[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަރުތީބު 3

  •  ނޫޙު عليه السلام :

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ ۚ كُلًّا هَدَيْنَا ۚ وَنُوحًا هَدَيْنَا مِن قَبْلُ ۖ وَمِن ذُرِّيَّتِهِ دَاوُودَ وَسُلَيْمَانَ وَأَيُّوبَ وَيُوسُفَ وَمُوسَىٰ وَهَارُونَ ۚ وَكَذَٰلِكَ نَجْزِي الْمُحْسِنِينَ ﴿٨٤﴾ وَزَكَرِيَّا وَيَحْيَىٰ وَعِيسَىٰ وَإِلْيَاسَ ۖ كُلٌّ مِّنَ الصَّالِحِينَ ﴿٨٥﴾ وَإِسْمَاعِيلَ وَالْيَسَعَ وَيُونُسَ وَلُوطًا ۚ وَكُلًّا فَضَّلْنَا عَلَى الْعَالَمِينَ ﴿٨٦﴾ وَمِنْ آبَائِهِمْ وَذُرِّيَّاتِهِمْ وَإِخْوَانِهِمْ ۖ وَاجْتَبَيْنَاهُمْ وَهَدَيْنَاهُمْ إِلَىٰ صِرَاطٍ مُّسْتَقِيمٍ ﴿٨٧﴾ ذَٰلِكَ هُدَى اللَّـهِ يَهْدِي بِهِ مَن يَشَاءُ مِنْ عِبَادِهِ ۚ وَلَوْ أَشْرَكُوا لَحَبِطَ عَنْهُم مَّا كَانُوا يَعْمَلُونَ ﴿٨٨﴾ أُولَـٰئِكَ الَّذِينَ آتَيْنَاهُمُ الْكِتَابَ وَالْحُكْمَ وَالنُّبُوَّةَ ۚ فَإِن يَكْفُرْ بِهَا هَـٰؤُلَاءِ فَقَدْ وَكَّلْنَا بِهَا قَوْمًا لَّيْسُوا بِهَا بِكَافِرِينَ ﴿٨٩﴾ [الأنعام 84-89]

މާނަ: “ތިމަންއިލާހު އެކަލޭގެފާނަށް (އެބަހީ: އިބްރާހީމްގެފާނަށް) އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ދެއްވީމެވެ. އެއިން ކޮންމެ ބޭކަލަކަށް ތެދުމަގު ދެއްކެވީމެވެ. އަދި އޭގެކުރިން ނޫޙުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އެކަލޭގެފާނުންގެ ދަރިކޮޅުން، ދާވޫދުގެފާނާއި، ސުލައިމާނުގެފާނާއި، އައްޔޫބުގެފާނާއި، ޔޫސުފުގެފާނާއި، މޫސާގެފާނާއި، ހާރޫނުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި އިޙްސާންތެރިންނަށް ތިމަންއިލާހު ޖަޒާދެއްވަނީ އެފަދައިންނެވެ. އަދި ޒަކަރިއްޔާގެފާނާއި، ޔަޙްޔާގެފާނާއި، ޢީސާގެފާނާއި، އިލްޔާސްގެފާނަށް ތެދުމަގު ދެއްކެވީމެވެ. އެއިން ކޮންމެ ބޭކަލަކުމެވަނީ، ޞާލިޙުންގެ ތެރެއިންނެވެ. އަދި އިސްމާޢީލްގެފާނާއި، އަލްޔަސަޢުގެފާނާއި، ޔޫނުސްގެފާނާއި، ލޫޠުގެފާނަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންއިލާހު އެއިން ކޮންމެ ބޭކަލަކު ޢާލަމްތަކުގެ މައްޗަށް މާތްކުރައްވައި އިތުރުކުރެއްވީމެވެ. އަދި އެބޭކަލުންގެ ކާބަފައިކަލުންނާއި، އެބޭކަލުންގެ ދަރިފަސްކޮޅުތަކާއި، އެބޭކަލުންގެ އަޚުންގެ ތެރެއިން ބަޔަކަށް ތެދުމަގު ދެއްކެވީމެވެ. އަދި ތިމަންއިލާހު އެބޭކަލުން ޚިޔާރުކުރައްވައި، އެބޭކަލުންނަށް ސީދާވެގެންވާ ތެދުމަގަށް މަގުދެއްކެވީމެވެ. އެއީ ﷲ ގެ ތެދުމަގެވެ. އެއިލާހުގެ އަޅުންގެ ތެރެއިން އެއިލާހު އިރާދަކުރައްވާ ބަޔަކަށް އެއިން ތެދުމަގު ދައްކަވައެވެ. އެބޭކަލުންވެސް (ﷲ އަށް) ޝަރީކުކުރެއްވިނަމަ، އެބޭކަލުން ކޮށްއުޅުއްވި އަމަލުތައް ބާޠިލުވީހެވެ. އެބޭކަލުންނަކީ، ތިމަންއިލާހު އެބޭކަލުންނަށް ފޮތާއި، ޚިކުމަތާއި، ނަބީކަންދެއްވި ބޭކަލުންނެވެ. މިތިބަމީހުން އެކަންތަކަށް ކާފިރުވާނަމަ، އެކަންތައްތަކަށް ކާފިރުނުވާނެ ބަޔަކާ އެކަންތައް ހަވާލުކުރައްވައިފާހުށީމެވެ.”

