الحَمْدُ لِلَّهِ رَبِّ العَالَمِينَ، وَالصَّلَاةُ وَالسَّلَامُ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِينَ، وَالتَّابِعِينَ لَهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ:
މި ފޮތަކީ؛ ރޭގަނޑުގެ ރޭއަޅުކަމާއި، ޚާއްޞަގޮތެއްގައި ރަމަޟާންމަހުގައި ކުރެވޭ ރޭއަޅުކަމުގެ ތެރޭގއި ހިމެނޭ ތަރާވީޙުނަމާދާގުޅޭ ފައިދާތަކުގެ ތެރޭގައި ހިމެނޭ 48 ފައިދާގެ މައްޗަށް އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى ޖަމާކުރައްވާފައިވާ “48 فَائِدَةً فِيْ قِيَامِ اللَّيلِ وَصَلَاةِ التَرَاوِيحِ” މި ފޮތުގެ ދިވެހި ތަރުޖަމާއެކެވެ.
އައްޝައިޚް މުޙައްމަދު ޞާލިޙު އަލްމުނައްޖިދު حَفِظَهُ اللهُ تَعَالَى އަކީ އިސްލާމްދީނުގެ ޢިލްމު ފެތުރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކުރައްވާ ބޭފުޅެކެވެ. ތަފާތު ވީޑިއޯ ޕްރޮގްރާމްތަކުގެ އިތުރުން، ތަފާތު އެތައް މައުޟޫތަކަކަށް ފޮތްތައް ލިޔުއްވާފައިވާ ބޭފުޅެކެވެ. އަދި ދީނީ އެކި ސުވާލުތައް ތަފާތު އެތައް ބަހަކުން ގެނެސްދޭ islamqa.info ވެބްސައިޓުގެ ޖެނެރަލް ސްޕަވައިޒަރެވެ.
މި ފޮތުގައި ވަރަށް ކުރުކުރުކޮށް އަލިއަޅުވާލެވިފައިވާ މައުޟޫޢަކީ ރޭއަޅުކަމުގެ މާތްކަމާއި، އެ އަޅުކަމުގެ ބައެއް ފިޤްހީ ޙުކުމްތަކެވެ. މި ފައިދާތަކުގެ ސަބަބުން:
- ރޭއަޅުކަންކުރުމުގެ މާތްކަން އެނގި، އެ އަޅުކަން ކުރަން ޝައުޤުވެރިވާނެއެވެ.
- ރޭއަޅުކަންކުރުން މަތީގައި ސާބިތުވެހުންނާނެ ގޮތްތައް އެނގިގެންދާނެއެވެ.
- ރޭއަޅުކަމާއި ތަރާވީޙުނަމާދާގުޅޭގޮތުން ހިތުގައި އުފެދޭނެ ވަރަށް ގިނަ ސުވާލުތަކަށް ޖަވާބު ލިބިގެންދާނެއެވެ.
ދުޢާއަކީ؛ އަޅުގަނޑުގެ ލޮބުވެތި އަޚުންނާއި އުޚުތުންނަށް މި ފޮތުގެ މަންފާ ފޯރުކޮށްދެއްވުމެވެ. އަދި މަންފާކުރަނިވި ޢިލްމު އުނގަންނަވައިދެއްވައި، އެ ޢިލްމަށް ޢަމަލުކުރުމުގެ ތައުފީޤު ދެއްވުމެވެ.
وَصَلَّى اللهُ وَسَلَّمَ عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن.
ފޮތުގެ ނަން: ރޭއަޅުކަމާއި ތަރާވީޙުނަމާދާގުޅޭ 48 ފައިދާ ތަރުޖަމާކުރީ: އައްޝައިޚް މުޙައްމަދު ސިނާން |
ޞަފްޙާގެ ޢަދަދު: 47 ޞަފްޙާ (A5 ސައިޒް). ފައިލް ސައިޒް: 586 KB |