-
ޙައްޤާއި ބާޠިލާ ދެމެދު
(قَالَ لَهُم مُّوسَىٰ أَلْقُوا مَا أَنتُم مُّلْقُونَ)[1]
މާނަ: “موسى ގެފާނު އެއުރެންނަށް ވިދާޅުވިއެވެ. ތިޔަބައިމީހުން (ސިޙުރު ހަދާފައި) އުކަންހުރި ތަކެތި އުކާށެވެ!”
(فَأَلْقَوْا حِبَالَهُمْ وَعِصِيَّهُمْ وَقَالُوا بِعِزَّةِ فِرْعَوْنَ إِنَّا لَنَحْنُ الْغَالِبُونَ)[2]
މާނަ: “ފަހެ، އެއުރެންގެ ވާ ބުރިތަކާއި، އަސާތައް އެއުރެން އުކިއެވެ. އަދި އެއުރެން ބުންޏެވެ. فرعون ގެ عزّة ގަންދީ ބުނަމެވެ. ހަމަކަށަވަރުން، ގަދަވާނެ ބަޔަކީ ތިމަންމެންކަން ކަށަވަރެވެ.”
މީސްތަކުން ޙައިރާން ވެއްޖެއެވެ. މައިދާނުގައި ހަރުފަތައް ދުވަނީ އެވެ. އެބައިމީހުން ބިރުން ފަހަތަށް ޖެހެން ފެށިއެވެ.
މައިދާނުގައި ތިބި މީހުންނަށް ފެނުނު މަންޒަރު މޫސާގެފާނަށްވެސް ފެނިވަޑައިގަތެވެ. އެކަލޭގެފާނުވެސް ޢަޖައިބުވެ ވަޑައިގެންނެވިއެވެ.
(قَالَ بَلْ أَلْقُوا ۖ فَإِذَا حِبَالُهُمْ وَعِصِيُّهُمْ يُخَيَّلُ إِلَيْهِ مِن سِحْرِهِمْ أَنَّهَا تَسْعَىٰ)[3]
މާނަ: “އެކަލޭގެފާނު ވިދާޅުވިއެވެ. އަދި ކިއެއް ހެއްޔެވެ. ތިޔަބައިމީހުން (ފުރަތަމަ) އެއްލާށެވެ! ފަހެ (އެއުރެން އެއްލި ހިނދު) އެހާރުން އެއުރެންގެ ވާބުރިތަކާއި، އަސާތައް އެއުރެންގެ ސިޙުރުގެ ސަބަބުން ދުވާހެން އެކަލޭގެފާނަށް ހީފުޅުވިއެވެ.”
މޫސާގެފާނުގެ ހިތްޕުޅުގައި ބިރުވެރިކަން އުފެދުނެވެ. މޫސާގެފާނު ބިރުފުޅު ވަޑައިނުގަންނަވަންވީ ކީއްވެ ހެއްޔެވެ؟ މިއީ އިމްތިޙާނުގެ ދުވަހެވެ. އިމްތިޙާނުގެ ބައެއް ވަގުތުގައި މީހާ މާތްކުރެވޭނެއެވެ. އަނެއް ބައި ޙާލަތުގައި އެ މީހަކަށް ނިކަމެތިކަން ލިބެއެވެ. މޫސާގެފާނަށް ކާމިޔާބު ލިބިއްޖެނަމަ އެއީ ހަމައެކަނި މޫސާގެފާނަށް ލިބޭ ކާމިޔާބެއް ނޫނެވެ. އެކަމަކު އެއީ މުސާގެފާނުގެ ދަޢުވަތަކީ ތެދު ދަޢުވަތެއްކަން ފިރުޢައުނާއި، އޭނާގެ ޤައުމުގެ މީހުންނަށް ހާމަވާން ލިބޭ ފުރުސަތެކެވެ. އަދި އެއީ ޙައްޤު، ބާޠިލުގެ މައްޗަށް ގަދަވެގެން ދިޔުމެވެ. ﷲ ތަޢާލާ މޫސާގެފާނަށް ވަޙީކުރެއްވިއެވެ.
(قُلْنَا لَا تَخَفْ إِنَّكَ أَنتَ الْأَعْلَىٰ)[4]
މާނަ: “ތިމަންރަސްކަލާނގެ وحى ކުރެއްވީމެވެ. ކަލޭގެފާނު ބިރުފުޅު ނުގަންނާށެވެ! ހަމަކަށަވަރުން، ކާމިޔާބުލިބި މޮޅުވާނީ ހަމަކަލޭގެފާނެވެ.”
(وَأَلْقِ مَا فِي يَمِينِكَ تَلْقَفْ مَا صَنَعُوا ۖ إِنَّمَا صَنَعُوا كَيْدُ سَاحِرٍ ۖ وَلَا يُفْلِحُ السَّاحِرُ حَيْثُ أَتَىٰ)[5]
މާނަ: “އަދި ކަލޭގެފާނުގެ ކަނާތްޕުޅުގައިވާ އެތި (އެބަހީ: އަސާ) އެއްލަވާށެވެ! އޭރުން، އެ އަސާ އެއުރެން ހެދި ތަކެތި ކައި، ދިރުވާލައިފާނެއެވެ. ހަމަކަށަވަރުން، އެއުރެން ހެދި އެއްޗެހި ވާކަން ކަށަވަރީ (ހަމައެކަނި) ސިޙުރުވެރިންގެ މަކަރު ކަމުގައެވެ. އަދި ސިޙުރުވެރިއަކު ކޮންމެ އެއްޗެއް ގެނައިކަމުގައިވިޔަސް، އޭނާއަކަށް ކާމިޔާބެއް ނުވާނެއެވެ.”