އިބްނު ކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

“އާޔަތުގައިވާ (وَمِنْ ذُرِّيَّتِهِ) (މާނަ: އެކަލޭގެފާނުގެ ދަރިފަސްކޮޅުގެ ތެރެއިން) މުރާދަކީ: އެކަލޭގެފާނުގެ ދަރިފަސްކޮޅުން ތިމަންއިލާހު ހިދާޔަތް ދެއްކެވީމެވެ. (دَاوُدَ وَسُلَيْمَانَ) (މާނަ: ދާވޫދުގެފާނާއި ސުލައިމާންގެފާނަށް) މިއާޔަތުގައިވާ ޟަމީރު ނިސްބަތްކުރެވެނީ ނޫޙުގެފާނަށެވެ. އެއީ އާޔަތުގެ ظاهرއަށް ބަލާއިރު އެންމެކައިރިން ބަޔާންކޮށްފައިވާ ނަމެވެ. އަދި މިއީ އިބްނު ޖަރީރުގެވެސް އިޚްތިޔާރެވެ. މިކަމުގައި އެއްވެސް އޮޅުމެއް ނުވެއެވެ. ” (“تفسير ابن كثير” (3 / 298))

 

  • ހޫދު عليه السلام :

ކީރިތި ޤުރުއާނުގެ ނައްޞުން (އެނގޭގޮތުގައި) ޙޫދުގެފާނުގެ ޤައުމުގެ މީހުންނަކީ ޢާދުބާގައިގެ މީހުންނެވެ. އެއީ ނޫޙުގެފާނުގެ ޤައުމުގެ މީހުންނަށް ފަހު އުޅުނު ބައެކެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَإِلَىٰ عَادٍ أَخَاهُمْ هُودًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۚ أَفَلَا تَتَّقُونَ ﴿٦٥﴾ قَالَ الْمَلَأُ الَّذِينَ كَفَرُوا مِن قَوْمِهِ إِنَّا لَنَرَاكَ فِي سَفَاهَةٍ وَإِنَّا لَنَظُنُّكَ مِنَ الْكَاذِبِينَ ﴿٦٦﴾ قَالَ يَا قَوْمِ لَيْسَ بِي سَفَاهَةٌ وَلَـٰكِنِّي رَسُولٌ مِّن رَّبِّ الْعَالَمِينَ ﴿٦٧﴾ أُبَلِّغُكُمْ رِسَالَاتِ رَبِّي وَأَنَا لَكُمْ نَاصِحٌ أَمِينٌ ﴿٦٨﴾  أَوَعَجِبْتُمْ أَن جَاءَكُمْ ذِكْرٌ مِّن رَّبِّكُمْ عَلَىٰ رَجُلٍ مِّنكُمْ لِيُنذِرَكُمْ ۚ وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ قَوْمِ نُوحٍ وَزَادَكُمْ فِي الْخَلْقِ بَسْطَةً ۖ فَاذْكُرُوا آلَاءَ اللَّـهِ لَعَلَّكُمْ تُفْلِحُونَ ﴿٦٩﴾ [الأعراف 65-69] 

