ޙުއްޖިއްޔަތު
ޤުރުއާނުން
ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.
﴿إِنَّ اللَّهَ يَأْمُرُكُمْ أَن تؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا﴾[1]
މާނައީ:” ހަމަކަށަވަރުން، އަމާނާތްތައް، އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، اللَّه ތިޔަބައިމީހުންނަށް އަމުރު ކުރައްވަތެވެ.”
﴿فَإِنْ أَمِنَ بَعْضُكُم بَعْضًا فَلْيُؤَدِّ الَّذِي اؤْتُمِنَ أَمَانَتَهُ وَلْيَتَّقِ اللَّـهَ رَبَّهُ﴾ [2]
މާނައީ:”ފަހެ، ތިޔަބައިމީހުންކުރެ އެކަކު އަނެކަކާ އަމާނާތެއް ޙަވާލުކޮށްފިނަމަ، ފަހެ، އެ އަމާނާތާއި ޙަވާލުވި މީހާ، އޭނާގެ އަމާނާތް ރައްދުކުރާ ހުށިކަމެވެ! އަދި އޭނާގެ ވެރިރަސްކަލާނގެ ކަމުގައިވާ اللَّه އަށް، އޭނާ ތަޤުވާވެރި ވާހުށިކަމެވެ!”
ޙަދީޘުން
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ.
عن أَبِي هُرَيْرَةَ، قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ((أَدِّ الأَمَانَةَ إِلَى مَنِ ائْتَمَنَكَ وَلاَ تَخُنْ مَنْ خَانَكَ)) . ( ރަވާހު އަބޫ ދާވުދު)[3]
މާނައީ: “ތިބާއަށް އަމާނާތް ހަވާލުކުރި މީހާއަށް، އެއަމާނާތް ރައްދުކުރާށެވެ. އަދި ތިބާއަށް ޚިޔާނާތްތެރިވި މީހާއަށް ތިބާ ޚިޔާނާތްތެރި ނުވާށެވެ.”
އަދި ރަސޫލުﷲ ޞައްލައްﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނު ހިޖުރައަށް ވަޑައިގެންނެވުމުގެ ކުރީގައި މައްކާގެ އަހުލުވެރިންގެ މުދާ ރައްކާކުރުމަށްޓަކައި އެކަލޭގެފާނުގެ ބަހައްޓަވަތެވެ. އެކަލޭގެފާނު ހިޖުރައަށް ވަޑައިގެންނެވުމުގެ ކުރިން އެތަކެތި އުއްމު އައިމަންގެ ރައްކާތެރިކަމަށް ބަދަލުކުރެއްވިއެވެ. އަދި ޢަލީ ބިން އަބީ ޠާލިބު ރަޟިޔަﷲ ޢަންހުއަށް އެތަކެތި އޭގެ އަހުލުވެރިންނަށް ރައްދުކުރެއްވުމަށް އަމުރުކުރެއްވިއެވެ. [4]
އިޖުމާޢު
އިބްނުލް މުންޛިރު އަލްއިޖުމާޢު އޭ ކިޔުނު ފޮތުގައި އަލްވަދީޢާ އާއި ބެހޭގޮތުން އިޖުމާޢު ނަޤުލުކުރައްވާފައިވެއެވެ. (އިބްނުލް މުންޛިރު، 1999)
= ނުނިމޭ =
________________
މިލިޔުމުގެ އެހެނިހެން ބައިތައް
[1] – سورة النساء: 58
[2]– سورة البقرة : 283
[3] – ސުނަނު އަބޫ ދާވުދު، ކިތާބުލް އިޖާރާ، ބާބުން ފީއް ރަޖުލި ޔައުޚުޛު ޙައްޤަހު މިން ތަޙްތި ޔަދިހި، ޙަދީޘް 3535، ޞަފްޙާ 509.
[4] ބައްލަވާ: އައްތަލްޚީޞް އަލްޙަބީރު، ކިތާބުލް ވަދީޢާ، ޙަދީޘް ނަމްބަރު: 1384، ޖުޒުއު 3، ޞަފްޙާ 214.