[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورة النمل

ނަމްލު ސޫރަތުގެ ވަށަރޮނގު އެޅިފައިވާ މައުޟޫޢު

ޢުމްރާނީ ތަރައްޤީއާއި ޙަޟާރީ ކުރިއެރުންތަކުގެ ހަޤީޤީ މަޤްޞަދެއްކަމުގައި ހަދަންވީ ކޮންކަމެއްކަން މި ސޫރަތުގައި ބަޔާންކޮށްދެވިފައިވެއެވެ.

 

ނަމްލު ސޫރަތުގެ މުހިއްމު ނުކުތާތައް

މި ސޫރަތް އަށް ބަޔަކަށް ބަހާލެވިދާނެއެވެ.

ފުރަތަމަ ބައި: ސޫރަތުގެ މުޤައްދިމާ   (ފުރަތަމަ އާޔަތުން ހަވަނަ އާޔަތަށް)

ދެވަނަ ބައި: މޫސާގެފާނު ވާހަކަ  (ހަތްވަނަ އާޔަތުން ސާދަވަނަ އާޔަތަށް)

ތިންވަނަ ބައި: ސުލައިމާނުގެފާނާއި ހިނިތަކުގެ ވާހަކަ

  • ސުލައިމާނުގެފާނުގެ ރަސްކަމުގެ ހައިބަތު ބޮޑުކަން (15 ވަނަ އާޔަތުން 17 ވަނަ އާޔަތަށް)
  • ސުލައިމާނުގެފާނާއި ހިނިތަކުގެ ވާހަކަ (18 ވަނަ އާޔަތާއި 19 ވަނަ އާޔަތް)

ހަތަރުވަނަ ބައި: ސުލައިމާނުގެފާނާއި ހުދުހުދުގެ ވާހަކަ (20 ވަނަ އާޔަތުން 28 ވަނަ އާޔަތަށް)

ފަސްވަނަ ބައި: ސުލައިމާނުގެފާނާއި ބިލްޤީސް ރަނިކަމަނާގެ ވާހަކަ (29 ވަނަ އާޔަތުން 44 ވަނަ އާޔަތަށް)

  • ރާނީ ބިލްޤީސް އާއި އެތެރެ ކޮއިލުގެ މަޝްވަރާތައް
  • ރާނީ ބިލްޤީސްގެ ތަޚުތު ސުލައިމާނުގެފާނު ގެ ދަރުބާރަށް ގެނައުން
  • ރާނީ ބިލްޤީސް އިސްލާމްވުން

ހަވަނަ ބައި:  ޘަމޫދު ބާގައިގެ މީހުންގެ ވާހަކަ (45 ވަނަ އާޔަތުން 53 ވަނަ އާޔަތަށް)

ހަތްވަނަ ބައި: ލޫޠުގެފާނުގެ ޤައުމު (ސަދޫމު)ގެ ވާހަކަ (54 ވަނަ އާޔަތުން 58ވަނަ އާޔަތަށް)

އަށްވަނަ ބައި: މާތް ﷲ އަށް އީމާންވުން، އާޚިރަތްދުވަހަށް އީމާންވުން، ކީރިތި ޤުރުއާނުގެ މަތިވެރިކަން، ރަސޫލާ (صلى الله عليه وسلم) ގެ ވަޒީފާ (59ވަނަ އާޔަތުން93 ވަނަ އާޔަތަށް)

 

ނަމްލު ސޫރަތުން ލިބިދޭ ބައެއް ފައިދާތައް

ކޮންމެ މީހެއްގެ ފުށުންވިޔަސް ޤުރުއާނާއި ސުންނަތާ އެއްގޮތްވާ ޙައްޤު ބަހެއް އައިސްފިކަމުގައިވާނަމަ ބަލައިގަންނަން ވާނެއެވެ. ﷲ ތަޢާލާވަނީ ބިލްޤީސް ކާފިރެއްގެ ގޮތުގައިހުރެ ބުނި ބަސް ތެދުކުރައްވާފައެވެ. އެއީ އެކަމަނާ ވިދާޅުވި އަންނަނިވި ބަސްފުޅެވެ.

“ހަމަކަށަވަރުން، ރަސްރަސްކަލުން (ހަނގުރާމަވެރި ގޮތުގައި) ރަށަކަށް އަރައިވަޑައިގެންފިނަމަ، އެރަށެއް ސުންނާފަތިކުރައްވައި، فساد ކުރައްވައި، އަދި އެރަށެއްގެ أهل ވެރިންކުރެ عزّة ތެރިން ނިކަމެތިކުރައްވަތެވެ.” (34 ވަނަ އާޔަތް)

އަދި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.