(قَالَ مُوسَىٰ مَا جِئْتُم بِهِ السِّحْرُ ۖ إِنَّ اللَّـهَ سَيُبْطِلُهُ ۖ إِنَّ اللَّـهَ لَا يُصْلِحُ عَمَلَ الْمُفْسِدِينَ)[6]
މާނަ: “ފަހެ، އެއުރެން (އެތަކެތި) އުކި ހިނދު، موسى ގެފާނު ވިދާޅުވިއެވެ. ތިޔަބައިމީހުން ތިޔަ ގެނައީ ސިޙުރެކެވެ. ހަމަކަށަވަރުން، اللَّه، އެ ސިޙުރު باطل ކުރައްވާނެއެވެ. ހަމަކަށަވަރުން، فساد ކުރާ މީހުންގެ عمل، اللَّه إصلاح އެއް ނުކުރައްވާ ހުށްޓެވެ.”
(وَيُحِقُّ اللَّـهُ الْحَقَّ بِكَلِمَاتِهِ وَلَوْ كَرِهَ الْمُجْرِمُونَ)[7]
މާނަ: “އަދި ކުށްވެރިން ނުރުހުނަސް، اللَّه އެކަލާނގެ كلمة ފުޅުތަކުން حق ސާބިތުކުރައްވައި ފާޅުކުރައްވާނެއެވެ.”
(فَأَلْقَىٰ مُوسَىٰ عَصَاهُ فَإِذَا هِيَ تَلْقَفُ مَا يَأْفِكُونَ) [8]
މާނަ: “ދެން موسى ގެފާނު އެކަލޭގެފާނުގެ އަސާކޮޅު އެއްލެވިއެވެ. ފަހެ، އެހާރުން އެ އަސާކޮޅު އެއުރެން އޮޅުވާލައިގެން ހަދައިގެން ދެއްކި ތަކެތި ކައި ދިރުވައިފިއެވެ.”
(فَوَقَعَ الْحَقُّ وَبَطَلَ مَا كَانُوا يَعْمَلُونَ)[9]
މާނަ: “ފަހެ، حق ތެދު ފާޅުވެއްޖެއެވެ. އަދި އެއުރެން ކޮށްއުޅުނު ކަންތައް باطل ވެގެން ހިނގައްޖެއެވެ.”
ސިޙުރުވެރިން ޙައިރާން ވެއްޖެއެވެ. އަދި އެމީހުންގެ ބަސް ހުއްޓިއްޖެއެވެ. އެއީ ކޮން އެއްޗެއް ހެއްޔެވެ؟ ހަމަޔަޤީނުންވެސް އެބައިހީހުން ސިޙުރު ދަނެއެވެ. އަދި އޭގެ އަޞްލާއި، ސިޙުރުގެ އެކި ބާވަތްތައް ވެސް މެއެވެ. އެބައިމީހުންނަކީ ސިޙުރު ހެދުމުގެ އެންމެ ބޮޑެތި މާހިރުންނެވެ. މޫސާގެފާނު އެ ދެއްކެވީ ސިޙުރެއް ނޫނެވެ. އެއީ ސިޙުރު ކަމަށްވީނަމަ، އަހަރުމެންނަށް އެއަށް ހަމަލާ ދެވުނީހެވެ. އެކަމަކު މި ފަންނުގައި އަހަރުމެން ބަލިވެއްޖެއެވެ. މީސްތަކުންގެ އެންމެން ކުރިމަތީ އަހަރުމެން ފަޟީޙަތް ވެއްޖެއެވެ. އެއީ ކޮންފަރާތެއް ކުރެއްވި ކަމެއް ހެއްޔެވެ؟ އެއީ ﷲ ގެ ފަރާތުން އައި ކަމެއް ހެއްޔެވެ؟
މޫސާގެފާނަކީ ނަބިއްޔެއްކަމުގައި އެ މީހުންނަށް ކަށަވަރުވެ، އެމީހުންގެ ހިތްތަކަށް ހިތްހަމަޖެހުން ލިބިއްޖެއެވެ. ހަމަޔަޤީނުންވެސް އެއީ އެކަލޭގެފާނަށް ﷲ ދެއްވި މުޢުޖިޒާތެކެވެ. ސިޙުރުވެރިން ﷲއަށް ސަޖިދަކުރިއެވެ. ދެން އެމީހުން ބުންޏެވެ.
(آمَنَّا بِرَبِّ هَارُونَ وَمُوسَىٰ)[10]
މާނަ: “هارون ގެފާނާއި، موسى ގެފާނުގެ ވެރިރަސްކަލާނގެއަށް ތިމަންމެން إيمان ވެއްޖައީމުއެވެ.”
(فَأُلْقِيَ السَّحَرَةُ سَاجِدِينَ)[11]
މާނަ: ފަހެ، އެ ސިޙުރުވެރިން سجدة އަށް ތިރިވެއްޖެއެވެ.”
(قَالُوا آمَنَّا بِرَبِّ الْعَالَمِينَ)
މާނަ: “އެއުރެން ބުންޏެވެ. عالم ތަކުގެ ވެރި ރައްބަށް ތިމަންމެން إيمان ވެއްޖައީމުއެވެ.”
(رَبِّ مُوسَىٰ وَهَارُونَ)
މާނަ: “(އެއީ) موسى ގެފާނާއި، هارون ގެފާނުގެ ވެރި ރައްބެވެ.”
___________________
މަޞްދަރު: قصص النبيين للأطفال
[1] 43 الشعراء
[2] 44 الشعراء
[3] 66 طه
[4] 68 طه
[5] 69 طه
[6] 81 يونس
[7] 82 يونس
[8] 45 الشعراء
[9] 118 الأعراف
[10] 70 طه
[11] 46-48 الشعراء