[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަރުތީބު 1

الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعد:

 

ފުރަތަމައީ:

 ﷲ ސުބްޙާނަހޫ ވަތަޢާލާ އަހަރެމެންނަށް ހުރިހާ ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ވާހަކަ ބަޔާންކޮށް ނުދެއްވައެވެ. އެހެން ނަމަވެސް އެކަލާނގެ އަހަރެމެންނަށް ބަޔާންކޮށްދެއްވީ އޭގެ ތެރެއިން ބައެއް ބޭކަލުންގެ ވާހަކަތަކެވެ.

ކީރިތި ޤުރުއާނުގައި އޭގެ ތެރެއިން  25ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ނަން ބަޔާން ކޮށްދެއްވައިފައިވެއެވެ.

ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ވަޙީކުރައްވަނީ:

وَتِلْكَ حُجَّتُنَا آتَيْنَاهَا إِبْرَاهِيمَ عَلَىٰ قَوْمِهِ ۚ نَرْفَعُ دَرَجَاتٍ مَّن نَّشَاءُ ۗ إِنَّ رَبَّكَ حَكِيمٌ عَلِيمٌ ﴿٨٣﴾ وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿٨٤﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ الصَّالِحِينَ ﴿٨٥﴾ وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ ﴿٨٦﴾ [الأنعام 83-86]

މާނަ: އެ ހުރިހާކަމަކީ، ތިމަންއިލާހުގެ (ޙަޟްރަތުން އައި) ޙުއްޖަތްތަކެވެ. އެ ޙުއްޖަތްތައް، ތިމަންއިލާހު އިބްރާހީމްގެފާނަށް ދެއްވީ، އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ހުށަހެޅުއްވުމަށެވެ. ތިމަންއިލާހު އިރާދަކުރައްވާ ބަޔަކު، ދަރަޖަ މަތިވެރިކުރައްވަމެވެ. ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރައްބަކީ، ޙަކީމުވަންތަ މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ. ތިމަންއިލާހު، އެކަލޭގެފާނަށް (އެބަހީ: އިބްރާހީމްގެފާނަށް) އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެ. އަދި އޭގެ ކުރިން ނޫޙުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އެކަލޭގެފާނުގެ ދަރިކޮޅުން، ދާވޫދުގެފާނާއި، ސުލައިމާނުގެފާނާއި، އައްޔޫބުގެފާނާއި، ޔޫސުފްގެފާނާއި، މޫސާގެފާނާއި، ހާރޫނުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އިޙްސާންތެރިންނަށް ތިމަންއިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ. އަދި ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި، ޢީސާގެފާނާއި، އިލްޔާސްގެފާނަށް ތެދުމަގު ދެއްކެވީމެވެ. އެއިން ކޮންމެ ބޭކަލަކުމެވަނީ، ޞާލިޙުންގެ ތެރެއިންނެވެ. އަދި އިސްމާޢީލުގެފާނާއި، އަލްޔަސަޢުގެފާނާއި، ޔޫނުސްގެފާނާއި، ލޫޠުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންއިލާހު އެއިން ކޮންމެ ބޭކަލަކު ޢާލަމުތަކުގެ މައްޗަށް މާތްކުރައްވައި އިތުރުކުރެއްވީމެވެ.”

މަތީގައި ބަޔާންވެފައިވާ އާޔަތްތަކުގައި އެވަނީ 18 ބޭކަލުންގެ ނަން އެއްތަނެއްގައި ބަޔާންކުރައްވާފައެވެ.

އަދި ކީރިތި ޤުރުއާނުގެ އެހެން ސޫރަތްތަކެއްގައި އާދަމް، ޙޫދު، ޞާލިޙް ،ޝުޢައިބް، އިދްރީސް އަދި ޛުލްކިފްލު ޒިކުރު ކުރައްވާފައިވެއެވެ. މިބޭކަލުންނަށްފަހު އަހަރެމެންގެ ނަބިއްޔާ صلى الله عليه وسلم ވެސް ޒިކުރު ކުރައްވާފައިވެއެވެ. މާތްﷲ މިހުރިހާ ބޭކަލުންނަށް ޞަލަވާތާއި ސަލާމްލައްވާށިއެވެ. އާމީން

މީގެ އިތުރުން ސުންނަތުގައި ޚަޟިރުގެފާނުގެ ނަން ޒިކުރު ކުރައްވައެވެ. ޢިލްމުގެ އަހުލުވެރިންގެ މެދުގައި އެކަލޭގެފާނަކީ ނަބިއްޔެއްތޯ ނުވަތަ ރަސޫލެއްތޯ ވަރަށް ބޮޑަށް ޚިލާފު އުފެދިފައިވެއެވެ.

އަދި ހަމަ އެފަދައިން ޔޫޝަޢު ބިން ނޫންގެ ވާހަކަވެސް ޒިކުރު ކުރައްވާފައިވެއެވެ. މޫސާގެފާނަށްފަހު އެކަލޭގެފާނުގެ ޤައުމުގެ (ބަނޫއިސްރާއީލްގެ) މީހުންގެ މައްޗަށް ވެރިޔެއްގެ ގޮތުގައި ހުންނެވި އަދި ބައިތުލް މަޤްދިސް ފަތަޙަކުރެއްވި ބޭކަލަކީ އެއީއެވެ.

=ނުނިމޭ=

____________________________

މަޞްދަރު

 

މިލިޔުމުގެ އެހެންބައިތައް