[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މޫސާގެފާނުގެ ވާހަކަ – 24

  • ފިރުޢައުނުގެ މޮޔަކަން

 

ފިރުޢައުނު އެންމެ ބޮޑަށް ކަންބޮޑުވަނީ މޫސާގެފާނުގެ ދަޢުވަތާއި ހެދިއެވެ. ފިރުޢައުނުގެ އަރިސް މީހުން ބުންޏެވެ.

(أَتَذَرُ مُوسَىٰ وَقَوْمَهُ لِيُفْسِدُوا فِي الْأَرْضِ وَيَذَرَكَ وَآلِهَتَكَ)[1]

މާނަ: “موسى ގެފާނާއި، އެކަލޭގެފާނުގެ قوم ގެ މީހުން، ކަލެޔާއި ކަލޭގެ إله ންތައް ދޫކޮށް، ބިމުގައި فساد އުފެއްދުމަށް ތިޔަ ދޫކޮށްލަނީ ހެއްޔެވެ؟”

 

އޭނާގެ ރުޅީގެ މައްޗަށް ރުޅި ގަދަވިއެވެ.

)قَالَ سَنُقَتِّلُ أَبْنَاءَهُمْ وَنَسْتَحْيِي نِسَاءَهُمْ وَإِنَّا فَوْقَهُمْ قَاهِرُون( [2]

މާނަ: “އޭނާ ބުންޏެވެ. ތިމަންމެން އެއުރެންގެ ފިރިހެންދަރިން މަރާހުށީމެވެ. އަދި އެއުރެންގެ ތެރެއިން އަންހެނުން ނުމަރައި ބައިތިއްބާނަމެވެ. ހަމަކަށަވަރުން، ތިމަންމެންނީ އެއުރެންގެ މައްޗަށް ގަދަކަން ލިބިގެންވާ ބަޔަކީމުއެވެ.”

ފިރުޢައުނު ބޭނުންވީ ކޮންމެ ފަދަ ޙީލަތެއް ހަދައިގެން ވިޔަސް މިޞްރުގެ އަހްލުވެރިންނާއި އަދި ބަނޫ އިސްރާއީލުގެ މީހުން، މުސާގެފާނު ދަޢުވަތުން އެއްކިބާ ކުރުމަށެވެ.

)وَنَادَىٰ فِرْعَوْنُ فِي قَوْمِهِ قَالَ يَا قَوْمِ أَلَيْسَ لِي مُلْكُ مِصْرَ وَهَـٰذِهِ الْأَنْهَارُ تَجْرِي مِن تَحْتِي ۖ أَفَلَا تُبْصِرُونَ([3]

މާނަ: “އަދި فرعون އޭނާގެ قوم ގެމީހުންގެ ތެރޭގައި ހުރެ ގޮވާލިއެވެ. އޭނާ ބުންޏެވެ. އޭ އަހުރެންގެ قوم ގެމީހުންނޭވެ! مصر ގެ ވެރިކަންވަނީ ތިމަންނާއަކަށް ނޫން ހެއްޔެވެ؟ އަދި މި ކޯރުތައް ތިމަންގެ ދަށުން ހިނގަހިނގާ ހުރެތެވެ. ފަހެ، ތިޔަބައިމީހުންނަށް ނުފެންނަނީ ހެއްޔެވެ؟”

)أَمْ أَنَا خَيْرٌ مِّنْ هَـٰذَا الَّذِي هُوَ مَهِينٌ وَلَا يَكَادُ يُبِينُ([4]

މާނަ: “އަދި ކީއް ހެއްޔެވެ؟ މިހިރަ ދެރަނިކަމެތި މީހާއަށް ވުރެ (އެބަހީ: موسى ގެފާނަށް ވުރެ) ތިމަން މާ މޮޅެވެ. އޭނާއީ، ދައްކާ ވާހަކަ بيان ކޮށްދިނުމާ ގާތްވެސް ނުކުރެވޭ މީހެކެވެ.”

އަދި ފިރުޢައުނު އޭނާގެ ޤައުމުގެ މީހުންނަށް ބުންޏެވެ.

)يَا أَيُّهَا الْمَلَأُ مَا عَلِمْتُ لَكُم مِّنْ إِلَـٰهٍ غَيْرِي ( [5]

މާނަ: “އޭ (އަހުރެންގެ قوم ގެ) ބޮޑުންނޭވެ! އަހުރެން ފިޔަވައި އެހެން إله އަކު ތިޔަބައިމީހުންނަށް ވާކަމެއް އަހުރެންނަށް އެނގިފައެއް ނުވެއެވެ.”

އަދި މޮޔަކަމާ އެކު އޭނާ ބުންޏެވެ.

)فَأَوْقِدْ لِي يَا هَامَانُ عَلَى الطِّينِ فَاجْعَل لِّي صَرْحًا لَّعَلِّي أَطَّلِعُ إِلَىٰ إِلَـٰهِ مُوسَىٰ وَإِنِّي لَأَظُنُّهُ مِنَ الْكَاذِبِينَ( [6]

މާނަ: “އޭ هامان އެވެ! އަހުރެންނަށް މަށިން އީޓު ހަދައިދޭށެވެ! އަދި އަހުރެންނަށް އުސްގަނޑުވަރެއް ތައްޔާރުކޮށްދޭށެވެ! (އެއީ) موسى ގެފާނުންގެ إله އަހުރެންނަށް ފެނޭތޯއެވެ. އަދި ހަމަކަށަވަރުން، އަހުރެންނަށް ހީވަނީ، އެކަލޭގެފާނުވަނީ ދޮގުވެރިންގެ ތެރެއިން ކަމަށެވެ.”

އަދި މޫސާގެފާނު ޤަތުލު ކޮށްލުމަށް ހެދޭނެ ޙީލަތެއް ފިރުޢައުނު ހޯދަން އުޅެގެންވެސް ނުފެނުނެވެ. ފިރުޢައުނަށް ހަމައެކަނި ބުނާ އެއްޗަކީ، މޫސާގެފާނު އެ އުޅުއްވަނީ ބިން ފަސާދަކުރުމަށެވެ. މިފަދައިންނެވެ.

(وَقَالَ فِرْعَوْنُ ذَرُونِي أَقْتُلْ مُوسَىٰ وَلْيَدْعُ رَبَّهُ ۖ إِنِّي أَخَافُ أَن يُبَدِّلَ دِينَكُمْ أَوْ أَن يُظْهِرَ فِي الْأَرْضِ الْفَسَادَ ) [7]

މާނަ:  “فرعون ބުންޏެވެ. موسى ގެފާނު އަވަހާރަކޮށްލުމަށް ތިޔަބައިމީހުން ތިމަން ދޫކޮށްލާށެވެ! އަދި އެކަލޭގެފާނުގެ ރައްބަށް އެކަލޭގެފާނު دعاء ކުރައްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނު ތިޔަބައިމީހުންގެ دين ބަދަލުކުރައްވައިފާނެކަމަށް ނުވަތަ ބިމުގައި ފަސާދަވެރިކަން ފަތުރުއްވައިފާނެކަމަށް ތިމަން ބިރުގަނެއެވެ.”

___________________

މަޞްދަރު: قصص النبيين للأطفال

 

މިލިޔުމުގެ އެހެންބައިތައް

 

[1]     127               الأعراف

[2]       127                   الأعراف

[3]        51                  الزخرف

[4]       52                  الزخرف

[5]       38                القصص

[6]     38                القصص

[7] غافر         26