[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 18

  • ފިރުޢައުނުގެ ކުރިމަތީގައި

މޫސާގެފާނާއި ޙާރޫނުގެފާނު ފިރުޢައުނުގެ ކައިރިއަށް ދިޔައެވެ. އެ ދެ ބޭކަލުން ފިރުޢައުނަށް ގޮވައިލެއްވީ ކޮންކަމަކަށް ހެއްޔެވެ؟ އެ ދެ ބޭކަލުން ފިރުޢައުނަށް ގޮވާލެއްވީ ﷲ އަށް އީމާންވުމަށެވެ. އަދި އެ އިލާހަށް އަޅުކަން ކުރުމުގައި އެއްވެސް ފަރާތެއް ބައިވެރި ނުކުރުމަށެވެ. އެހިނދު ފިރުޢައުނު ވަރަށް ރުޅި އިސްކުރިއެވެ. އަދި ބޮޑާވެރިކަމާއި ކިބުރުވެރިކަމާއެކު އޭނާ ބުންޏެވެ.

(قَالَ أَلَمْ نُرَبِّكَ فِينَا وَلِيدًا وَلَبِثْتَ فِينَا مِنْ عُمُرِكَ سِنِينَ)[1]

މާނަ: އޭނާ (އެބަހީ: ފިރުޢައުނު މޫސާގެފާނަށް) ދެންނެވިއެވެ. ކަލޭގެފާނު އުފަންވީއްސުރެން ފެށިގެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ބަލައިބޮޑުކުރީ އަހުރެމެން ނޫން ހެއްޔެވެ؟ އަދި ކަލޭގެފާނުގެ ޢުމުރުފުޅުން އެތައް އަހަރެއްވަންދެން އަހުރެމެންގެ ތެރޭގައި ކަލޭގެފާނު ހުންނެވީމުއެވެ.

(وَفَعَلْتَ فَعْلَتَكَ الَّتِي فَعَلْتَ وَأَنتَ مِنَ الْكَافِرِينَ)[2]

މާނަ: އަދި ކަލޭގެފާނު (ތިމަން ކޮށްދިން ހެޔޮކަންތަކަށް) ދެކޮޅުވެރިވާ ޙާލު، ކަލޭގެފާނު އެ ކުރެއްވިކަމެއް ކުރެއްވީމުއެވެ.

މޫސާގެފާނު ވަރަށް ޙިކުމަތްތެރިކަމާ އަދި ވަރަށް ސާފުބަހަކުން ފިރުޢަވްނަށް ދެންނެވިއެވެ.

(قَالَ فَعَلْتُهَا إِذًا وَأَنَا مِنَ الضَّالِّينَ) [3]

މާނަ: އެކަލޭގެފާނު ވިދާޅުވިއެވެ. އެހެންވިއްޔާ ތިމަންކަލޭގެފާނަށް އެކަންތައް އޭރު އެ ކުރެއްވުނީ، މަގު ގެއްލިފައިވާ މީހުންގެ ތެރެއިންވާ ޙާލުގައެވެ.

(فَفَرَرْتُ مِنكُمْ لَمَّا خِفْتُكُمْ فَوَهَبَ لِي رَبِّي حُكْمًا وَجَعَلَنِي مِنَ الْمُرْسَلِينَ)[4]

މާނަ: ފަހެ، ތިޔަބައިމީހުން ދެކެ ތިމަންކަލޭގެފާނު ބިރުފުޅުގަތް ހިނދު، ތިޔަބައިމީހުންނަށް ފިއްލަވައިގެން (މަދްޔަނަށް) ވަޑައިގަތީމެވެ. ފަހެ، ތިމަންކަލޭގެފާނުގެ ރައްބު، ތިމަންކަލޭގެފާނަށް ޙިކުމަތާއި، ވިސްނުން ދެއްވިއެވެ. އަދި ރަސޫލުންގެ ތެރެއިން ތިމަންކަލޭގެފާނު ލެއްވިއެވެ.

އަދި ވިދާޅުވިއެވެ.

(وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ أَنْ عَبَّدتَّ بَنِي إِسْرَائِيلَ)[5]

މާނަ: އަދި ތިމަންކަލޭގެފާނަށް ކަލޭ ދިން ނިޢުމަތެއްކަމުގައި ތިޔަ ކަލަގޮވާ ނިޢުމަތަކީ، ކަލޭ ބަނޫ އިސްރާއީލުންގެ ދަރިން އަޅުވެތިކޮށްލިކަމެވެ. (އެބަހީ: އަހުރެން އަޅުވެތިނުކޮށް ދޫކޮށްލި ނަމަވެސް، އެއުރެންނަށް ކަލޭ ކުޅަ އަނިޔާއިން، ކަލެޔަށް ދެވިފައި އޮތީ ކޮން ނިޢުމަތެއް ހެއްޔެވެ؟)

___________________

މަޞްދަރު: قصص النبيين للأطفال

މިލިޔުމުގެ އެހެންބައިތައް

[1]    18             الشعراء

[2]        19             الشعراء

[3]         20                الشعراء

[4]          21             الشعراء

[5]         22          الشعراء