[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

البيقونية 5

21- ومَا يَخالِفُ ثِقةٌ فيهِ الَملا … فـ”الشَّاذُّ” و”الَمقْلوبُ” قِسْمَانِ تَل

ޝާޒު ޙަދީޘަކީ  ثقة (ހަރުދަނާ ޤަބޫލުކުރެވޭ އިތުބާރު ހިފޭ ޢަދުލުވެރި) ރާވިއަކު ޙަދީޘް ރިވާކުރުމުގައި (ثقة) ރާވީންތަކަކާއި ޚިލާފުވުމެވެ.

އަދި މަޤްލޫބު ޙަދީޘް ދެބަޔަކަށް ބެހިގެންވެއެވެ.

22- إبْدَالُ راوٍ ما بِرَاوٍ قِسْمُ … وقَلْبُ إسْنَادٍ لمتنٍ قِسمُ

(ފުރަތަމަ ބަޔަކީ ޙަދީޘްގެ ސަނަދުގައިވާ) ރާވީއެއް އެހެން ރާވީއަކަށް ބަދަލުކޮށްލުމެވެ. (ދެވަނަ ބަޔަކީ) ޙަދީޘެއްގެ ސަނަދު އެހެން ސަނަދަކަށް ބަދަލު ކޮށްލުމެވެ.

23- وَ”الفَرَدُ” ما قَيَّدْتَهُ بثِقَةِ … أوْ جْمعٍ أوْ قَصِر على روايةِ

ފަރުދު ޙަދީޘަކީ ވަކި މީހަކު ނުވަތަ ބަޔަކު ރިވާކޮށްފައިވާ ޙަދީޘެއްކަމަށް ފާހަގަވާ ޙަދީޘެވެ. (އެއީ ސަނަދުގެ ކޮންމެވެސް ހިސާބަކުން) ثقة އެންމެ ރާވީއަކު ރިވާކުރި  ނުވަތަ ވަކި ޖަމާޢަތެއްގެ ބަޔަކު ރިވާކުރި ނުވަތަ ކޮންމެވެސް މީހަކު އެހެން މީހެއްގެ ކިބައިން ރިވާ ކުރި ހަމައެކަނި ރިވާޔަތަށް ވުމެވެ.

24 – ومَا بعِلَّةٍ غُمُوضٍ أوْ خَفَا … “مُعَلَّلٌ” عِنْدَهُمُ قَدْ عُرِفَا

 (ޙަދީޘުގެ ސަނަދުގައި ނުވަތަ މަތަނުގައި) ދެނެގަތުން އުނދަގޫ ނުވަތަ ވަންހަނާވެގެންވާ ޢިއްލަތެއް (ނުވަތަ ހަދީޘް ޞައްޙަވުމަށް ހުރަސް އަޅާ ސަބަބެއް) ވާ ޙަދީޘެއް އެބޭފުޅުންގެ ގާތުގައި އެނގިގެންވަނީ މުޢައްލަލު ޙަދީޘްކަމުގައެވެ.

25 – وذُو اخْتِلافِ سنَدٍ أو مَتْنٍ … “مُضْطربٌ” عِنْدَ أهيْلِ الفَنِّ

ޙަދީޘް ފަންނުގެ އަހުލުވެރިންގެ އަރިހުގައި މުޟްޠަރިބު ޙަދީޘަކީ (ޖަމްޢު ނުކުރެވޭހެން ނުވަތަ ރާޖިޙު ނުކުރެވޭނެހެން ޙަދީޘްގެ ސަނަދާއި މަތަނުގައި އެކި ރާވީން އެކިގޮތަށް ރިވާކޮށް) އެޙަދީޘެއްގެ ސަނަދުގައި ނުވަތަ މަތަނުގައި ރާވީން ޚިލާފުތައްވެގެންވާ ޙަދީޘެވެ.

= ނުނިމޭ =

______________________

މިލިޔުމުގެ އެހެނިހެން ބައިތައް