-
މޫސާގެފާނު އަނބުރާ ގަނޑުވަރަށް
މޫސާގެފާނަށް ކިރުފޮދު އަރުވާ ނިމުމުން، އަނބުރާ ގަނޑުވަރަށް އެކަލޭގެފާނު ގެންދަވައެވެ. މޫސާގެފާނު ބޮޑުފުޅު ވަމުން ދިޔައީ ފިރުޢަވްނުގެ ގަނޑުވަރު ތެރޭގައެވެ. އެއީ ރަސްރަސްކަނލުން އެމީހުންގެ ދަރިން ބޮޑު ކުރައްވާ ގޮތަށެވެ. ފިރުޢަވްނު މޫސާގެފާނަށާ އަދި އެކަލޭފާނުގެ އަހުލުންނަށް ދެއްވާ ނިޢުމަތްތައް މޫސާގެފާނު ލޯފުޅުން ދެކިވަޑައިގަތެވެ. މި ނިޢުމަތްތަކުން ބަނޫ އިސްރާއިލުގެ މީހުން މަޙްރޫމުވެގެން ވާތަން މޫސާގެފަނަށް ފެނިވަޑައިގަތެވެ.
ފިރުޢަވުނާއި އޭނާގެ ޖަނަވާރުން ރަނގަޅަށް ކައިބޮއި އުޅޭ އިރު ބަނޫ އިސްރާއީލުގެ މީހުންތައް ތިބެނީ ބަނޑުހައިހޫނު ކަމުގައެވެ. ބަނޫ އިސްރާއީލުގެ މީހުންނާއި، ފިރުޢަވްނުގެ އައުވާނުން (އެހީތެރިން) މުޢާމަލާތު ކުރަނީ ޖަނަވާރުންނާމެދު މުޢާމަލާތު ކުރާ ފަދައިންނެވެ. ފިރުޢަވުނުގެ މީހުންނަށް ބަނޫ އިސްރާއީލުގެ މީހުން އަޅު މަސައްކަތްކޮށްދޭ ހިނދު އެމީހުންނަށް ވޭންދެނިވި ޢަޛާބު ދެނީ ކީއްވެގެން ހެއްޔެވެ؟ މި ހުރިހާ ކަމެއް މުސާގެފާނަށް ފެނިވަޑައިގަންނަވައެވެ. ބާނޫ އިސްރާއީލުގެ މީހުންނަކީ ނަބީބޭކަލުންގެ ދަރިންނެވެ. އެމީހުން ކުރި ކުށަކީ ކޮބާ ހެއްޔެވެ؟ އެ މީހުންނަކީ އެތައް ޖީލެއް ވަންދެން މިސްރުގައި އުޅުނު މީހުން ނޫން ހެއްޔެވެ. އެ މީހުން ކަންޢާނުންނަށް ވުމަކީ އެމީހުންގެ ކުށެއް ހެއްޔެވެ. ހަމަޔަޤީނުންވެސް އެއީ ކުށެއް ނޫނެވެ.
___________________
މަޞްދަރު: قصص النبيين للأطفال