[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 53 –

ޤަޛްފުގެ ޙައްދު ނަންގަތް ބާބު

 

﴿وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا ۚ وَأُولَـٰئِكَ هُمُ الْفَاسِقُونَ [٤] إِلَّا الَّذِينَ تَابُوا مِن بَعْدِ ذَٰلِكَ وَأَصْلَحُوا فَإِنَّ اللَّـهَ غَفُورٌ رَّحِيمٌ﴾ [سورة النور 4 – 5]

މާނައީ: “ޢިއްފަތްތެރި އަންހެނުންނަށް ޤަޛްފުކުރާމީހުން (އެކަމުގެ މައްޗަށް) ހަތަރު ހެކިން ނުގެނައިނަމަ ފަހެ، އެބައިމީހުންގެ ގައިގައި އަށްޑިހަ އެތިފަހަރުން (ޙައްދު) ޖަހާށެވެ! އަދި ދުވަހަކުވެސް އެބައިމީހުންގެ ހެކިބަހެއް ތިޔަބައިމީހުން ޤަބޫލު ނުކުރާށެވެ! އަދި އެބައިމީހުންނީ ހަމަ ފާސިޤުންނެވެ. [4] އެއަށްފަހު ތައުބާވެ (ޢަމަލުތައް) އިޞްލާޙުކޮށްފިމީހުން މެނުވީއެވެ. ފަހެ، ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ފާފަފުއްސަވާ، ރަޙިމުވަންތަ އިލާހެވެ.”

﴿إِنَّ الَّذِينَ يَرْمُونَ الْمُحْصَنَاتِ الْغَافِلَاتِ الْمُؤْمِنَاتِ لُعِنُوا فِي الدُّنْيَا وَالْآخِرَةِ وَلَهُمْ عَذَابٌ عَظِيمٌ﴾ [سورة النور 23]

މާނައީ: “ހަމަކަށަވަރުން ޢިއްފަތްތެރި، ޣަފުލަތްތެރި (އެބަހީ: ފާފަކުރުމުގެ ޚިޔާލުވެސް ނެތް) މުއުމިނު އަންހެނުންނަށް ޤަޛްފުކުރާ މީހުންނަށް ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލައްވާފައިވެއެވެ. އަދި އެބައިމީހުންނަށް ބޮޑުވެގެންވާ ޢަޛާބު ހުށްޓެވެ.”

 

 

ވައްކަމުގެ ޙައްދު ނަންގަތް ބާބު

 

﴿وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّـهِ ۗ وَاللَّـهُ عَزِيزٌ حَكِيمٌ﴾ [سورة المائدة 38]

މާނައީ: “ވައްކަންކުރާ ފިރިހެނާއާއި ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް ﷲ ގެ ޙަޟްރަތުން ކަނޑައަޅުއްވާފައިވާ ޢިބުރަތްތެރި ޢުޤޫބާތެއްގެ ގޮތުންނެވެ. ﷲ އީ ޢަޒިޒުވަންތަ، ޙަކީމުވަންތަ އިލާހެވެ.”

އަދި ޝާއްޛު ޤިރާއަތެއްގައިވެއެވެ.

﴿فَاقْطَعُوا أيمانهما

މާނައީ: “ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ ކަނާއަތްތައް ބުރިކުރާށެވެ!”

_______________________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