[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 8

  • މޫސާގެފާނު އެކަލޭގެފާނުގެ މަންމާފުޅު އަރިހުގައި

 

މޫސާގެފާނުގެ މަންމާފުޅު، މޫސާގެފާނުގެ ދައްތާފުޅަށް ވިދާޅުވިއެވެ. އޭ ދަރިފުޅާއެވެ. މޫސާގެފާނުގެ ޚަބަރެއް ވޭތޯ ބަލަން ދާށެވެ. މޫސާގެފާނުގެ ދައްތާފުޅު، މޫސާގެފާނުގެ ޚަބަރެއް ހޯދައްވަން އެކިހިސާބުތަކަށް ވަޑައިގަތެވެ. އެކަމަނާއަށް މޫސާގެފާނު ފެނިވަޑައިގަތީ ފިރުޢައުނުގެ ގަނޑުވަރުންނެވެ. އެތަނުގެ ޚާދިމުން އޭރު އުޅެނީ މޫސާގެފާނަށް ކިރު މައެއް ހޯދުމުގައެވެ. ދެން އެކަމަނާ ވިދާޅުވިއެވެ. އެ ކުޑަ ކުއްޖާ، އެ މީހެއްގެ ކައިރިން ކިރު ހިއްޕަވާނެ އަންހެނެއް ތިމަން ދަންނަމެވެ. ދެންފަހެ މޫސާގެފާނުގެ މަންމާފުޅުގެ އަރިހަށް މޫސާގެފާނު ގެންދެވުނެވެ. އަދި އެކަމަނާ މޫސާގެފާނަށް ކިރުފޮދު އަރުވަން ފެއްޓެވިއެވެ. އެ އަންހެން މީހާ އާއި މެދު ކުޑަކުއްޖާ ރުހިއްޖެއެވެ. މޫސާގެފާނު ކިރުފޮދު ހިއްޕަވަން ފެއްޓެވިއެވެ. އެއީ އެ ތުއްޕުޅު މުސާގެފާނުގެ މަންމާފުޅެވެ.

 (فَرَدَدْنَاهُ إِلَىٰ أُمِّهِ كَيْ تَقَرَّ عَيْنُهَا وَلَا تَحْزَنَ وَلِتَعْلَمَ أَنَّ وَعْدَ اللَّـهِ حَقٌّ وَلَـٰكِنَّ أَكْثَرَهُمْ لَا يَعْلَمُونَ)[1]

މާނަ: “ފަހެ، ތިމަންއިލާހު އެކަލޭގެފާނުގެ މައިކަމަނާއަށް އެކަލޭގެފާނު ރައްދުކުރެއްވީމެވެ. އެއީ އެކަމަނާގެ ލޯފުޅަށް ފިނިކަން حاصل ވުމަށްޓަކައެވެ. އަދި އެކަމަނާ ހިތާމަ ނުކުރެއްވުމަށްޓަކައެވެ. އަދި ހަމަކަށަވަރުން، اللَّه ގެ وعد ފުޅަކީ، حق ތެދުކަން އެކަމަނާ ދެނެގަތުމަށްޓަކައެވެ. އެހެނެއްކަމަކު، އެއުރެންކުރެ ގިނަމީހުންނަކަށް އެކަމެއް ނޭނގެތެވެ.”

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1] 13     القصص