[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 57 –

ކާބޯތަކެތި

 

﴿يَا أَيُّهَا النَّاسُ كُلُوا مِمَّا فِي الْأَرْضِ حَلَالًا طَيِّبًا﴾ [سورة البقرة 168]

މާނައީ: “އޭ މީސްތަކުންނޭވެ! ބިމުގައިވާ ތަކެތީގެ ތެރެއިން ޙަލާލު ރަނގަޅު ތަކެތި ތިޔަބައިމީހުން ކައިއުޅޭށެވެ!”

﴿يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِن طَيِّبَاتِ مَا رَزَقْنَاكُمْ وَاشْكُرُوا لِلَّـهِ إِن كُنتُمْ إِيَّاهُ تَعْبُدُونَ [١٧٢] إِنَّمَا حَرَّمَ عَلَيْكُمُ الْمَيْتَةَ وَالدَّمَ وَلَحْمَ الْخِنزِيرِ وَمَا أُهِلَّ بِهِ لِغَيْرِ اللَّـهِ ۖ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَلَا إِثْمَ عَلَيْهِ ۚ إِنَّ اللَّـهَ غَفُورٌ رَّحِيمٌ [١٧٣]﴾ [سورة البقرة 172-173]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އިލާހަށް ޝުކުރުވެރިވާށެވެ. [172] ތިޔަބައިމީހުންނަށް އިލާހު ޙަރާމް ކުރައްވާފައިވާކަން ކަށަވަރީ، މުޅަ ތަކެއްޗާއި، ލެޔާއި، އޫރުމަހާއި، ﷲ ފިޔަވައި އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗެވެ. ފަހެ، މަޖުބޫރުވެއްޖެމީހާ ނުކިޔަމަންތެރިކަމެއް އަދި ހައްދުފަހަނަޅައި ދިޔުމެއް ނެތި (އެތަކެތިން ކެއުމުގައި) އެމީހާގެ މައްޗަކަށް ފާފައެއް ނެތެވެ. ހަމަކަށަވަރުން ﷲއީ، ގިނަގިނައިން ފާފަފުއްސަވާ ރަޙީމްވަންތަ އިލާހެވެ. [173]”

އަދި سورة النحل ގެ 115 ވަނަ އާޔަތުގައިވެސް އެފަދައިންވެއެވެ. އަދި ހެޔޮ، ރަނގަޅު ތަކެތި ކައިބޮއި ހެދުމަށް އަމުރުކުރައްވާ، سورة المؤمنون ގެ 51 ވަނަ އާޔަތުގައި އަމުރުގެ ޞީޣާއިން އައިސްފައިވެއެވެ. އަދި سورة الأعراف ގެ 157 ވަނަ އާޔަތުގައި އަމުރުގެ މާނައިގައި ޚަބަރުގެ ޞީޣާއިން އައިސްފައިވެއެވެ.

﴿يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ ۖ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا﴾ [سورة البقرة 219]

މާނައީ: “ރާއާއި ޖުވާކުޅުމާމެދު އެބައިމީހުން ކަލޭގެފާނާ ސުވާލުކުރެއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދެކަމުގައި ބޮޑުވެގެންވާ ފާފަވެރިވުމަކާއި މީސްތަކުންނަށް ހިސާބަކަށް ނަފާ ލިބެނިވި ގޮތްތަކެއްވެސް ވެއެވެ. އެ ދެކަމުގެ މަންފާއަށް ވުރެ، އެ ދެކަމުގެ ފާފަވެރިކަން މާބޮޑެވެ.”

﴿أُحِلَّتْ لَكُم بَهِيمَةُ الْأَنْعَامِ إِلَّا مَا يُتْلَىٰ عَلَيْكُمْ﴾ [سورة المائدة 1]

މާނައީ: “އަދި ތިޔަބައިމީހުންނަށް (އެތަކެއްޗާމެދު ޙުކުމް އޮތްގޮތް ޤުރުއާނުން) ބަޔާންކޮށްދެއްވާ ތަކެތި މެނުވީ، ނަޢަމްސޫފިތައް، ތިޔަބައިމީހުންނަށް ޙަލާލު ކުރައްވާފައިވެއެވެ.”

