6- وكُلُّ ما عَنْ رُتبةِ الُحسْنِ قَصْر ** فَهْوَ (الضعيفُ) وهوَ أقْسَاماً كُثُرْ
ޙަސަން ޙަދީޘަށް ވުރެ ދަރަޖަައިގެ ގޮތުން ދަށްވެއްޖެ ކޮންމެޙަދީޘަކީ ފަހެ ޟަޢީފު ޙަދީޘެކެވެ. [1] އަދި ޟަޢީފު ޙަދީޘް އެތައް ބަޔަކަށް ބެހިގެންވެއެވެ.[2]
7- وما أُضيفَ للنبي (الَمرْفوعُ) ** وما لتَابِعٍ هُوَ (المقْطوعُ)
ރަސޫލާ ﷺ އަށް ނިސްބަތްކޮށްގެން ރިވާކޮށްފައިވާ ޙަދީޘަކީ މަރުފޫޢު ހަދީޘެވެ. ތާބިޢީ ބޭކަލަކަށް ނިސްބަތްކޮށްފައިވާނަމަ އެއީ މަޤުޠޫޢު ޙަދީޘެވެ.
8- وَ(الُمسْنَدُ) الُمتَّصِلُ الإسنادِ مِنْ ** رَاويهِ حتَّى الُمصْطفى ولْم يَبِنْ
މުސްނަދު ޙަދީޘަކީ ޙަދީޘް ރިވާކުރާ ރާވީއިން ފެށިގެން ރަސޫލާ ﷺ އާ ހިސާބަށް ޙަދީޘްގެ ސިލްސިލާ މެދުކެނޑުމެއް ނެތި ގުޅިފައިވާ ޙަދީޘެވެ.
9- ومَا بِسَمْعِ كُلِّ رَاوٍ يَتَّصِلْ ** إسْنَادُهُ للمُصْطَفى فَـ(الُمتَّصِلْ)
މުއްތަޞިލް ޙަދީޘަކީ ނަބިއްޔާ ﷺ ހިސާބަށް ( ހަދީޘްގެ ސަނަދުގައި ތިބި) ކޮންމެ ރާވީއެއް އެކަކު އަނެކެއްގެ ކިބައިން ޙަދީޘް އަޑުއަހައި، ގުޅި ލާމެހިގެން އައިސްފައިވާ ޙަދީޘެވެ.
10- (مُسَلْسَلٌ) قُلْ مَا عَلَى وَصْفٍ أتَى ** مِثْلُ أمَا والله أنْبانِي الفَتى
މުސަލްސަލް ޙަދީޘަކީ ޙަދީޘްގެ ސަނަދުގައި ތިބި ހުރިހާ ރާވީން އެއްގޮތަކަށް އެއްސިފައެއްގައި ހަދީޘް ރިވާކުރުމެވެ. މިސާލަކަށް “ﷲ ގަންދީ ހުވާކުރަމެވެ. އަހަރެންނަށް އެޒުވާނާ ޚަބަރުދިނެވެ.” (އެބަހީ: މިފަދަ ޢިބާރާތެއް ބޭނުންކޮށްގެން އެ ސަނަދުގައިވާ ހުރިހާ ރާވީންވެސް ރިވާކުރުމެވެ.)
= ނުނިމޭ =
______________________
މިލިޔުމުގެ އެހެނިހެން ބައިތައް
[1] ޟަޢީފް ޙަދީޘަކީ ޙަދީޘް ޤަބޫލުކުރެވޭ 5 ޝަރުޠު ނުހިމެނޭ ޙަދީޘެވެ. ޙަދީޘް ޤަބޫލުކުރެވޭ 5 ޝަރުތު ޞަޙީހް ޙަދީޘްގައި ބަޔާންކޮށްފައިވާނެއެވެ.
[2] އޭގެ ތެރެއިން ބައެއް ބައިތައް މިފޮތުގައި ބަޔާންކުރެވިގެން ދާނެއެވެ.