عن أبي هريرة رضي الله عنه قال: قَالَ رَسُوْلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ: ((طَهُوْرُ إِنَاءِ أَحَدِكُمْ إِذَا وَلَغَ فِيْهِ الْكَلْبُ أَنْ يَغْسِلَهُ سَبْعَ مَرَّاتٍ أُوْلَاهُنَّ بِالتُّرَابِ)). (أخرجه مسلم,وفي لفظ له: ((فَلْيُرِقْهُ)), وللترمذي: ((أُخْرَاهُنَّ أَوْ أُوْلَاهُنَّ))
الله ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލު الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ. “ތިޔަބައިމީހުންގެތެރެއިން މީހެއްގެ ފެންކަންވާރުގައި ކުއްތާއެއް ދޫލައިފިނަމަ، އެކަންވާރުގައިވާ ފެން އޮއްސާލުމަށްފަހު ހަތްފަހަރު ދޮންނާށެވެ. އެންމެ ފުރަތަމަފަހަރު ވެލިލައިގެން ދޮންނާށެވެ.”
މިޙަދީޘް ރިވާކޮށްފައިވަނީ އިމާމް މުސްލިމްއެވެ. ތިރްމިޛީގެ ރިވާޔަތުގައި ފުރަތަމަފަހަރު ނުވަތަ ފަހުފަހަރު ވެލިލައިގެން ދޮނަނާށެވެ، މިހެން އައިސްފައި ވެއެވެ.
މިޙަދީޘްއިންލިބޭ ބައެއް ފައިދާ:
- ކުއްތާގެ އަނގަޔާއި އޭގެ ކުޅު އެއީ ނަޖިސްކަން. އަދި އޭގެން ސާފުތާހިރުވާންޖެހޭނެކަން.
- ކުއްތާއެއް ފެންބޮއެ ނުވަތަ ދޫލައިފައިވާ ފެންކަންވާރެއް ހަތްފަހަރު ދޮންނަން ވާޖިބުވާނެކަން، އޭގެ ތެރެއިން ފުރަތަމަ ފަހަރު ވެލިލައިގެން ދޮންނަން ޖެހޭނެކަން.
- ކުއްތާއެއް ފެންބޮއިފިނަމަ ނުވަތަ ދޫލައިފިނަމަ އެފެންކަންވާރުގައިވާ ފެން އޮއްސާލަން ވާޖިބުވާނެކަން.