ޖިޒްޔައާއި ޞުލްޙަވުން ނަންގަތް ބާބު
﴿قَاتِلُوا الَّذِينَ لَا يُؤْمِنُونَ بِاللَّـهِ وَلَا بِالْيَوْمِ الْآخِرِ وَلَا يُحَرِّمُونَ مَا حَرَّمَ اللَّـهُ وَرَسُولُهُ وَلَا يَدِينُونَ دِينَ الْحَقِّ مِنَ الَّذِينَ أُوتُوا الْكِتَابَ حَتَّىٰ يُعْطُوا الْجِزْيَةَ عَن يَدٍ وَهُمْ صَاغِرُونَ﴾ [سورة التوبة 29]
މާނައީ: “އަހުލު ކިތާބީން ކުރެ ﷲ އަށާއި އާޚިރަތް ދުވަހަށް އީމާން ނުވާ އަދި ﷲ އާއި އެއިލާހުގެ ރަސޫލާ ޙަރާމްކުރެއްވި ކަންތައް ޙަރާމް ނުކުރާ އަދި ޙައްޤު ދީނަށް ތަބާ ނުވާ މީހުންނާ ތިޔަބައިމީހުން ހަނގުރާމަ ކުރާށެވެ! (އެއީ) އެބައިމީހުން ނިކަމެތިވެ، ދެރަވެގެންވާ ޙާލު، އަމިއްލަ އަތުން ޖިޒްޔަ ދީފުމަށް ދާންދެނެވެ.”
﴿قُل لِّلَّذِينَ كَفَرُوا إِن يَنتَهُوا يُغْفَرْ لَهُم مَّا قَدْ سَلَفَ﴾ [سورة الأنفال 38]
މާނައީ: “ކާފިރުވި މީހުންނަށް ކަލޭގެފާނު ވިދާޅުވާށެވެ! އެބައިމީހުން (ހަނގުރާމަކުރުމާއި ކާފިރުކަން) ހުއްޓާލައިފިނަމަ، އެބައިމީހުންނަށް އިސްވެގޮސްފައިވާ ފާފަތައް ފުއްސަވާ ހުށްޓެވެ.”
﴿فَسِيحُوا فِي الْأَرْضِ أَرْبَعَةَ أَشْهُرٍ وَاعْلَمُوا أَنَّكُمْ غَيْرُ مُعْجِزِي اللَّـهِ ۙ وَأَنَّ اللَّـهَ مُخْزِي الْكَافِرِينَ﴾ [سورة التوبة 2]
މާނައީ: “ފަހެ، ތިޔަބައިމީހުން (އެބަހީ: މުޝްރިކުން) ހަތަރު މަސް ވަންދެން ބިމުގައި ހިނގާބިނގާ އުޅޭށެވެ! އަދި ހަމަކަށަވަރުން ތިޔަބައިމީހުންނަށް ﷲ، ނުކުޅައްދައި ނުލެވޭނެކަމާއި، ހަމަކަށަވަރުން ﷲ، ކާފިރުތަކުން ދެރަކޮށްލައްވާހުށިކަން، ތިޔަބައިމީހުން ދަންނާށެވެ!”
﴿فَأَتِمُّوا إِلَيْهِمْ عَهْدَهُمْ إِلَىٰ مُدَّتِهِمْ﴾ [سورة التوبة 4]
މާނައީ: “ފަހެ، ތިޔަބައިމީހުން އެބައިމީހުންގެ މުއްދަތު ހަމަވަންދެން އެބައިމީހުންގެ ޢަހުދު ފުރިހަމަކުރާށެވެ!”
﴿وَإِن جَنَحُوا لِلسَّلْمِ فَاجْنَحْ لَهَا وَتَوَكَّلْ عَلَى اللَّـهِ ۚ إِنَّهُ هُوَ السَّمِيعُ الْعَلِيمُ﴾ [سورة الأنفال 61]
މާނައީ: “އަދި ޞުލްޙައިގެ ފަރާތަށް އެބައިމީހުން ލެނބިލައިފިނަމަ، ކަލޭގެފާނުވެސް (އެގޮތް ޤަބޫލުކުރައްވައި) އެފަރާތަށް ލެނބިވަޑައިގަންނަވާށެވެ! އަދި ﷲ އަށް ވަކީލު ކުރައްވާށެވެ! ހަމަކަށަވަރުން އެއިލާހީ މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ އިލާހެވެ.”
