ސޫރަތުގެ ވަށަރޮނގު އެޅިފައިވާ موضوع
މައިގަނޑުގޮތެއްގައި މި ސޫރަތުގައި އައިސްފައިވަނީ ދުނިޔޭގެ ފިތުނަވެރިކަމާއި ޒީނަތްތެރިކަމުގެ މައްޗަށް ސަމާލުވެ ތިބުމަށް ކުރައްވާފައިވާ އިންޒާރުތަކެކެވެ.
﴿وَزُخْرُفًا ۚ وَإِن كُلُّ ذَٰلِكَ لَمَّا مَتَاعُ الْحَيَاةِ الدُّنْيَا ۚ وَالْآخِرَةُ عِندَ رَبِّكَ لِلْمُتَّقِينَ﴾ [الزّخرُف 35]
މާނައީ: ”އަދި (އެތަކެއްޗަށް) ޒީނަތްތެރިކަން ލެއްވީމުހެވެ. އެހުރިހާ ތަކެއްޗަކީ ދުނިޔޭގެ ދިރިއުޅުމުގެ ވަގުތީ އަރާމެއްކަމުގައި ނޫނީ ނުވެއެވެ. އަދި ކަލޭގެފާނުގެ ވެރިރައްބުގެ ޙަޟްރަތުގައި ތަޤުވާވެރިންނަށް އާޚިރަތުގެ ނިޢުމަތް ހުށްޓެވެ.”
ޒުޚުރުފު ސޫރަތުގައިވާ މުހިއްމު ނުކުތާތައް
• މި ސޫރަތް ފެށިފައިވަނީ ނަބިއްޔާ صلى الله عليه وسلم ދޮގުކޮށްއުޅުނު މުޝްރިކުންނަށް އެ މީހުންގެ ނިމުން ހުރިގޮތުގެ މައްޗަށް ދެވިފައިވާ އިންޒާރުތަކަކުންނެވެ. މި ގޮތުން ނަބީބޭކަލުން ދޮގުކުރުމުން ކުރީގެ އުންމަތްތައްވެސް ހަލާކުކުރެއްވި ކަމުގައި މި ސޫރަތުގެ ފެށޭކޮޅުގައި ބަޔާންކުރެވިފައިވެއެވެ. (5 ވަނަ އާޔަތުން 8 ވަނަ އާޔަތަށް)
• މާތް ﷲ ގެ ކުޅަދުންވަންތަކަމުގެ ހެކިތަކުގެ މައްޗަށް އަލިއަޅުވައިލައްވާފައިވެއެވެ. މި ގޮތުން އުޑާއި ބިމާއި، ވާރެއާއި، ކަނޑުމަތީގައި ދުވާ އުޅަނދުފަހަރު އަދި ނަޢަމްސޫފިތަކުގެ ވާހަކަ އައިސްފައިވެއެވެ .(9 ވަނަ އާޔަތުން 13 ވަނަ އާޔަތަށް)
• މުޝްރިކުންގެ ޢަޤީދާގެ ބާޠިލުކަމުގެ މައްޗަށް އަލިއަޅުވައިލައްވާފައިވެއެވެ. މި ގޮތުން އެމީހުންގެ ޖާހިލުކަމާއި، ޝިރުކާއި ޚުރާފާތުތަކުގެ ވާހަކަ އައިސްފައިވެއެވެ. (15 ވަނަ އާޔަތުން 19 ވަނަ އާޔަތަށް)
• އިބްރާހިމް عليه السلام ޝިރުކުން ބަރީއަވެގެންވާކަން ބަޔާންކުރެވިފައިވެއެވެ. (26 ވަނަ އާޔަތުން 28 ވަނަ އާޔަތަށް)
- އެކަލާނގެ އިރާދަކުރައްވާ އަޅަކަށް އެކަލާނގެ ފަޟްލުވަންތަކަން އިތުރުކުރައްވައެވެ. މުދަލާއި ޖާހުގެ ގޮތުން މަތިވެރިވުމަކީ ބާއްޖަވެރިކަން މިނާ ހަމައެކަނި މިންގަނޑު ނޫންކަން މި ސޫރަތުގައި ބަޔާންވެފައިވެއެވެ. (31 ވަނަ އާޔަތާއި 32 ވަނަ އާޔަތް)
• މޫސާގެފާނާއި ފިރުއަޢުނުގެ ވާހަކަ މި ސޫރަތުގައި ޒިކުރުކުރައްވާފައިވެއެވެ. އަދި ފިރުޢައުނަށް މާތްﷲ ދެއްވި މުދަލާއި ޖާހާއި ވެރިކަމުގެ ނިޢުމަތަށް ކިބުރުވެރިވެ، މޫސާގެފާނު ދޮގުކުރި ވާހަކަ މި ސޫރަތުގައި ބަޔާންވެފައިވެއެވެ .(46 ވަނަ އާޔަތުން 56 ވަނަ އާޔަތަށް)
• ޢީސާ عليه السلام ގެ މާތްކަމުގެ ވާހަކަ މި ސޫރަތުގައި ބަޔާންކުރައްވާފައިވެއެވެ. އަދި ޢީސާގެފާނާއިމެދު މީސްތަކުން އިޚްތިލާފުވެފައިވާކަމާއި، ފަހު ޒަމާނުގައި ޢީސާގެފާނު ބިމަށް ފައިބައިވަޑައިގެންނެވުމަކީ ޤިޔާމަތުގެ ޢަލާމާތެއްކަމުގައިވެސް ބަޔާންކުރައްވާފައިވެއެވެ. (57 ވަނަ އާޔަތުން 65 ވަނަ އާޔަތަށް)
• މުއުމިނުންނަށް ޤިޔާމަތްދުވަހު ދެއްވާނެ ހެޔޮ ޖަޒާއާއި ކާފިރުންނަށް ހުރި ވޭންދެނިވި އަޒާބުގެ ވާހަކަ މި ސޫރަތުގައި ޒިކުރުކުރައްވާފައިވެއެވެ.
