرَّاءُ، صَبَرَ فَكَانَ خَيْرًا لَهُ» [رواه مسلم 2999]
މާނައީ: ”މުއުމިނާގެ ކަންތަކާއިމެދު އަޖާއިބު ހުއްޓެވެ. އޭނާގެ ހުރިހާ ކަމަކީވެސް ހެޔޮ ކަމެވެ. މުއުމިނެއްގެ ކިބައިގައި މެނުވީ އެކަން އެގޮތަށް ނުވެއެވެ. އޭނާއަށް އުފާވެރިކަމެއް ލިބިއްޖެއްޔާ ޝުކުރުކުރެއެވެ. އެކަން އޭނާއަށް ހެޔޮކަމެއް ކަމުގައި ވެދެއެވެ. އަދި އޭނާއަށް މުޞީބާތެއް ކުރިމަތިވެއްޖެއްޔާ ކެތްތެރިވެއެވެ. ފަހެ އެ ކަންވެސް އޭނާއަށް ހެޔޮކަމެއްކަމުގައި ވެއެވެ.“
ސަޢުދު ބިން ޖުބައިރު ވިދާޅުވިއެވެ. “އެއީ މުޞީބާތެއް ޖެހޭ ހިނދު إنا لله و إنا إليه راجعون އޭ ބުނާ މީހާއެވެ.” [تفسير ابن كثير]

__________________________
މަޞްދަރު: أول مرة أتدبر القرآن

ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް