[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

البيقونية 4

16 – “وَمُرْسلٌ” مِنهُ الصَّحَابُّي سَقَطْ  … وقُلْ “غَريبٌ” ما رَوَى رَاوٍ فَقطْ

މުރްސަލް ޙަދީޘަކީ ސަނަދުގައި ޞަހާބީއެއް ވެއްޓިފައިވާ ޙަދީޘެވެ. (ނުވަތަ ތާބިޢީބޭކަލެއް ރަސޫލާ صلى الله عليه وسلم ގެ ބަސްފުޅު ރިވާކުރެއްވުމެވެ.) އަދި ޣަރީބު ޙަދީޘަކީ (ޙަދީޘްގެ ސަނަދުގެ އެއްވެސް ހިސާބަކުން) އެންމެ ރާވީއަކު ރިވާކޮށްފައިވާ ޙަދީޘެވެ.

17 – وكلُّ مَا لْم يَتَّصِلْ بِحَالٍ … إسْنَادُهُ “مُنْقَطِعُ” الأوْصالِ

އެއްވެސް ޙާލަތެއްގައި ސަނަދު މެދު ކެނޑިފައިވާ، ގުޅިފައި ނުވާ ކޮންމެ ޙަދީޘަކީ މުންޤަޠިޢު ޙަދީޘެކެވެ.

18 – “والُمعْضَلُ” السَّاقِطُ مِنْهُ اثْنَان … ِومَا أتى “مُدَلَّساً” نَوعانِ

މުޢުޟަލު ޙަދީޘަކީ ސަނަދުގައި ( ވިދިވިދިގެން)  ދެ ރާވީ ވެއްޓިފައިވާ ( ދޫކޮށްލެވިފައިވާ) ޙަދީޘެވެ.

އަދި މުދައްލަސް ޙަދީޘްގެ ދެވައްތަރެއްވެއެވެ.

19 – الأوَّل الإسْقاطُ للشَّيخِ وأنْ … يَنْقُلَ مَّمنْ فَوْقَهُ بعنْ وأنْ

ފުރަތަމަ ވައްތަރަކީ ޙަދީޘް ރިވާކުރި ޝެއިޚް ދޫކޮށްލާފައި އޭގެ މައްޗަށްވާ ރާވީގެ ފަރާތުން عن (ފަރާތުން) ނުވަތަ أن (ހަމަކަށަވަރުން) މި ލަފްޒު ބޭނުންކޮށްގެން ޙަދީޘް ރިވާކުރުމެވެ. [1]

20 – والثَّانِ لا يُسْقِطُهُ لكنْ يَصِفْ … أوْصَافَهُ بما بهِ لا يَنْعرِفْ

ދެވަނަ ވައްތަރަކީ ޙަދީޘް ރިވާކުރި ޝެއިޚު ވައްޓާ ނުލާ އެކަމަކު އެޞިފައަކުން (ނުވަތަ ނަމަކުން) އެ ޝެއިޚު މަޝްހޫރުވެގެން ނުވާ ޞިފަތަކަކުން (ނުވަތަ ނަންތަކުން ނަންދީ) ޞިފަކުރުމެވެ. [2]

= ނުނިމޭ =

______________________

މިލިޔުމުގެ އެހެނިހެން ބައިތައް

[1] މިބާވަތުގެ ތަދްލީސްއަކީ ތަދްލީސް އިސްނާދެވެ.

[2] މިބާވަތުގެ ތަދްލީސްއަކީ ތަދްލީސް އައްޝުޔޫޚެވެ.