[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ވަދީޢާއަށް ޒިންމާވާންޖެހޭ ޙާލަތްތައް 6

ތިންވަނަ ބާބު

 

ވަދީޢާއެއް ބެހެއްޓުމުން ހިނގާނެ ޙުކުމްތައް

ވަދީޢާއެއް ބަހައްޓައި އޭގެ ޢަޤުދުކުރެވުމުން އަންނަނިވި ޙުކުމްތައް ހިނގާނެއެވެ.

  • އެމުދާ ރައްކާތެރިކުރުން ވާޖިބުވެގެންވެއެވެ. އެހެންކަމުން އެއާއި ހަވާލުވާ ފަރާތުން އެމުދަލަކަށް އެކަށީގެންވާ ގޮތުގެ މަތިން ރައްކާތެރިކަން މަތީ ބޭއްވުމަށްޓަކައި ސަމާލުވެ އެއަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްކުރަން ޖެހޭނެއެވެ.
  • ވަދީޢާގެ އަޤުދަކީ ހުއްދައެއްޗެކެވެ. އެހެންކަމުން ދެމީހުންކުރެ އެކަކު އެޢަޤުދު އުވާލުން ބޭނުންވެއްޖެނަމަވެސް އެޢަޤުދު އުވާލެވިގެންދާނެއެވެ. އެގޮތުން ހަވާލުވިފަރާތުން އެރައްދުކުރުމަށް ބޭނުންވެއްޖެނަމަ އެކަން ވެރި ފަރާތުން ޤަބޫލުކުރަން ޖެހޭނެއެވެ. އަދި ވެރިފަރާތުން އެ ރައްދުކުރުމަށް އެދިއްޖެ ނަމަ ހަވާލުވި ފަރާތުންވެސް އެ ރައްދުކޮށްދޭން ޖެހޭނެއެވެ.
  • ވަދީޢާއަކީ އަމާނާތެއް ފަދަ އެއްޗެކެވެ. ޤަޞްދުގައި ނުވަތަ އިހުމާލުން ފަދަ ގޮތަކަށް އެއަށް ލިބޭ ގެއްލުމަކަށް ނޫނީ، އެއަކަށް ބަދަލުގައި އެއްޗެއް ދޭކަށް ނުޖެހޭނެއެވެ.

 

ވަދީޢާއާ ހަވާލުވުން

ވަދީޢާގެ ގޮތުގައި މީހަކު އަތުގައި އެއްޗެއް ބެހެއްޓުމަކީ މިއުންމަތަށް ޝަރުޢުކުރައްވާފައިވާ ކަމަކަށްވީ ހިނދު، ވަދީޢާއާއި ހަވާލުވުމާއި ޤަބޫލުކުރުމުގައި މީސްތަކުން 3 ބަޔަކަށް ބެހިގެންވާކަމުގައި އަބުލްޙުސެއިން ޔަޙްޔާ ބިން އަބީ އަލް-ޚައިރު ބިން ސާލިމް އަލް-ޢަމްރީ އައްޝާފިޢީ 1999 ގައި ވިދާޅުވެފައިވެއެވެ. އެއީ:

 

  • ސުންނަތް:

އެއެއްޗެއް ރައްކާތެރިކުރެވޭނެކަމުގެ ކުޅަދާނަކަން ހުރިކަން އަމިއްލަ ނަފްސަށް ޤަބޫލުކުރެވުމާއެކު ޚިޔާނާތްތެރިކަމުން އަމާންކަން ހުރިކަމަށް އަމިއްލަ ނަފްސައް އިތުބާރު އޮތުމެވެ. އަދި އެއާ ހަވާލު ނުވިޔަސް ހަލާކުވެދާނެފަދަ ބިރެއް ނެތް ޙާލަތުގައި، އެ ޤަބޫލުކުރުމަކީ އެމީހާގެ މައްޗަށް މުސްތަޙައްބު ކަމެކެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ.

وَتَعَاوَنُوا عَلَى الْبِرِّ وَالتَّقْوَى[1]

މާނައީ:” އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ!”

އެއާ ހަވާލުވުމަކީ އެމީހެއްގެ މައްޗަށް ވާޖިބުވާނެ ކަމެއް ނޫނެވެ. ސަބަބީ އެކަމަށް ބޭނުމެއް ޟަރޫރަތެއް ނެތުމުންނެވެ.

 

  • ވާޖިބު:

އެއީ މީހަކު އެމީހެއްގެ އަމާޔާތްތެރިކަމުގައި އެއްޗެއް ބެހެއްޓުމަށް އެދުނު ޙާލު އަދި އެމީހާ ނޫން އެހެން އެއެއްޗަށް ރައްކާތެރިކަމާއެކު ބަލަހައްޓައިދޭނެ މީހަކު ނެތް ޙާލަތުގައި، އޭނާ އެއާ ހަވާލުނުވެއްޖެނަމަ އެތި ހަލާކުވެގެން ހިނގައިދާނެކަމުގެ ބިރު އޮތް ނަމަ، އެއާ ހަވާލުވުމަކީ އެމީހެއްގެ މައްޗަށް ވާޖިބުވެގެންދާނެ ކަމެކެވެ.

  • މަކުރޫޙަ

އެ އެއްޗެއް އަމާނާތްތެރިކަމާއެކު ރައްކާތެރިކުރެވޭނެކަމުގެ ޔަޤީންކަން ނެތި އަދި ޚިޔާނާތްތެރިކަމުން ނަފްސު ރައްކާތެރިކުރެވިދާނެކަމުގެ ޔަޤީންކަން ނެތިއްޖެނަމަ އެފަދަ މުދަލަކާއި ހަވާލުވުމަކީ މަކުރޫޙަކަމެކެވެ. އެހެނީ އެކަމުގެ ސަބަބުން މީހެއްގެ މުދަލަކަށް އިހުމާލުވެވި ގެއްލުން ލިބިދާނެތީއެވެ.

 

  • ޙަރާމް:

އެމީހެއްގެ ޙާލަތު ހުރި ގޮތުން އެމީހަކަށް އެމުދާ ރައްކާތެރިކަމާއެކު ނުބެލެހެއްޓޭނެ ނަމަ އެމުދަލާ ހަވާލުވުމަކީ އެމީހެއްގެ މައްޗަށް ހުއްދަވެގެންވާނެ ކަމެއް ނޫނެވެ. އޭނާގެ މައްޗަށް އެފަދަ މުދަލަކާއި ހަވާލުވުން ޙަރާމްވެގެންވެއެވެ.

 

  • ހުއްދަ:

ހަވާލުވާ މީހާއަށް އެހަވާލުވުމާއި ނުވުން ހުއްދަވެގެންވެއެވެ. އެކަން ބިނާވެގެންވަނީ އެމީހެއްގެ ޙާލަށެވެ. އެމީހަކު މުސްތަޤުބަލުގައި އެކަން ކުރަން ބޭނުން ނުވުން ނުވަތަ މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓުމަށް ނުކުޅެދުން އަދި މުދަލުގެ ވެރިފަރާތަށް އެހަވާލުކުރެވޭ މީހާގެ ޙާލަތު އެނގި އެކަންކަމަށް އޭނާ ރުހޭނަމަ އެކަމަކީ އެމީހެއްގެ މައްޗަށްވާ ހުއްދަކަމެކެވެ.

= ނުނިމޭ =

________________

މިލިޔުމުގެ އެހެނިހެން ބައިތައް

 

[1] – سورة المائدة: 2