﴿حُرِّمَتْ عَلَيْكُمُ الْمَيْتَةُ وَالدَّمُ وَلَحْمُ الْخِنزِيرِ وَمَا أُهِلَّ لِغَيْرِ اللَّـهِ بِهِ وَالْمُنْخَنِقَةُ وَالْمَوْقُوذَةُ وَالْمُتَرَدِّيَةُ وَالنَّطِيحَةُ وَمَا أَكَلَ السَّبُعُ إِلَّا مَا ذَكَّيْتُمْ﴾ [سورة المائدة 3]

މާނައީ: “މުޅަތަކެއްޗާއި، (އޮހޮރޭ) ލެޔާއި، އޫރުމަހާއި، ﷲނޫން އެހެން ފަރާތެއްގެ ނަންގަނެ ކަތިލާ ތަކެއްޗާއި، ކަރުގައި ހިފައިގެން މަރައިލާ ތަކެއްޗާއި، ޖަހައި މަރައިލާ ތަކެއްޗާއި، އުސްތަނަކުން ވެއްޓި މަރުވާ ތަކެއްޗާއި، (އެހެން ޖަނަވާރެއްގެ) ދަޅުންޖަހައިގެން މަރުވާތަކެއްޗާއި، މިނިކާ ޖަނަވާރެއް (އެއްބައި) ކައިފައިވާ ތަކެތި، ތިޔަބައިމީހުންގެ މައްޗަށް ޙަރާމްކުރައްވާފައިވެއެވެ.”

﴿الْيَوْمَ أُحِلَّ لَكُمُ الطَّيِّبَاتُ ۖ وَطَعَامُ الَّذِينَ أُوتُوا الْكِتَابَ حِلٌّ لَّكُمْ وَطَعَامُكُمْ حِلٌّ لَّهُمْ﴾ [سورة المائدة 5]

މާނައީ: “މިއަދު ތިޔަބައިމީހުންނަށް ރަނގަޅު ތަކެތި ޙަލާލު ކުރައްވައިފިއެވެ. އަދި ފޮތް ލިބުނު މީހުންގެ ކާނާވެސް ތިޔަބައިމީހުންނަށް ޙަލާލުވެގެންވެއެވެ. އަދި ތިޔަބައިމީހުންގެ ކާނާ އެބައިމީހުންނަށް ޙަލާލު ވެގެންވެއެވެ.”

﴿يَا أَيُّهَا الَّذِينَ آمَنُوا إِنَّمَا الْخَمْرُ وَالْمَيْسِرُ وَالْأَنصَابُ وَالْأَزْلَامُ رِجْسٌ مِّنْ عَمَلِ الشَّيْطَانِ فَاجْتَنِبُوهُ﴾ [سورة المائدة 90]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ހަމަކަށަވަރުން ރާއާއި، ޖުވާކުޅުމާއި، އަޅުކަންކުރަން ހަދާފައި ހުންނަ ބުދުތަކާއި ނަޞީބުހުރިގޮތް ބަލަން ގެންގުޅޭ ދުނިދަނޑިތަކަކީ ޝައިޠާނާގެ ޢަމަލުތަކުގެ ތެރެއިންވާ މުޑުދާރު ތަކެއްޗެވެ. ފަހެ، ތިޔަބައިމީހުން އެކަންތަކާ ދުރުވެގަންނާށެވެ!”

﴿أُحِلَّ لَكُمْ صَيْدُ الْبَحْرِ وَطَعَامُهُ مَتَاعًا لَّكُمْ وَلِلسَّيَّارَةِ﴾ [سورة المائدة 96]

މާނައީ: “ކަނޑުގެ ކެޔޮޅުކަން ކުރުމާއި، އެކަމުންލިބޭ ކާތަކެތި ތިޔަބައިމީހުންނަށް ޙަލާލު ކުރައްވާފައިވެއެވެ. (އެއީ) ތިޔަބައިމީހުންނަށާއި، ދަތުރުވެރިންނަށް ބޭނުންކުރެވޭ އެއްޗެއްގެ ގޮތުގައެވެ.”