 وَكَذَٰلِكَ يَفْعَلُونَ ﴿٣٤﴾

“އަދި އެއުރެން ކަންތައްކުރައްވަނީ އެފަދައިންނެވެ.” [تفسير ابن كثير 6/190]

ތިބާއަށް ދުނިޔެވީ ނިޢުމަތެއް ނުވަތަ އުޚުރަވީ ނިޢުމަތެއް މާތް ﷲ ދެއްވައިފިނަމަ، ސުލައިމާނުގެފާނު ކުރެއްވި ދުޢާ ކުރާށެވެ.

فَتَبَسَّمَ ضَاحِكًا مِّن قَوْلِهَا وَقَالَ رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيَّ وَعَلَىٰ وَالِدَيَّ وَأَنْ أَعْمَلَ صَالِحًا تَرْضَاهُ وَأَدْخِلْنِي بِرَحْمَتِكَ فِي عِبَادِكَ الصَّالِحِينَ ﴿١٩﴾

“ފަހެ (سليمان ގެފާނު) އެ ހިނި ބުނިވާހަކަ އައްސަވައި ހިނިފުޅުވެޑުވިއެވެ. އަދި ވިދާޅުވިއެވެ. އަޅުގެ ވެރިރައްބެވެ! އިބައިލާހު މިއަޅާގެ މައްޗަށާއި، މިއަޅާގެ މައިންބަފައިންގެ މައްޗަށް ދެއްވި نعمة އަށް شكر ކުރުމަށާއި، އިބައިލާހު ރުހިވޮޑިގެންވާ صالح عمل ކުރުމަށް މިއަޅާއަށް إلهام ކުރައްވާނދޭވެ! އަދި އިބައިލާހުގެ رحمة ފުޅުން، އިބައިލާހުގެ صالح އަޅުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ!”

ދުނިޔެ ފަނާވެދާ ހުއްޓެވެ. ދެމިގެންވަނީ އުޚުރަވީ ޙަޔާތެވެ. މިކަން ދަންނަމީހާ ހިދާޔަތުގެ ނިޢުމަތް ފިޔަވާ އެހެން ނިޢުމަތްތަކާއިމެދު އުފާވެ، (ފަޚުރުވެރިވެ) ނަހަދާނެއެވެ. ދުނިޔެވީ ނިޢުމަތްތަކަށް ހެއްލިނުދާނެއެވެ.

އެހެނީ، ހިދާޔަތުގެ ނިޢުމަތް އެއީ އެންމެ ބޮޑު ނިޢުމަތެވެ.

فَلَمَّا جَاءَ سُلَيْمَانَ قَالَ أَتُمِدُّونَنِ بِمَالٍ فَمَا آتَانِيَ اللَّـهُ خَيْرٌ مِّمَّا آتَاكُم بَلْ أَنتُم بِهَدِيَّتِكُمْ تَفْرَحُونَ ﴿٣٦﴾

“ފަހެ (އެކަމަނާ ފޮނުއްވި) މީހުން سليمان ގެފާނުގެ އަރިހަށް އައިހިނދު، އެކަލޭގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިމަންކަލޭގެފާނަށް މުދަލުން مدد ކުރަނީ ހެއްޔެވެ؟ ފަހެ، اللَّه ތިޔަބައިމީހުންނަށް ދެއްވާފައިވާ ތަކެއްޗަށްވުރެ، ތިމަންކަލޭގެފާނަށް اللَّه ދެއްވާފައިވާ ތަކެތި (އެބަހީ: ނަބީކަމާއި ރަސްކަން) މާހެޔޮކަން ބޮޑެވެ. އަދި ކިއެއްތަ! ތިޔަބައިމީހުންގެ ހަދިޔާއަށް އުފާކުރާނީ ހަމަތިޔަބައިމީހުންނެވެ.”

ﷲ ތަޢާލާ ވެރިކަމެއް ދެއްވައިފި މީހަކު، އޭނާގެ ދަށުގައިވާ ރައްޔިތުންގެ ޙާލުއަޙުވާލު ބަލާ، އެ ރައްޔިތުންނަށް ކަންކަން ފަސޭހަކޮށްދެން މަސައްކަތްކުރުމަކީ އޭނާގެ މައްޗަށްއޮތް ޝަރުޢީ ވާޖިބެކެވެ.

