[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 21

  • މައިދާނުގައި

  ޟުޙާގެ ވަގުތުގައި (ހެނދުނު) މީސްތަކުން، އެ މީހުންގެ ގެއިން ނުކުމެ މައިދާނަށް ދިއުމަށް މިސްރާބު ޖަހަމުން ދިޔައެވެ. ބައިގަނޑު ބައިގަނޑަށެވެ. ހަމަޔަޤިނުން ވެސް މިޞްރަކީ އެދުވަސްވަރުގައި ސިޙުރުގައި އެންމެ ކުރިއަރާފައިވާ ޤައުމެވެ.

ސިޙުރުވެރިން އަތުވެއްޖެއެވެ. އެމީހުންނަށް އިސްތިޤްބާލު ކުރީ އެ މީހުންނާއި މެދު ފަޚުރުވެރިވާ ބަޔެކެވެ. އެމީހުންގެ އަތުގައި އެ މީހުން ގެންގުޅޭ ޢަޞާތަކާއި އަދި ވާތައް ވެއެވެ. އެ މީހުން މިއަދު މައިދާނަށް އެ ދަނީ އެ މީހުންގެ ހުނަރުވެރިކަން ދައްކާށެވެ. ސިޙުރު ހެދުމުގައި އެމީހުންގެ ހުރި ކުޅަދާނަކަމެއް މިއަދު މިޞްރުގެ ފިރުޢައުނު ދެކޭނެއެވެ. އެ މީހުންގެ ބޮޑުންވެސް ދެކޭނެއެވެ.

(فَلَمَّا جَاءَ السَّحَرَةُ قَالُوا لِفِرْعَوْنَ أَئِنَّ لَنَا لَأَجْرًا إِن كُنَّا نَحْنُ الْغَالِبِينَ)[1]

މާނަ:ފަހެ، އެ ސިޙުރުވެރިން އައިހިނދު، އެއުރެން ފިރުޢައުނަށް ބުންޏެވެ. ތިމަންމެން މޮޅުވެއްޖެނަމަ، ހަމަކަށަވަރުން، ތިމަންމެންނަށް އުޖޫރައެއް އޮންނާނެ ހެއްޔެވެ؟

(قَالَ نَعَمْ وَإِنَّكُمْ إِذًا لَّمِنَ الْمُقَرَّبِينَ)[2]

މާނަ: އޭނާ ބުންޏެވެ. އާނއެކެވެ! އަދި ހަމަކަށަވަރުން، ތިޔަބައިމީހުން އޭރުން ވާހުށީ، އަރިސްކުރެވިގެންވާ މީހުންގެ ތެރެއިންނެވެ.

މިއީ އެ މީހުންނަށް ރަސްގެފާނު ދެއްވާ އިނާމެވެ. އަދި ރަސްގެފާނު ދެއްވާ ހަދިޔާއެވެ. މީސްތަކުން އެކި ޙީލަތް ހަދައިގެންވެސް ބޭނުންވާ އިނާމަކީ މިއެވެ. ފިރުޢަވުނު އެމީހުންނަށް ވަޢުދުވި ކަންކަމަށް ސިޙުރުވެރިން ވަރަށް ރުހިއްޖެއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

މިލިޔުމުގެ އެހެންބައިތައް

[1] 41           الشعراء

[2] 42            الشعراء