މުއުމިނުންނަށް ޤިޔާމަތްދުވަހު ދެއްވާނެ ހެޔޮ ޖަޒާ މި ސޫރަތުގައި ޒިކުރުކުރައްވާފައިވަނީ މިފަދައިންނެވެ.
يَا عِبَادِ لا خَوْفٌ عَلَيْكُمُ الْيَوْمَ وَلا أَنتُمْ تَحْزَنُونَ
الَّذِينَ آمَنُوا بِآيَاتِنَا وَكَانُوا مُسْلِمِينَ
ادْخُلُوا الْجَنَّةَ أَنتُمْ وَأَزْوَاجُكُمْ تُحْبَرُونَ
يُطَافُ عَلَيْهِم بِصِحَافٍ مِّن ذَهَبٍ وَأَكْوَابٍ وَفِيهَا مَا تَشْتَهِيهِ الأَنفُسُ وَتَلَذُّ الأَعْيُنُ وَأَنتُمْ فِيهَا خَالِدُونَ
وَتِلْكَ الْجَنَّةُ الَّتِي أُورِثْتُمُوهَا بِمَا كُنتُمْ تَعْمَلُونَ
لَكُمْ فِيهَا فَاكِهَةٌ كَثِيرَةٌ مِنْهَا تَأْكُلُونَ
ކާފިރުންނަށް ހުރި ވޭންދެނިވި އަޒާބުގެ ވާހަކަ މި ސޫރަތުގައި ޒިކުރުކުރައްވާފައިވަނީ މިފަދައިންނެވެ.
إِنَّ الْمُجْرِمِينَ فِي عَذَابِ جَهَنَّمَ خَالِدُونَ
لا يُفَتَّرُ عَنْهُمْ وَهُمْ فِيهِ مُبْلِسُونَ
وَمَا ظَلَمْنَاهُمْ وَلَكِن كَانُوا هُمُ الظَّالِمِينَ
وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُم مَّاكِثُونَ
لَقَدْ جِئْنَاكُم بِالْحَقِّ وَلَكِنَّ أَكْثَرَكُمْ لِلْحَقِّ كَارِهُونَ
أَمْ أَبْرَمُوا أَمْرًا فَإِنَّا مُبْرِمُونَސޫރަތުން ލިއްބައިދޭ މުހިންމު ބައެއް ޢިބްރަތްތައް
• މި ސޫރަތުގައި ނަރަކައިގެ ޚާޒިންގެ ނަން ޒިކުރުކުރައްވާފައިވެއެވެ.
وَنَادَوْا يَا مَالِكُ لِيَقْضِ عَلَيْنَا رَبُّكَ قَالَ إِنَّكُم مَّاكِثُونَ
މާނައީ: “އެއުރެން ގޮވާނެތެވެ. އޭ مالك ގެފާނެވެ! ތިމަންމެން މަރުގެންނެވުމަށް ކަލޭގެފާނުގެ ވެރިރަސްކަލާނގެ حضرة އަށް ދަންނަވައިދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވާނެތެވެ. ހަމަކަށަވަރުން، ތިޔަބައިމީހުންނީ (عذاب ގައި) ދެމިތިބޭނޭ ބަޔެކެވެ.”
• މި ސޫރަތް ފެށޭކޮޅުގައި ވަނީ މާތް ﷲގެ ޢަޛާބުގެ ވާހަކައެވެ. އެހެންނަމަވެސް މި ސޫރަތް ނިންމާފައިވަނީ މި އާޔަތުންނެވެ.
فَاصْفَحْ عَنْهُمْ وَقُلْ سَلَامٌ ۚ فَسَوْفَ يَعْلَمُونَ ﴿٨٩﴾
މާނައީ: “ފަހެ، ކަލޭގެފާނު އެއުރެންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ! އަދި ވިދާޅުވާށެވެ! سلام އެވެ! ފަހެ، ނިކަންހުރެ އެއުރެންނަށް (އެއުރެން ދޮގުކުރިކަމުގެ نتيجة) އެނގޭނެތެވެ.”
މި ކަމުން އަންގައިދެނީ މާތްﷲގެ ކޯފާގެ މައްޗަށް އެކަލާނގެ ރަޙްމަތް ގަދަވެގެންވާކަމެވެ.
• ދުނިޔެވީ ގުޅުންތަކާއި ލޯތްބަކީ ނެތިފަނާވެދަނިވި އެއްޗެކެވެ. އެކުވެރިން ނުވަތަ ލޯބިވެރިން މަރުވުމާއިއެކު، ދޭދޭ ގުޅުންތަކާއި ލޯތްބަށްވެސް ނިމުން އާދެއެވެ. ﷲއަށްޓަކައި ވާ ލޯބި ފިޔަވައެވެ. (67 ވަނަ އާޔަތް)
__________________________
މަޞްދަރު: أول مرة أتدبر القرآن