﴿قُل لَّا أَجِدُ فِي مَا أُوحِيَ إِلَيَّ مُحَرَّمًا عَلَىٰ طَاعِمٍ يَطْعَمُهُ إِلَّا أَن يَكُونَ مَيْتَةً أَوْ دَمًا مَّسْفُوحًا أَوْ لَحْمَ خِنزِيرٍ فَإِنَّهُ رِجْسٌ أَوْ فِسْقًا أُهِلَّ لِغَيْرِ اللَّـهِ بِهِ ۚ فَمَنِ اضْطُرَّ غَيْرَ بَاغٍ وَلَا عَادٍ فَإِنَّ رَبَّكَ غَفُورٌ رَّحِيمٌ [١٤٥] وَعَلَى الَّذِينَ هَادُوا حَرَّمْنَا كُلَّ ذِي ظُفُرٍ ۖ وَمِنَ الْبَقَرِ وَالْغَنَمِ حَرَّمْنَا عَلَيْهِمْ شُحُومَهُمَا إِلَّا مَا حَمَلَتْ ظُهُورُهُمَا أَوِ الْحَوَايَا أَوْ مَا اخْتَلَطَ بِعَظْمٍ ۚ ذَٰلِكَ جَزَيْنَاهُم بِبَغْيِهِمْ ۖ وَإِنَّا لَصَادِقُونَ [١٤٦]﴾ [سورة الأنعام 145-146]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ކާ މީހަކަށް ކެއުން ޙަރާމްކުރައްވާފައިވާ އެއްޗެއް، ތިމަންކަލޭގެފާނަށް އިއްވެވި ވަޙީގެ ތެރޭގައި ވާތީ ދެކެވަޑައެއް ނުގަންނަވަމެވެ. އެ އެއްޗަކީ މަރުވެފައިވާ އެއްޗެއް ކަމުގައި، ނުވަތަ އޮހޮރޭ ލޭ ކަމުގައި، ނުވަތަ އޫރުމަސްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. ހަމަކަށަވަރުން އެ އޫރު މަހަކީ، ހަޑިމުޑުދާރު އެއްޗެކެވެ. ނުވަތަ ﷲ ނޫން ފަރާތަކަށް ކަތިލާފައިވާ ފާސިޤު އެއްޗެއްކަމުގައި ވެއްޖެ އެއްޗެއް މެނުވީއެވެ. (އެބަހީ: މިހަތަރު ބާވަތް ޙަރާމްވެގެންވެއެވެ.) ފަހެ، ނުކިޔަމަންތެރިވެ ދެކޮޅުވެރިވުމެއް އަދި ހައްދުފަހަނައަޅައި ދިޔުމެއް ނެތި، މަޖޫބުރުވެއްޖެ މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، ކަލޭގެފާނުގެ ވެރިރައްބަކީ، ގިނަގިނައިން ފާފަފުއްސަވާ، ރަޙީމުވަންތަ އިލާހެވެ. [145] ނިޔަފަތި ހުރި ކޮންމެ ސޫތްޕެއް، ޔަހޫދީންގެ މައްޗަށް ތިމަން އިލާހު ޙަރާމްކުރެއްވީމެވެ. އަދި ގެރިއާއި، ބަކަރީން އޭގެ ބުރިކަށީގައިވާ ސަރުބީއާއި، އޭގެ ގޮހޮރުގައިވާ ސަރުބީއާއި، ކަށްޓާ އެކުވެފައިވާ ސަރުބީ ފިޔަވައި، އެދޭތީގެ ސަރުބީ، އެއުރެންގެ މައްޗަށް ޙަރާމްކުރެއްވީމެވެ. އެގޮތުން، ތިމަން އިލާހު އެބައިމީހުންނަށް ޖަޒާދެއްވީ، އެބައިމީހުންގެ ދެކޮޅުވެރިކަމާއި، އަނިޔާވެރިކަމުގެ ސަބަބުންނެވެ. ހަމަކަށަވަރުން ތިމަން އިލާހީ، ތެދު ވަޙީކުރައްވާ އިލާހުކަން ކަށަވަރެވެ. [146]”

﴿وَيُحِلُّ لَهُمُ الطَّيِّبَاتِ وَيُحَرِّمُ عَلَيْهِمُ الْخَبَائِثَ﴾ [سورة الأعراف 157]

މާނައީ: “އަދި ނުބައިކަންތައް އެބައިމީހުންނަށް ނަހީކުރައްވައެވެ. އަދި ރަނގަޅު ތަކެތި އެބައިމީހުންނަށް ޙަލާލު ކުރައްވައެވެ.”

﴿وَالْأَنْعَامَ خَلَقَهَا ۗ لَكُمْ فِيهَا دِفْءٌ وَمَنَافِعُ وَمِنْهَا تَأْكُلُونَ﴾ [سورة النحل 5]

މާނައީ: “އަދި އެއިލާހު ތިޔަބައިމީހުންނަށްޓަކައި، ނަޢަމްސޫފި ހެއްދެވިއެވެ. ހީފިލުވުމާއި، އެހެނިހެން މަންފާތައް އެ ތަކެތީގައިވެއެވެ. އަދި އެ ތަކެތިން ތިޔަބައިމީހުން ކައިއުޅެމުއެވެ.”

_______________________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