[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ކީރިތި ޤުރުއާނުގެ ބަގީޗާ: سورة الفرقان

މި ސޫރަތުގެ ވަށަ ރޮނގު އެޅިފައިވާ މައުޟޫޢު

ކީރިތި ޤުރުއާނަކީ ޙައްޤާއި ބާތިލު ވަކިކޮށްދޭ ފޮތެއްކަން

 

މި ސޫރަތުގެ މުހިއްމު ނުކުތާތައް

ކީރިތި ޤުރުއާނަކީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާއްވާލެއްވުނު ޙައްޤު ތެދު ފޮތެއްކަން ސާބިތުކޮށްދިނުން.

ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ނުބުއްވަތުގެ ތެދުކަން ހާމަކޮށްދިނުން.

އަލުންދިރުއްވާނެކަން ސާބިތުކޮށްދިނުން.

މުއުމިނުންނަށް ސުވަރުގެ ލިބޭނެކަމުގެ ޚަބަރު ދެއްވުން.

ކާފިރުންގެ ޖަޒާއަކީ ނަރަކަ ކަމުގައި ބަޔާންކޮށްދެއްވުން.

ﷲ ތަޢާލާގެ އެއްކައުވަންތަކަން ސާބިތުކޮށްދިނުން.

ﷲ ތަޢާލާ އެންމެހާ އުނި ސިފަތަކުން ހުސްދުރުވެ ވޮޑިގަންނަވާކަން ބުއްދީގެ ދަލީލުތަކުގެ އަލީގައި ސާބިތުކޮށްދިނުން.

މުއުމިނުންގެ ސިފަތައް ބަޔާންކުރެއްވުން.

 

މި ސޫރަތުން ލިބިދޭ ބައެއް ފައިދާތައް

މި ސޫރަތް ފެށިފައިވަނީ تبارك މި ލަފުޒުންނެވެ. މި ފެށުން ސޫރަތުގައި އައިސްފައިވާ މުހިއްމު ނުކުތާތަކާއި މުނާސަބެވެ.

ކީރިތި ޤުރުއާނަކީ ހުރިހާ ހެޔޮކަމެއް ގެނެސްދޭ ފޮތެކެވެ.

ދީނުގައި ސާބިތުވެ ހުންނަން ބޭނުންވާ މީހާއަށް އޮތީ ކީރިތި ޤުރުއާނުގައި ހިފެހެއްޓުމެވެ.

ކަންކަމުގެ ޙަޤީޤަތާއި ތަފުސީރު އެނގެން ބޭނުންނަމަ ޤުރުއާނުގެ ޢިލްމުތައް އުނގެނި އެއަށް ޢަމަލުކުރަން ޖެހެއެވެ.

ޖިހާދުކުރަން ބޭނުންވާ މީހާއަށް އޮތީ ޤުރުއާނުގައި ހިފެހެއްޓުމެވެ.

މި ދުނިޔެވީ ޙަޔާތަކީ އިމްތިޙާންގެ ގޮވައްޗެކެވެ. ﷲ ބައެއް އަޅުން މެދުވެރި ކުރައްވައި، އަނެއްބައި އަޅުން އިމްތިޙާން ކުރައްވައެވެ. ސިއްޙަތު ރަނގަޅު މީހާއަކީ ބަލި މީހާއަށްވާ ފިތުނައެކެވެ. މުއްސަނދިންނަކީ ފަޤީރުންނަށް ވާ ފިތުނަ އެކެވެ. ކެތްތެރިވެ މިންވަރަށް ރުހި އުފާވެރި ދިރިއުޅުމެއް އުޅޭ ފަޤީރަކީ މުއްސަނދިންނަށް ވާ ފިތުނައެކެވެ. ރުޅި ކޮންޓްރޯލް ކުރެވޭ މީހާއަކީ ރުޅި ކޮންޓްރޯލް ނުކުރެވޭ މީހާއަށް ވާ ފިތުނަ އެކެވެ. ލޮލަށް ފެންނަ މީހާއަކީ ލޮލަށް ނުފެންނަ މީހާއަށް ވާ ފިތުނަ އެކެވެ. ދަރިން ލިބިފައިވާ މީހުންނަކީ ދަރިން ނުލިބޭ މީހުންނަށްވާ ފިތުނަ އެކެވެ.

 (ބައްލަވާ: ތަފްސީރު އަލް ޤުރްތުބީ)

(وَمَاۤ أَرۡسَلۡنَا قَبۡلَكَ مِنَ ٱلۡمُرۡسَلِینَ إِلَّاۤ إِنَّهُمۡ لَیَأۡكُلُونَ ٱلطَّعَامَ وَیَمۡشُونَ فِی ٱلۡأَسۡوَاقِۗ وَجَعَلۡنَا بَعۡضَكُمۡ لِبَعۡضࣲ فِتۡنَةً أَتَصۡبِرُونَۗ وَكَانَ رَبُّكَ بَصِیرࣰ)

މާނައީ: ހަމަކަށަވަރުން، ކާތަކެތި ފަރީއްކުޅުއްވައި، ބާޒާރުތަކުގައި ހިންގަވައި އުޅުއްވާ ބޭކަލުން މެނުވީ، ކަލޭގެފާނުގެ ކުރިންވެސް رسول ންގެ ތެރެއިން އެއްވެސް رسول އަކު ތިމަންރަސްކަލާނގެ ނުފޮނުއްވަމެވެ. އަދި ތިމަންރަސްކަލާނގެ ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކަށް امتحان އެއްކަމުގައި ލެއްވީމެވެ. ތިޔަބައިމީހުން ކެތްކުރަމުހެއްޔެވެ؟ އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ މޮޅަށް ބައްލަވާވޮޑިގެންވާ ކަލަކުކަމުގައިވެއެވެ.

(سورة الفرقان ٢٠ (

 

__________________________

މަޞްދަރު: أول مرة أتدبر القرآن

 

ކީރިތި ޤުރުއާނުގެ ބަގީޗާ – އެހެންބައިތައް