[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 23

  • ފިރުޢައުނުގެ އިންޒާރު

 

ފިރުޢައުނަށް މި ފެނުނު މަންޒަރު އެއްގޮތަކަށް ވެސް ޤަބޫލެއް ނުކުރެވުނެވެ. އޭނާގެ މޮޔަކަން ވީ އިތުރެވެ. ކަންތައްތައް ވެގެން ދިޔައީ އެނާ އުންމީދު ކުރި ފަދައަކުންނެއް ނޫނެވެ. އޭނާ ބޭނުންވީ ސިޙުރުވެރިން ލައްވާ މޫސާގެފާނު ބަލިކުރުމަށެވެ. އެކަމަކު ސިޙުރުވެރިން އެންމެ ފަހުން ވެގެން މިދިޔައީ މޫސާގެފާނަށް ކިޔަމަންތެރިވާ ބަޔަކަށެވެ. އޭނާ ބޭނުންވީ މޫސާގެފާނުގެ ދީނުން، މީސްތަކުން އެއްކިބާ ކުރުމަށެވެ. އެކަމަކު ސިޙުރުވެރިންވީ އެންމެ ފުރަތަމަ މޫސާގެފާނަށް އީމާންވި ބަޔަކަށެވެ. އޭނާ މޫސާގެފާނަށް ދޭން އުޅުނު ޙަމަލާ، އަނބުރާ މިއައީ އޭނާ އާއި ދިމާލަށެވެ.

މިޞްރުގެ އެއްވެސް މީހަކަށް، އޭނާގެ ޙުއްދައާއި ނުލައި އެހެން ފަރާތަކަށް އީމާންވާކަށް އޭނާ ބޭނުމެއް ނުވެއެވެ. އޭނާ ވަރަށް ކިބުރުވެރި ކަމާއެކު ބުންޏެވެ.

(آمَنتُمْ لَهُ قَبْلَ أَنْ آذَنَ لَكُمْ)[1]

މާނަ: ތިޔަބައިމީހުންނަށް ތިމަން އިޛުނަދިނުމުގެ ކުރީގައި، ތިޔަބައިމީހުން އެކަލޭގެފާނަށް އީމާންވެއްޖައީމުއެވެ.

އޭނާގެ ބަހުގެ ހަމަލާއެއް މޫސާގެފާނަށާއި ސިޙުރުވެރިންނަށް އެއްލިއެވެ. އޭނާ ބުންޏެވެ.

(إِنَّهُ لَكَبِيرُكُمُ الَّذِي عَلَّمَكُمُ السِّحْرَ)[2]

މާނަ: ހަމަކަށަވަރުން، އެކަލޭގެފާނީ ތިޔަބައިމީހުންނަށް ސިޙުރު އުނގަންނައިދިން ތިޔަބައިމީހުންގެ ބޮޑުމީހާއެވެ. ފަހެ، ތިޔަބައިމީހުންނަށް ނިކަންހުރެ އެނގޭ ހުށްޓެވެ.

އަދި ދެވަނަ ހަމަލާގެ ބަހެއް ވެސް މޫސާގެފާނަށާއި ސިޙުރުވެރިންނަށް އެއްލިއެވެ. އޭނާ ބުންޏެވެ.

(إِنَّ هَـٰذَا لَمَكْرٌ مَّكَرْتُمُوهُ فِي الْمَدِينَةِ لِتُخْرِجُوا مِنْهَا أَهْلَهَا ۖ فَسَوْفَ تَعْلَمُونَ)[3]

މާނަ: ހަމަކަށަވަރުން، މިއީ (މި) ރަށުގެ އަހުލުވެރިން ރަށުން ނެރެލުމަށްޓަކައި ތިޔަބައިމީހުން ރަށުތެރޭގައި ރޭވި ރޭވުމެއްކަން ކަށަވަރެވެ. ނިކަންހުރެ ތިޔަބައިމީހުންނަށް އެނގޭނެއެވެ.

ދެން ވިހައިގެ އެންމެ ފަހު ބަސް ސިޙުރުވެރިންނަށް އެއްލިއެވެ.

(لَأُقَطِّعَنَّ أَيْدِيَكُمْ وَأَرْجُلَكُم مِّنْ خِلَافٍ وَلَأُصَلِّبَنَّكُمْ أَجْمَعِينَ)[4]

މާނަ: ހަމަކަށަވަރުން، ތިޔަބައިމީހުންގެ އަތްތަކާއި، ފައިތައް ތަފާތުވާ ގޮތަށް (އެބަހީ: ކަނާތާއި ވާތުފައި، ނުވަތަ ވާތާއި ކަނާތުފައި) ތިމަން ބުރިކުރާ ހުށީމެވެ. އަދި ހަމަކަށަވަރުން، ތިޔަ ހުރިހާ އެންމެން ޞަލީބަށް އަރުވާހުށީމެވެ.

