[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ޠާޢޫނާއި ވަބާތަކުން ސަލާމަތް ކޮށްދެނިވި 40 ކަމެއް – 7

12- ޟުޙާ ނަމާދު ކުރުން

 

عَنْ أَبِي الدَّرْدَاءِ، وَأَبِي ذَرٍّ، عَنْ رَسُولِ الله صلى الله عليه وسلم عَنِ اللَّهِ تَبَارَكَ وَتَعَالَى أَنَّهُ قَالَ: “ابْنَ آدَمَ ارْكَعْ لِي أَرْبَعَ رَكَعَاتٍ مِنْ أَوَّلِ النَّهَارِ أَكْفِكَ آخِرَهُ”))[1]

أبي الدرداء އަދި  أبي ذر ރަސޫލާ صلى الله عليه وسلم އަރިހުން ރިވާކުރެއްވިއެވެ. (ޤުދުސިއްޔަ ޙަދީޘެއްގައި) ﷲ ` ވަޙީކުރެއްވިއެވެ. ”އާދަމުގެ ދަރިޔާއެވެ! ދުވާލުގެ ކުރީކޮޅުގައި ތިމަން އިލާހަށް، ހަތަރު ރަކުޢަތް ކުރާށެވެ! (އޭރުން ދުވަހުގެ) ފަހު ކޮޅު ތިބާ ރައްކާތެރި ކޮށްދެއްވާ ހުށީމެވެ!”

الحافظ العراقي ވިދާޅުވިއެވެ. [2] ”އެބަހީ: ﷲ تعالى އޭނާގެ ކިބައިން ޢާފާތްތަކާއި، ފާފަތަކުން ރައްކާތެރިކޮށްދެއްވުން ހިމެނިގެންވެއެވެ.”

الطيبي رحمه الله ވިދާޅުވިއެވެ. [3] ”އެބަހީ: ތިބާ ނަމާދުކުރުމަށް ފަހު ދުވަހުގެ ފަހު ކޮޅާ ހަމައަށް، ތިބާގެ ޙާޖަތްތައް ފުއްދަވައިދެއްވުމާ  އަދި ހިތް ނުރުހޭ ކަންކަމުން (މުޞީބާތްތަކުން) ދުރުކޮށްދެއްވުމެވެ.” [4]

 

ތަރުޖަމާކުރީ:

މޫސާ އައްޔޫބު

ޢަބްދުލްމުޢިއްޒު ރަޝީދު

މުޙައްމަދު ޙައްސާނު ރަޝީދު

= ނުނިމޭ =

_________________

އެހެނިހެން ބައިތައް

 

މިއީ الأربعون في الوقاية والنجاة من الوباء والطاعون ގެ ތަރުޖަމާއެވެ.

 

[1] سنن الترمذي: (475)

[2] قوت المغتذي علي جامع الترمذي: (1/201)

[3] مرقاة المفاتيح شرح مشكاة المصابيح: (3/980)

[4] މުތަރުޖިމް: ޟުޙާ ނަމާދަކީ ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ.  ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދު ކުރެއްވިއެވެ. އަދި އެކަލޭގެފާނުގެ އެނަމާދު ކުރުމަށް އުންމަތަށް އިރުޝާދު ދެއްވިއެވެ. އެނަމާދުގެ މަދު މިންވަރަކީ ދެ ރަކުޢަތެވެ. ހަތަރެއް، ހައެއް، އަށެއް ނުވަތަ އެއަށްވުރެ ގިނަ ރަކުޢަތް ކުރިކަމުގައިވިޔަސް މައްސަލައެއް ނެތެވެ. ނަބިއްޔާ صلى الله عليه وسلم ދެ ރަކުޢަތް އަދި ހަތަރު ރަކުޢަތް އަދި އަށް ރަކުޢަތް ކުރެއްވިކަމަށް ސާބިތުވެއެވެ.

عَنْ عَائِشَةَ ، قَالَتْ : “كَانَ رَسُولُ اللَّهِ صلى الله عليه وسلم يُصَلِّي الضُّحَى أَرْبَعًا، وَيَزِيدُ مَا شَاءَ اللَّهُ.”

މާނައީ: ޢާއިޝާ رضي الله عنها ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ. “ނަބިއްޔާ صلى الله عليه وسلم ޟުޙާ ނަމާދުގެ ހަތަރު ރަކުޢަތް ކުރައްވައެވެ. އަދި ﷲ އިރާދަކުރެއްވި މިންވަރަކަށް އިތުރު ކުރައްވައެވެ.”

عَنْ أَبِي هُرَيْرَةَ رضي الله عنه  قَالَ : “أَوْصَانِي خَلِيلِي صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِثَلَاثٍ؛ صِيَامِ ثَلَاثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَرَكْعَتَيِ الضُّحَى، وَأَنْ أُوتِرَ قَبْلَ أَنْ أَنَامَ.”

މާނައީ: އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. “ތިމަންކަލޭގެފާނުގެ ޚަލީލު (އެބަހީ: ނަބިއްޔާ صلى الله عليه وسلم) ތިމަންކަލޭގެފާނަށް ތިން ކަމަކަށް ވަޞިއްޔަތް ކުރެއްވިއެވެ. ކޮންމެ މަހެއްގައި ތިން ދުވަހު ރޯދަ ހިފުމާއި ޟުޙާ ނަމާދުގެ ދެ ރަކުޢަތް ކުރުމާއި، ނިދުމުގެ ކުރިން ވިތުރި ކުރުމަށެވެ.”