[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 14

  • ދަޢުވަތު

 

އެ ދެ އަންހެން ބޭކަނބަލުންގެ ބައްޕާފުޅަށް، ފެން ދެއްވި ހާދިސާ އެނގުމުން މޫސާގެފާނަށް ދަޢުވަތެއް ދެއްވިއެވެ.

(فَجَاءَتْهُ إِحْدَاهُمَا تَمْشِي عَلَى اسْتِحْيَاءٍ قَالَتْ إِنَّ أَبِي يَدْعُوكَ لِيَجْزِيَكَ أَجْرَ مَا سَقَيْتَ لَنَا)[1]

މާނަ: ފަހެ، އެ ދެ އަންހެނުންކުރެ އެކަކު ލަދުރަކިގޮތެއްގައި ހިނގާފައި އެކަލޭގެފާނުގެ އަރިހަށްއައިސް ދެންނެވިއެވެ. ހަމަކަށަވަރުން، ތިމަންގެ ބައްޕާ ކަލޭގެފާނަށް އެބަގޮވައިލައްވައެވެ. (އެއީ) ކަލޭގެފާނު ތިމަންމެންނަށް ފެން ދެއްވިކަމުގެ މައްޗަށް އުޖޫރައެއް ދެއްވުމަށްޓަކައެވެ.

މޫސާގެފާނު ކުރެއްވި ދުޢާފުޅު ﷲ ޢިޖާބަކުރެއްވީކަން އެކަލޭގެފާނަށް އެނގިވަޑައިގަތެވެ. އެކަލޭގެފާނަށް ހިޔާވަހިކަމެއް ލިބިއްޖެއެވެ. މުސްކުޅި ޝެއިޚް އާއި ބައްދަލުވެވަޑައިގަތުމުން، އެހިނދު މޫސާގެފާނު ދިމާވެވަޑައިގަތް ކަންތަކުގެ ވާހަކަ ކިޔައިދެއްވިއެވެ. ޝެއިޚް ކެތްތެރިކަމާ އަދި މަޑުމައިތިރިކަމާއެކު އެ ވާހަކަތައް އަޑުއެއްސެވިއެވެ. މޫސާގެފާނުގެ ވާހަކަ ނިމުމުން އެ ޝެއިޚް މޫސާގެފާނަށް ދެންނެވިއެވެ.

(قَالَ لَا تَخَفْ ۖ نَجَوْتَ مِنَ الْقَوْمِ الظَّالِمِينَ)[2]

މާނަ: އެކަލޭގެފާނު (އެބަހީ: އެ ދެ އަންހެންކުދިންގެ ބައްޕާ) ވިދާޅުވިއެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! އަނިޔާވެރިވީ މީހުންގެ ކިބައިން ކަލޭގެފާނު ސަލާމަތް ވެވަޑައިގެންފީމުއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1] 25        القصص

[2] 25        القصص