ﷲ އަށް އީމާންވި ސިޙުރުވެރިންނަށް ފިރުޢައުނުގެ ބަހުގެ އެއްވެސް ހަމަލާއަކުން އަޘަރެއް ނުކުރިއެވެ. އީމާންކަމުގެ އައްޑަނައިން އެމީހުން ހިމާޔަތް ހޯދިއެވެ. އަދި ކެތްތެރިކަމުންނެވެ.

(قَالُوا لَا ضَيْرَ ۖ إِنَّا إِلَىٰ رَبِّنَا مُنقَلِبُونَ)[5]

މާނަ: އެބައިމީހުން ބުންޏެވެ. (އެކަމުގައި) ގެއްލުމެއް ނެތެވެ. ހަމަކަށަވަރުން، ތިމަންމެން އެނބުރި ދާހުށީ، ތިމަންމެންގެ ރައްބުގެ ޙަޟްރަތަށެވެ.

(إِنَّا نَطْمَعُ أَن يَغْفِرَ لَنَا رَبُّنَا خَطَايَانَا أَن كُنَّا أَوَّلَ الْمُؤْمِنِينَ)

މާނަ: ތިމަންމެން އެންމެ ފުރަތަމަ އީމާންވީ ބަޔެއްކަމުގައިވުމުގެ ސަބަބުން، ހަމަކަށަވަރުން، ތިމަންމެންގެ ރައްބު ތިމަންމެންގެ ކުށްފާފަތައް ފުއްސެވުމަށް ތިމަންމެން އުންމީދުކުރަމެވެ.

އަދިވެސް އީމާންކަމުގެ ޖޯޝުގައި އެމީހުން ދެންނެވިއެވެ.

(إِنَّا آمَنَّا بِرَبِّنَا لِيَغْفِرَ لَنَا خَطَايَانَا وَمَا أَكْرَهْتَنَا عَلَيْهِ مِنَ السِّحْرِ ۗ وَاللَّـهُ خَيْرٌ وَأَبْقَىٰ)[6]

މާނަ: ހަމަކަށަވަރުން، ތިމަންމެންގެ ރައްބަށް ތިމަންމެން އީމާންވެއްޖައީމުއެވެ. އެއީ އެކަލާނގެ ތިމަންމެންގެ ކުށްތަކާއި، ކަލޭ (އެބަހީ: ފިރުޢައުނު) ތިމަންމެންނަށް މަޖުބޫރު ކުރުވި ސިޙުރު ތިމަންމެންނަށް (عفو ކުރައްވައި) ފާފަފުއްސެވުމަށްޓަކައެވެ. އަދި اللَّه އީ، އެންމެ ހެޔޮވެގެންވާ އަދި އަބަދަށް ދެމިވޮޑިގެންވާ އިލާހެވެ.

(إِنَّهُ مَن يَأْتِ رَبَّهُ مُجْرِمًا فَإِنَّ لَهُ جَهَنَّمَ لَا يَمُوتُ فِيهَا وَلَا يَحْيَ)

މާނަ: ހަމަކަށަވަރުން، އެމީހެއްގެ ރައްބުގެ ޙަޟްރަތަށް ކުށްވެރިއެއްގެ ގޮތުގައި އަންނަމީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް ހުރީ ނަރަކަޔެވެ. އެތަނުގައި އޭނާ މަރެއް ނުވާނެއެވެ. އަދި (ފުރިހަމަ ދިރުމަކުން) ނުމެދިރޭނެއެވެ.

(وَمَن يَأْتِهِ مُؤْمِنًا قَدْ عَمِلَ الصَّالِحَاتِ فَأُولَـٰئِكَ لَهُمُ الدَّرَجَاتُ الْعُلَىٰ)

މާނަ: އަދި ހަމަކަށަވަރުން، މުއުމިނެއްގެ ގޮތުގައި، ޞާލިޙު ޢަމަލުތައްކޮށް، އެއިލާހުގެ ޙަޟްރަތަށް އަތުވެއްޖެމީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުންނަށް (އާޚިރަތުގައި) ހުރީ މަތިވެރިވެގެންވާ ދަރަޖައެވެ.

(جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا ۚ وَذَٰلِكَ جَزَاءُ مَن تَزَكَّىٰ)

މާނަ: އެތަނުގެ ދަށުން ފެންކޯރުތައް ހިނގަހިނގާހުރި ޢަދުނޭ ކިއުނު ސުވަރުގެތަކެވެ. އެތަނުގައި، އެބައިމީހުން ދެމިތިބެނިވި ގޮތުގައެވެ. އެއީ (ނުބައިކަންތަކުން) ޠާހިރު ވެގަތް މީހާގެ ޖަޒާއެވެ.

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1]   49              الشعراء

[2]   49                 الشعراء

[3] 123          الأعراف

[4]     49      الشعراء

[5]     50-51           الشعراء

[6] 73-75          طه