31 – “مَتُروكُهُ” مَا وَاحِدٌ بهِ انفَردْ … وأجَمعُوا لضَعْفِه فَهُوَ كرَدّ
މަތުރޫކު ޙަދީޘަކީ (ދޮގުހަދާކަމަށް ތުހުމަތުކުރެވޭ) ބަލިކަށި ރާވީއެއްކަމަށް ޢިލްމުވެރިން އެއްބަސްވެގެންވާ ރާވީއެއް ރިވާކުރާ ޙަދީޘެވެ. ފަހެ އެ ޙަދީޘްވަނީ ރައްދުކުރެވިގެންނެވެ.
32 – والكذِبُ الُمخْتَلَقُ المصنُوعُ … علَى النَّبيِّ فذَلِكَ “الموْضوعُ”
އަދި ނަބިއްޔާ صلى الله عليه وسلم ގެ މައްޗަށް (އެކަލޭގެފާނުގެ ޙަދީޘް ކުރެއްވިކަމަށް) ހަދާފައިވާ ދޮގު ބުހުތާނުތައް އެއީ މައުޟޫޢު ޙަދީޘެވެ.
33 – وقَدْ أتَتْ كالَجوْهَرِ المكْنُونِ … سَمَّيْتُهَا: مَنْظُومَةَ البَيْقُوني
މިއީ ރައްކާތެރިކުރެވިފައިވާ އަގުހުރި މުތެއް ފަދައިން އައިސްފައިވާ ޅެން ބައިތުތަކެކެވެ. މިޔަށް (އެބަހީ: މިޅެން ބައިތުތައް) “މަންޒޫމަތުން ބައިޤޫނީ” ގެ ނަމުން އަހަރެން ނަންދިނީމެވެ.
34 – فَوْقَ الثَّلاثيَن بأرْبَعٍ أتَت … أقْسامُهَا ثمَّ بخيٍر خُتِمتْ
މި ޅެން ބައިތުގައި އެކުލެވިގެންވަނީ 34 ބައިތެވެ. ބައިތަކަކަށް އެ (ބައިތުތައް) އަތުވެއްޖެއެވެ.
ދެން ( ﷲ ތަޢަލާގެ ހެޔޮމިންވަރުފުޅާއެކު މިޅެން) މިވަނީ ނިމިފައެވެ.
= ނިމުނީ =
______________________