[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަދީޢާއަށް ޒިންމާވާންޖެހޭ ޙާލަތްތައް 5

ވަދީޢާގެ ޝަރުޠުތައް

 

ވަދީޢާ ހުއްދަވުމަށް ދެ ޝަރުޠެއް ފުރިހަމަވާން ޖެހެއެވެ. އެއީ:

  • ވަދީޢާއާއި ހަވާލުވާ މީހާ، ވަދީޢާގެ ސަބަބުން އެއްވެސް މަންފާއެއް ޙާޞިލްނުކުރުން. އެއީ ހަދިޔާއެއް ނަމަވެސް ނުވަތަ އަގެއް ނަމަވެސް މެއެވެ. ސަބަބަކީ ވަދީޢާއަކީ ބަދަލެއް ލިބުމަކައި ނުލައި މީހެއްގެ މުދާ ރައްކާތެރިކޮށް ބަލަހައްޓައި ދިނުންކަމަށް ވާތީއެވެ.
  • ރިބާގެ މުޢާމަލާތެއް ހިނގާފަދަ ގޮތަކަށް ކުރެވޭ މުޢާމަލާތެއް ކަމުގައި ނުވުން. މިސާލަކަށް ބޭންކުގައި ޖަމާކުރެވޭ ފައިސާއަށް ރިބާގެ ގޮތުގައި އިތުރުވާގޮތަށް ކުރެވިފައި ހުންނަ މުޢާމަލާތްތައް ފަދަ މުޢާމަލާތެއްކަމުގައި ވެގެން ނުވާނެއެވެ.

 

ވަދީޢާގެ ޢަޤުދުގެ ޙުކުމް:

 

މިޢަޤުދަކީ ހުއްދަ ޢަޤުދެކެވެ. ދެފަރާތުން ކުރެ ކޮންމެ ފަރާތަކަށްވެސް މިޢަޤުދު އުވާލުމުގެ ބާރު ވެއެވެ. އިބްނު ޖުޒައްޔު ވިދާޅުވެފައިވެއެވެ: ” އެއީ ދެފަރާތުގެ ދެމެދުގައިވާ އަމާނާތެކެވެ. ދެމީހުންކުރެ ކޮންމެ މީހަކަށްވެސް މިޢަޤުދު ބޭނުން ވަޤުތެއްގައި އުވާލެވިދާނެއެވެ.” [1]

= ނުނިމޭ =

________________

މިލިޔުމުގެ އެހެނިހެން ބައިތައް

 

[1] އަލްޤަވާނީން އަލްފިޤްހިއްޔާ، ޞަފްޙާ 246.