މާނަ: “އަދި ތިމަންއިލާޙު ޢާދުބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚު، ހޫދުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން ﷲ އަށް އަޅުކަން ކުރާށެވެ! އެއިލާހު ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ފަހެ، ތިޔަބައިމީހުން (އެއިލާހަށް) ތަޤުވާވެރި ނުވަނީ ހެއްޔެވެ؟ އެކަލޭގެފާނުގެ ޤައުމުގެ މީހުންކުރެ ކާފިރުވި ބޮޑުން ބުންޏެވެ. ހަމަކަށަވަރުން ކަލޭގެފާނުވަނީ މޮޔަކަމެއްގެތެރޭގައިކަމަށް ތިމަންމެންނަށް ފެނެއެވެ. އަދި ހަމަކަށަވަރުން ތިމަންމެންނަށް ހީވަނީ، ކަލޭގެފާނަކީ ދޮގުވެރިންގެ ތެރެއިންވާ މީހެއް ކަމުގައެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ ޤައުމުގެ މީހުންނޭވެ! އަހުރެންގެ ކިބައިގައި އެއްވެސް މޮޔަކަމެއް ނެތެވެ. އަދި ކީއްހެއްޔެވެ؟ އަހުރެންނީ ޢާލަމްތަކުގެ ވެރި ރައްބުގެ ޙަޟްރަތުން އައި ރަސޫލަކީމެވެ. އަހުރެންގެ ވެރި ރައްބުގެ ރަސޫލުކަން ތިޔަބައިމީހުންނަށް އަހުރެން އިއްވަމެވެ. އަދި އަހުރެންނީ ތިޔަބައިމީހުންނަށްވާ އަމާނާތްތެރި ނަސޭހަތްތެރިޔަކީމެވެ. ތިޔަބައިމީހުންނަށް އިންޒާރުކުރެއްވުމަށް، ތިޔަބައިމީހުންގެ ތެރެއިން ފިރިހެނަކު މެދުވެރިކޮށް، ތިޔަބައިމީހުންގެ ރައްބުގެ ޙަޟްރަތުން ހަނދާން ކޮށްދިނުމެއް، ތިޔަބައިމީހުންނަށް އައިކަމަށްޓަކައި، ތިޔަބައިމީހުން ހައިރާންވީ ހެއްޔެވެ؟ އަދި ނޫޙުގެފާނުގެ ޤައުމަށްފަހުގައި، ޚަލީފާއިން ކަމުގައި ތިޔަބައިމީހުން ލެއްވިކަމާއި، ހެއްދެވުމުގައި ތިޔަބައިމީހުންގެ އިސްކޮޅާއި ބާރު އިތުރުކުރެއްވިކަން ތިޔަބައިމީހުން ހަނދުމަކުރާށެވެ! ފަހެ، ﷲ ގެ ނިޢުމަތްތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި ނަސީބު ލިބުމަށްޓަކައެވެ.”

 

  • ޞާލިޙު عليه السلام :

ކީރިތި ޤުރުއާނުގެ ނައްޞުން (އެނގޭގޮތުގައި) ޞާލިޙުގެފާނުގެ ޤައުމުގެ މީހުންނަކީ ޘަމޫދުބާގައިގެ މީހުންނެވެ. އެއީ ޙޫދުގެފާނުގެ ޤައުމުގެ މީހުންނަށް ފަހު އުޅުނު ބައެކެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَإِلَىٰ ثَمُودَ أَخَاهُمْ صَالِحًا ۗ قَالَ يَا قَوْمِ اعْبُدُوا اللَّـهَ مَا لَكُم مِّنْ إِلَـٰهٍ غَيْرُهُ ۖ قَدْ جَاءَتْكُم بَيِّنَةٌ مِّن رَّبِّكُمْ ۖ هَـٰذِهِ نَاقَةُ اللَّـهِ لَكُمْ آيَةً ۖ فَذَرُوهَا تَأْكُلْ فِي أَرْضِ اللَّـهِ ۖ وَلَا تَمَسُّوهَا بِسُوءٍ فَيَأْخُذَكُمْ عَذَابٌ أَلِيمٌ ﴿٧٣﴾ وَاذْكُرُوا إِذْ جَعَلَكُمْ خُلَفَاءَ مِن بَعْدِ عَادٍ وَبَوَّأَكُمْ فِي الْأَرْضِ تَتَّخِذُونَ مِن سُهُولِهَا قُصُورًا وَتَنْحِتُونَ الْجِبَالَ بُيُوتًا ۖ فَاذْكُرُوا آلَاءَ اللَّـهِ وَلَا تَعْثَوْا فِي الْأَرْضِ مُفْسِدِينَ ﴿٧٤﴾ [الأعراف 73 – 74]