وَتَفَقَّدَ الطَّيْرَ فَقَالَ مَا لِيَ لَا أَرَى الْهُدْهُدَ أَمْ كَانَ مِنَ الْغَائِبِينَ ﴿٢٠﴾

“އަދި އެކަލޭގެފާނު ދޫނިސޫފާސޫފި ހޯއްދަވައި ބެއްލެވިއެވެ. ފަހެ، އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެންނަށް هُدهُد މި ނުފެންނަނީ ކީއްވެގެން ހެއްޔެވެ؟ ނުވަތަ އޭތި غيب ވެގެންވީ ހެއްޔެވެ؟”

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރައްވާފައިވެއެވެ.

(كُلُّكُمْ رَاعٍ وَكُلُّكُمْ مَسْئُولٌ عَنْ رَعِيَّتِهِ الإِمَامُ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ وَالرَّجُلُ رَاعٍ فِي أَهْلِهِ وَهُوَ مَسْئُولٌ عَنْ رَعِيَّتِهِ وَالْمَرْأَةُ رَاعِيَةٌ فِي بَيْتِ زَوْجِهَا وَمَسْئُولَةٌ عَنْ رَعِيَّتِهَا وَالْخَادِمُ رَاعٍ فِي مَالِ سَيِّدِهِ وَمَسْئُولٌ عَنْ رَعِيَّتِهِ وَكُلُّكُمْ رَاعٍ وَمَسْئُولٌ عَنْ رَعِيَّتِهِ) [رواه البخاري ومسلم]

މާނައަކީ: “ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް މަސްއޫލުވެރިޔެކެވެ. އިމާމުމީހާ ނުވަތަ ގައުމުގެ ވެރިޔާ އަކީ ރަޢްޔިތުންގެ މަސްއޫލުވެރިޔާއެވެ. އޭނާގެ މަސްއޫލިއްޔަތާއި ބެހޭ ގޮތުން ސުވާލުވެވޭނެއެވެ. ފިރިމީހާ އަކީ އޭނާގެ އަހުލުވެރިންގެ ބެލެނިވެރިޔާއެވެ. އެމީހުންގެ ކަންތައްތަކާއި ބެހޭގޮތުން އޭނާ އާ ސުވާލު ކުރެވޭނެއެވެ. އަނބިމީހާ އަކީ އޭނާގެ ފިރިމީހާގެ ގޭގެ މަސްޢޫލުވެރިޔާ އެވެ. އޭނާގެ މަސްއޫލިއްޔަތާ ބެހޭގޮތުން ސުވާލުވެވޭނެއެވެ. ޚާދިމު މީހާ އަކީ އޭނާގެ ސާހިބު މީހާގެ މުދަލުގެ މަސްއޫލުވެރިޔާއެވެ. އެކަމާއި މެދު އޭނާ އާ ސުވާލުކުރެވޭނެއެވެ. ތިޔަބައިމީހުންކުރެ ކޮންމެ މީހަކީވެސް ބެލެނިވެރިޔެކެވެ. ތިބާގެ ބެލެނިވެރިކަމުގެ ދަށުގައިވާ މީހުންނާއި މެދު ސުވާލު ކުރެވޭނެއެވެ”.

ނަމްލު ސޫރަތުގައި އާޚިރަތް ދުވަހާއި ގުޅޭ ވަރަށް ގިނަ އާޔަތް ވެއެވެ. އޭގެ ތެރެއިން އެއް އާޔަތަކީ:

﴿وَيَوْمَ يُنفَخُ فِي الصُّورِ فَفَزِعَ مَن فِي السَّمَاوَاتِ وَمَن فِي الْأَرْضِ إِلَّا مَن شَاءَ اللَّـهُ ۚ وَكُلٌّ أَتَوْهُ دَاخِرِينَ﴾ [سورة النمل٨٧]

މާނައީ: “ތާޅަފިލި ފުމެލައްވާ ދުވަސް ހަނދުމަކުރާށެވެ. ފަހެ (އެހިނދު) ﷲ އިރާދަކުރެއްވި މީހަކު މެނުވީ، އުޑުތަކާއި، ބިމުގައިވާހާ ބަޔަކު ބިރުން ސިހިގެންދާނެތެވެ. އަދި އެންމެން ދެރަވެ، ނިކަމެތިވެގެންވާ ޙާލުގައި އެއިލާހުގެ ޙަޟްރަތަށް އަންނާނެތެވެ.”

__________________________

މަޞްދަރު: أول مرة أتدبر القرآن

ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް