[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 15

  • ކައިވެނިފުޅު

 

އެމީހުން މޫސާގެފާނަށް ވަރަށް ރަނގަޅަށް މެހެމާންދާރީ އަދާކުރަމުން ދިޔައެވެ. މޫސާގެފާނަކީ އެމީހުންގެ ފިރިހެން ދަރިއެއް  ފަދައިން އެ މުސްކުޅި ޝެއިޚް ދެކެމުން ދިޔައެވެ. އެއްދުވަހަކު ޝެއިޚުގެ އަންހެން ދަރިއެއް، ޝެއިޚަށް ދެންނެވިއެވެ.

(يَا أَبَتِ اسْتَأْجِرْهُ ۖ إِنَّ خَيْرَ مَنِ اسْتَأْجَرْتَ الْقَوِيُّ الْأَمِينُ)[1]

މާނަ: އޭ ބައްޕާއެވެ! އޭނާއަށް ނޯކިރީއެއް ދެއްވާފައި ބަހައްޓަވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނު ނޯކަރެއްކަމުގައި ބަހައްޓަވަން އެންމެ ރަނގަޅު މީހަކީ، ގައިބާރުހުރި އަމާނާތްތެރިޔެކެވެ.

މަސައްކަތްކޮށްދޭ މީހަކީ ގައިގައި ބާރުހުރި އަދި އަމާނާތްތެރިކަން ހުރި މީހަކަށް ކޮންމެހެންވާން ޖެހޭނެއެވެ. އެ މީހަކީ ގައިގައި ބާރެއް ނެތް ބަލިކަށި މީހެއް ނަމަ، އޭނާ ކުރާ މަސައްކަތް ރަނގަޅަށް ނުކުރެވޭނެއެވެ. އަދި އެ މީހަކީ އަމާނާތްތެރި މީހެއްކަމުގައި ނުވާނަމަ، އެމީހަކީ ބާރުގަދަ މީހެއް ކަމުގައި ވިޔަސް ފައިދާއެއް ނުކުރާނެއެވެ. ސަބަބަކީ އޭނާ ޚިޔާނާތްތެރިވާނެއެވެ.

އެ މުސްކުޅި ޝެއިޙް ވަރަށް މަޑުމައިތިރިކާމާއި އޯގާތެރިކަމާއި އަދި ޙިކުމަތްތެރިކަމާއެކު މޫސާގެފާނަށް ދެންނެވިއެވެ.

(قَالَ إِنِّي أُرِيدُ أَنْ أُنكِحَكَ إِحْدَى ابْنَتَيَّ هَاتَيْنِ عَلَىٰ أَن تَأْجُرَنِي ثَمَانِيَ حِجَجٍ)[2]

މާނަ: އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަން ގަސްދުކުރަނީ ތިމަންގެ މިތިބަ ދެ އަންހެން ދަރިންކުރެ އެކަކު، ކަލޭގެފާނާ ދެވުމަށެވެ. އަށްއަހަރު ވަންދެން ތިމަންނާއަށް ޚިދުކޮށްދެއްވުމުގެ ޝަރުޠުގެ މަތިންނެވެ.

އަށް އަހަރުދުވަސް ވަންދެން އަހަންނަށް ޚިދުމަތް ކޮށްދިނުމަކީ ކައިވެނީގެ ރަނެވެ. ކޮންމެހެންވެސް އަށް އަހަރުވަންދެން ކަލޭގެފާނު ޚިދުމަތް ކޮށްދޭންވާނެއެވެ.

(فَإِنْ أَتْمَمْتَ عَشْرًا فَمِنْ عِندِكَ ۖ وَمَا أُرِيدُ أَنْ أَشُقَّ عَلَيْكَ ۚ سَتَجِدُنِي إِن شَاءَ اللَّـهُ مِنَ الصَّالِحِينَ)[3]

މާނަ: ފަހެ، ދިހައަހަރު ކަލޭގެފާނު ހަމަކުރައްވައިފިނަމަ، އެއީ ކަލޭގެފާނުގެ ހެޔޮފުޅުކަމެވެ. އަދި ކަލޭގެފާނަށް އުނދަގޫކުރާކަށް ތިމަން ނޭދެމެވެ. اللَّه އިރާދަކުރެއްވިއްޔާ ތިމަންނާއީ ޞާލިޙުންގެ ތެރެއިންވާ މީހެއްކަން ކަލޭގެފާނު ދެކެވަޑައިގަންނަވާނެއެވެ.

މޫސާގެފާނު ޝެއިޚްގެ ޝަރުތުކުރެއްވި ކަމަށް، އެއްބަސްވެވަޑައިގަތެވެ. އެކަލޭގެފާނު ދެކެވަޑައިގަތީ މިއީ ﷲގެ ހަޟްރަތުން މިންވަރު ކޮށްދެއްވި ކަމެއް ގޮތުގައެވެ. އަދި ހަމަޔަޤީނުން ވެސް ﷲ ތަޢާލާ މި ކައިވެންޏަށް ބަރަކާތް ލައްވާނެއެވެ. ﷲ ތަޢާލާ އެކަލޭގެފާނު މަދްޔަނަށް ފޮނުއްވިއެވެ. އަދި މި ޝެއިޚް ކައިރިއަށް ފޮނުއްވިއެވެ. އަދި ޝެއިޚްގެ ހިތްޕުޅުގައި މޫސާގެފާނަށް ލޯބި ލެއްވިއެވެ.

 މޫސާގެފާނު ޙިކުމަތްތެރިކަމާއި އެކު ވިދާޅުވިއެވެ.

(ذَٰلِكَ بَيْنِي وَبَيْنَكَ)[4]

މާނަ: އެއީ ތިމަންނާއާ ކަލޭގެފާނާ ދެމެދު އެއްބަސްވީގޮތެވެ.

މޫސާގެފާނު ބޭނުންފުޅުވެވަޑައިގަތީ ރަނގަޅަށް އެ ޙައްޤު (ޝަރުތު) އަދާކުރައްވާށެވެ. އެހެންކަމުން ޙިކުމަތްތެރިކާމާއި ބުއްދިވެރިކަން އިސްކުރައްވައި ޝެއިޙަށް ދެންނެވިއެވެ.

(أَيَّمَا الْأَجَلَيْنِ قَضَيْتُ فَلَا عُدْوَانَ عَلَيَّ ۖ وَاللَّـهُ عَلَىٰ مَا نَقُولُ وَكِيلٌ)

މާނަ: އެއީ ތިމަންނާއާއި ކަލޭގެފާނާ ދެމެދު އެއްބަސްވީގޮތެވެ. ދެ މުއްދަތުންކުރެ ކޮންމެ މުއްދަތެއް ތިމަން ވޭތިކުރިޔަސް، ފަހެ، ތިމަންގެ މައްޗަކަށް ދެކޮޅުވެރިވުމެއް ނެތެވެ. އަދި ތިމަންމެން މި ބުނާބަހުގެ މައްޗަށް اللَّه ހެކިވެވޮޑިގެންވެއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1]     26        القصص

[2]     27      القصص

[3]     27        القصص

[4]     28        القصص