މާނަ: “އަދި ތިމަންއިލާހު ޘަމޫދުބާގައިމީހުންގެ ގާތަށް އެއުރެންގެ އަޚު، ޞާލިޙުގެފާނު (ފޮނުއްވީމެވެ.) އެކަލޭގެފާނު ވިދާޅުވިއެވެ. އޭ އަހުރެންގެ   ޤައުމުގެ މީހުންނޭވެ! ތިޔަބައިމީހުން، ﷲ އަށް އަޅުކަންކުރާށެވެ! އެއިލާހު ފިޔަވައި، އެހެން އިލާހަކު ތިޔަބައިމީހުންނަކަށް ނުވެއެވެ. ތިޔަބައިމީހުންގެ ވެރި ރައްބުގެ ޙަޟްރަތުން ބަޔާންވެގެންވާ މުޢުޖިޒާތެއް ތިޔަބައިމީހުންނަށް އަތުވެއްޖެކަން ކަށަވަރެވެ. މުޢުޖިޒާތެއްގެ ގޮތުން މިއޮތީ ތިޔަބައިމީހުންނަށްޓަކައި ﷲ ފޮނުއްވި ޖަމަލެކެވެ. ފަހެ، ﷲ ގެ ބިމުން އޭތި ކައިއުޅުމަށް ތިޔަބައިމީހުން ދޫކުރާށެވެ! އަދި އެއަށް އެއްވެސް ގޯނާއެއް ތިޔަބައިމީހުން ނުކުރާށެވެ! ފަހެ، (އެކަން ކޮށްފިނަމަ) ވޭންދެނިވި ޢަޛާބެއް ތިޔަބައިމީހުންނަށް ލިބޭނެތެވެ. އަދި ޢާދުބާގައިމީހުންގެ ފަހުން، ޚަލީފާއިން ކަމުގައި އެއިލާހު ތިޔަބައިމީހުން ލެއްވިކަމާއި، ބިމުގައި ތިޔަބައިމީހުން ވަޒަންވެރި ކުރެއްވިކަން ހަނދުމަކުރާށެވެ! އެތާނގެ ހަމަބިންތަކުން ގަނޑުވަރުތައް ތިޔަބައިމީހުން ހަދަމުއެވެ. އަދި ފަރުބަދަތައް ކަނޑައިގެން، ގެތައްވެސް ތިޔަބައިމީހުން ހަދަމުއެވެ. ފަހެ، ﷲ ގެ ނިޢުމަތްތައް ތިޔަބައިމީހުން ހަނދުމަކުރާށެވެ! އަދި ފާސިދުން ކަމުގައިވެތިބެ، ތިޔަބައިމީހުން ބިމުގައި ފަސާދަ ނުކުރާހުށިކަމެވެ! “

 

  • އިބްރާހީމު عليه السلام :

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

أَلَمْ يَأْتِهِمْ نَبَأُ الَّذِينَ مِن قَبْلِهِمْ قَوْمِ نُوحٍ وَعَادٍ وَثَمُودَ وَقَوْمِ إِبْرَاهِيمَ وَأَصْحَابِ مَدْيَنَ وَالْمُؤْتَفِكَاتِ ۚ أَتَتْهُمْ رُسُلُهُم بِالْبَيِّنَاتِ ۖ فَمَا كَانَ اللَّـهُ لِيَظْلِمَهُمْ وَلَـٰكِن كَانُوا أَنفُسَهُمْ يَظْلِمُونَ ﴿٧٠﴾ [التوبة 70]