﴿لَا تَهِنُوا وَتَدْعُوا إِلَى السَّلْمِ وَأَنتُمُ الْأَعْلَوْنَ وَاللَّـهُ مَعَكُمْ وَلَن يَتِرَكُمْ أَعْمَالَكُمْ﴾ [سورة محمد 35]
މާނައީ: “ފަހެ، ތިޔަބައިމީހުން ނިކަމެތިވެގަނެ، ކާފިރުންނާ ޞުލްޙަވުމަށް ގޮވައި ނޫޅޭށެވެ! ގަދަވެ، މަތިވެރިވާނޭ ބަޔަކީ ތިޔަބައިމީހުންނެވެ. އަދި ﷲ ވޮޑިގެންވަނީ ތިޔަބައިމީހުންނާ އެކުގައެވެ. އަދި ތިޔަބައިމީހުންގެ ޢަމަލުތައް އެއިލާހު އުނިނުކުރައްވާހުށްޓެވެ.”
﴿فَمَا اسْتَقَامُوا لَكُمْ فَاسْتَقِيمُوا لَهُمْ﴾ [سورة التوبة 7]
މާނައީ: “ފަހެ، އެބައިމީހުން ތިޔަބައިމީހުންނަށް ސީދާވެގެންތިބިހާ ހިނދަކު (އެބަހީ: ޢަހުދަށް ވަފާތެރިވާހާ ހިނދަކު) ތިޔަބައިމީހުންވެސް އެބައިމީހުންނަށް ސީދާވާށެވެ! (އެބަހީ: އެބައިމީހުންނާ ކޮށްފައިވާ ޢަހުދަށް ވަފާތެރިވާށެވެ.)”
﴿وَإِن نَّكَثُوا أَيْمَانَهُم مِّن بَعْدِ عَهْدِهِمْ وَطَعَنُوا فِي دِينِكُمْ فَقَاتِلُوا أَئِمَّةَ الْكُفْرِ ۙ إِنَّهُمْ لَا أَيْمَانَ لَهُمْ لَعَلَّهُمْ يَنتَهُونَ﴾ [سورة التوبة 12]
މާނައީ: “އަދި އެބައިމީހުން ޢަހުދުކުރުމަށް ފަހު، ބައިމީހުންގެ ހުވާތައް އުވާލާ އަދި ތިޔަބައިމީހުންގެ ދީނަށް ޢައިބު ބަސް ބުނެއުޅެނީނަމަ، ތިޔަބައިމީހުން ކާފިރުކަމުގެ ބޮޑުންނާ ހަނގުރާމަކުރާށެވެ! ހަމަކަށަވަރުން ހުވަޔަކީ އެބައިމީހުންނަށް އެއްވެސް އެއްޗެއް ނޫނެވެ. (ހަނގުރާމަ ކުރަންވީ) އެބައިމީހުން އެކަންތައް ހުއްޓާލާތޯއެވެ.”
﴿وَإِمَّا تَخَافَنَّ مِن قَوْمٍ خِيَانَةً فَانبِذْ إِلَيْهِمْ عَلَىٰ سَوَاءٍ﴾ [سورة الأنفال 58]
މާނައީ: “ބަޔަކުމީހުންގެ ކިބައިން ޚިޔަނާތްތެރިކަމެއް އަތުވެދާނެކަމަށް، ކަލޭގެފާނު ބިރުފުޅުގަންނަނަމަ (އެބަޔަކާއެކު ކޮށްފައިވާ މުޢާހަދާއެއް) އެބައެއްގެ މައްޗަށް އަނބުރާ ރައްދުކުރައްވާށެވެ!”
ވާދަޖެހުމާއި ދުނިއުކުން ނަންގަތް ބާބު
﴿وَأَعِدُّوا لَهُم مَّا اسْتَطَعْتُم مِّن قُوَّةٍ وَمِن رِّبَاطِ الْخَيْلِ تُرْهِبُونَ بِهِ عَدُوَّ اللَّـهِ وَعَدُوَّكُمْ﴾ [سورة الأنفال 60]
މާނައީ: “އެބައިމީހުންނާ ދެކޮޅަށް ތިޔަބައިމީހުންނަށް ކުޅަދާނަވީހައި ބާރެއް ތިޔަބައިމީހުން ތައްޔާރުކުރާށެވެ! އަދި އަސްތައްވެސް ބަނދެ ތައްޔާރުކުރާށެވެ! އެކަމުން ﷲގެ ޢަދުއްވުންނާއި، ތިޔަބައިމީހުންގެ ޢަދުއްވުންނާއި، އެބައިމީހުން ނޫން އެހެންބަޔަކު ބިރުގެންނެވުމަށްޓަކައެވެ.”
_______________________________________