[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 66

2- އެބޭކަލުންގެ ޒަމާނުގައި ފަތްފުށްތަކުގައި ސުންނަތް ލިޔުއްވުން.

 

ޞަޙާބީ ބޭކަލުންގެ ދުވަސްވަރުގައި އޮތް މިންވަރަށް ވުރެ އިތުރަށް ތާބިޢީ ބޭކަލުންގެ ދުވަސްވަރުގައި ޙަދީޘް ލިޔެ ރައްކާކުރުން ވަނީ އިތުރުވެފައެވެ. އެދުވަސްވަރުގައި އިސްލާމީ ރަށްތަކުގައި ފެތުރިފައިވާ ޙަލަޤާތަކުގައި ލިޔުމަކީ ވަރަށް ޢާންމުވެފައެވެ.

މިކަން ފުޅާވެގެން ދިޔަ ސަބަބުތަކުގެ ތެރޭގައި:

ހ. ރިވާޔަތްތައް ފެތުރި، ސަނުތައް ދިގުވެ، ރާވީންތައް ނަންފުޅުތަކާއި ކުންޔާތަކާއި ނަސަބުފުޅުތައް ގިނަވުން.

ށ. ސުންނަތް ރައްކާތެރިކުރެއްވި ބޭކަލުންކުރެ ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުން ކުރެ ދޮށީ ބޭކަލުންތަކެއް އަވަހާރަވުމުން ސުންނަތުގެ ބޮޑުބައެއް ގެއްލިދާނެކަމުގެ ބިރު ހީވުން.

ނ. ލިޔުން ޢާންމުވުމުން ހިތުދަސްކުރުމުގެ ޤާބިލުކަން މީސްތަކުންގެ ތެރޭގައި ކުޑަވުމާއި އެކި ބާވަތްތަކުގެ ޢިލްމުތައް ފެތުރިގެން ދިޔުން.

ރ. ބިދުޢަތައް ފާޅުވެ ދޮގުހެދުން ގިނަވުން. ފަހެ އެހިސާބުން ސުންނަތުގެ ތެރެއިން ނުވާ އެއްޗެއް ސުންނަތެއް ގޮތަށް ހަދާފާނެތީ އެކަމަށް ރައްކާތެރިވުމުގެ ގޮތުން އެބޭކަލުން ސުންނަތް ލިޔުއްވިއެވެ.

ބ. ސުންނަތް ލިޔުން އެދެވިގެން ނުވާކަމެއްކަމުގައި އޮވެފައި އެކަމުގެ ގިނަ ސަބަބުތައް ނެތިގެން ދިޔުން. އެ ދަވަސްވަރުގައި ލިޔެފައިވާ ފަތްފުށްތައް ޢަދަދުނުކެވޭހާ ގިނައެވެ. މީގެ ތެރެއިން ވަރަށް ގިނަ ފަތްފުށްތައް د. مصطفى الأعظمي އެބޭފުޅާގެ ފޮތެއްކަމުގައިވާ “دراسات في الحديث النبوى” ގެންނަވާފައިވެއެވެ. [1]

= ނުނިމޭ =

_________________________

އެހެނިހެން ބައިތައް

 

[1]ބައްލަވާ އެފޮތުގެ ހަތަރުވަނަ ބާބުގެ ދެވަނަ ފަޞްލާއި ތިންވަނަ ފަޞްލު (1 / 143 – 220).