މާނަ: “އެއުރެންގެ ކުރީގެ މީހުންގެ ޚަބަރު އެއުރެންނާ ހަމަޔަށް ނާންނަނީހެއްޔެވެ؟ (އެއީ) ނޫޙުގެފާނުގެ ޤައުމުގެ މީހުންނާއި، ޢާދުބާގައިމީހުންނާއި، ޘަމޫދުބާގައިމީހުންނާއި، އިބްރާހީމުގެފާނުގެ ޤައުމުގެ މީހުންނާއި، މަދުޔަނުގެ އަހުލުވެރިންނާއި، ބަންޑުންޖެއްސެވި ރަށްތަކުގެ އަހުލުވެރިންގެ ޚަބަރެއެވެ. އެއުރެންގެ ރަސޫލުން އެއުރެންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއިގެން ވަޑައިގެންނެވިއެވެ. ފަހެ، ﷲ އެއުރެންނަށް އަނިޔާކުރައްވާ ކަލަކުކަމުގައި ނުވެއެވެ. އެހެނެއްކަމަކު، އެއުރެން، އެއުރެންގެ އަމިއްލަ ނަފްސުތަކަށް އަނިޔާކުރާ ކަމުގައި ވިއެވެ.”

 

  • އެކަލޭގެފާނާއި އެއްޒަމާނެއްގައި އުޅުއްވީ ލޫޠު عليه السلام އެވެ. އިބްރާހީމްގެފާނުގެ ވާހަކަ ބަޔާންކުރައްވަމުން ޢަންކަބޫތު ސޫރަތުގައި ލޫޠުގެފާނުގެ ވާހަކަވެސް އައިސްފައިވެއެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

فَآمَنَ لَهُ لُوطٌ ۘ وَقَالَ إِنِّي مُهَاجِرٌ إِلَىٰ رَبِّي ۖ إِنَّهُ هُوَ الْعَزِيزُ الْحَكِيمُ ﴿٢٦﴾ وَوَهَبْنَا لَهُ إِسْحَاقَ وَيَعْقُوبَ وَجَعَلْنَا فِي ذُرِّيَّتِهِ النُّبُوَّةَ وَالْكِتَابَ وَآتَيْنَاهُ أَجْرَهُ فِي الدُّنْيَا ۖ وَإِنَّهُ فِي الْآخِرَةِ لَمِنَ الصَّالِحِينَ ﴿٢٧﴾ [العنكبوت 26-27]

މާނަ : “ފަހެ، ލޫޠުގެފާނު، އެކަލޭގެފާނުގެ (އެބަހީ: އިބްރާހީމުގެފާނުގެ) ބަސްފުޅު ތެދުކުރެއްވިއެވެ. އަދި އެކަލޭގެފާނު (އެބަހީ: އިބްރާހީމުގެފާނު) ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިމަންގެ ވެރިރައްބު އެންގެވިފަރާތަށް ތިމަން، ހިޖުރައަށް މިދަނީއެވެ. ހަމަކަށަވަރުން އެއިލާހީ ޢަޒީޒުވަންތަ، ޙަކީމުވަންތަ އެއިލާހެވެ. އަދި ތިމަންއިލާހު އެކަލޭގެފާނަށް (އެބަހީ: އިބްރާހީމުގެފާނަށް) އިސްޙާޤުގެފާނު ދެއްވައި އަދި (ކާފަދަރިކަލުން) ޔަޢުޤޫބުގެފާނު ދެއްވީމެވެ. އަދި ތިމަންއިލާހު އެކަލޭގެފާނުގެ ދަރިކޮޅުގައި ނަބީކަމާއި (ވަޙީގެ) ފޮތް ލެއްވީމެވެ. އަދި ތިމަންއިލާހު އެކަލޭގެފާނަށް ދުނިޔޭގައި ހެޔޮ ދަރުމަ ދެއްވީމެވެ. އަދި ހަމަކަށަވަރުން އެކަލޭގެފާނު، އާޚިރަތުގައި ވަނީ ޞާލިޙުންގެ ތެރެއިންކަން ކަށަވަރެވެ.”

=ނުނިމޭ=

____________________________

މަޞްދަރު

 

މިލިޔުމުގެ އެހެންބައިތައް