[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަރުތީބު 5

  • އިސްޙާޤު عليه السلام އަށް ފަހު ޔަޢުޤޫބު عليه السلام :

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًا ۖ قَالَ سَلَامٌ ۖ فَمَا لَبِثَ أَن جَاءَ بِعِجْلٍ حَنِيذٍ ﴿٦٩﴾ فَلَمَّا رَأَىٰ أَيْدِيَهُمْ لَا تَصِلُ إِلَيْهِ نَكِرَهُمْ وَأَوْجَسَ مِنْهُمْ خِيفَةً ۚ قَالُوا لَا تَخَفْ إِنَّا أُرْسِلْنَا إِلَىٰ قَوْمِ لُوطٍ ﴿٧٠﴾ وَامْرَأَتُهُ قَائِمَةٌ فَضَحِكَتْ فَبَشَّرْنَاهَا بِإِسْحَاقَ وَمِن وَرَاءِ إِسْحَاقَ يَعْقُوبَ ﴿٧١﴾ [هود 69-71]

މާނަ: “އަދި ހަމަކަށަވަރުން އުފާވެރިކަމުގެ ޚަބަރާއިގެން، ތިމަންއިލާހު ފޮނުއްވި ރަސޫލުން (އެބަހީ: މަލާއިކަތުން) އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ދެންނެވިއެވެ. ސަލާމެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމެވެ! ދެން ފިހެފައިވާ، ޅަ ގެރިއެއް ގެންނެވުމުގައި، އެކަލޭގެފާނު ލަސްވެވަޑައެއް ނުގަންނަވައެވެ. ފަހެ، އެބޭކަލުންގެ އަތްޕުޅުތައް އެ ފަރީއްކޮޅާ ހަމައަށް ނުދާތީ ދެކެވަޑައިގެން، އެބޭކަލުންނާމެދު އިންކާރުކުރެއްވިއެވެ. އަދި އެބޭކަލުންނާމެދު ހިތްޕުޅުގައި ބިރުވެރި ކަމެއް އުފެދުނެވެ. އެބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންމެން ފޮނުއްވީ، ލޫޠުގެފާނުގެ ޤައުމަށެވެ. އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެތާނގައި) ހުންނެވިއެވެ. ދެން (އެބޭކަލުން އެހެން ވިދާޅުވުމުން، އެކަމާ އުފާފުޅުވެގެން) އެކަމަނާ ހިނިފުޅުވެޑުވިއެވެ. ފަހެ، އެކަމަނާއަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެކަމާއި، އިސްޙާޤުގެފާނުގެ ފަހަތްޕުޅުން ޔަޢުޤޫބުގެފާނު ލިބިވަޑައިގަންނަވާނެކަމުގެ އުފާވެރި ޚަބަރު، ތިމަން އިލާހު އެކަމަނާއަށް ދެއްވީމެވެ.”

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

أَمْ كُنتُمْ شُهَدَاءَ إِذْ حَضَرَ يَعْقُوبَ الْمَوْتُ إِذْ قَالَ لِبَنِيهِ مَا تَعْبُدُونَ مِن بَعْدِي قَالُوا نَعْبُدُ إِلَـٰهَكَ وَإِلَـٰهَ آبَائِكَ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ إِلَـٰهًا وَاحِدًا وَنَحْنُ لَهُ مُسْلِمُونَ ﴿١٣٣﴾ [بقرة 133]

މާނަ : “ނުވަތަ ޔަޢުޤޫބުގެފާނުގެ އަރިހަށް މަރުއައިސް ޙާޟިރުވިހިނދު ތިޔަބައިމީހުން ޙާޟިރުވެ ދެކެންތިބީމު ހެއްޔެވެ؟ އެހިނދު އެކަލޭގެފާނުގެ ދަރިދަރިކަލުންނަށް އެކަލޭގެފާނު ވިދާޅުވިއެވެ. ތިމަން މަރުވެދިޔުމަށްފަހު ތިޔަބައިމީހުން އަޅުކަންކުރާނީ ކޮންފަރާތަކަށް ހެއްޔެވެ؟ އެއުރެން ދެންނެވިއެވެ. ތިމަންމެން އަޅުކަންކުރާނީ، ކަލޭގެފާނުގެ އިލާހަށެވެ. އަދި ކަލޭގެފާނުގެ ކާބަފައިކަލުންނަށްވި އިބްރާހީމުގެފާނާއި އިސްމާޢީލުގެފާނާއި އިސްޙާޤުގެފާނުގެ އިލާހަށެވެ. އެއީ އެއްކައުވަންތަ އިލާހެވެ. ތިމަންމެން މިތިބީ އެ އިލާހަށް ކިޔަމަންވެ މުސްލިމުން ކަމުގައި ވެގެންނެވެ.”

 

  • ޔަޢުޤޫބު عليه السلام އަށް ފަހު ޔޫސުފް عليه السلام :

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَلَقَدْ جَاءَكُمْ يُوسُفُ مِن قَبْلُ بِالْبَيِّنَاتِ فَمَا زِلْتُمْ فِي شَكٍّ مِّمَّا جَاءَكُم بِهِ ۖ حَتَّىٰ إِذَا هَلَكَ قُلْتُمْ لَن يَبْعَثَ اللَّـهُ مِن بَعْدِهِ رَسُولًا ۚ كَذَٰلِكَ يُضِلُّ اللَّـهُ مَنْ هُوَ مُسْرِفٌ مُّرْتَابٌ ﴿٣٤﴾ [غافر 34]

މާނަ: “ހަމަކަށަވަރުން ތިޔަބައިމީހުންގެ ގާތަށް ފާޅުވެގެންވާ ހެކިތަކާއެކު މީގެކުރިން ޔޫސުފްގެފާނު ވަޑައިގަތެވެ. ފަހެ، އެކަލޭގެފާނު އެ އެއްޗަކާއިގެން ވަޑައިގަތް އެއްޗަކާމެދު ތިޔަބައިމީހުން ޝައްކުކަމެއްގައި ދެމިތިބީމުއެވެ. އެކަލޭގެފާނު އަވަހާރަވެއްޖައުމަށް ދާނދެނެވެ. އެހިނދު ތިޔަބައިމީހުން ބުނީމުއެވެ. އެކަލޭގެފާނަށްފަހު ﷲ، ރަސޫލަކު ނުފޮނުއްވާނެއެވެ. އިސްރާފުކޮށް، ޝައްކުކުރުން ގިނަކަމުގައިވާމީހާ، ﷲ މަގުފުރައްދަވަނީ އެފަދައިންނެވެ.”

އެކަލޭގެފާނު ވަޑައިގެންނެވީ ޔަޢުޤޫބުގެފާނުގެ ފަހުންނެވެ. އެހެނީ އެކަލޭގެފާނަކީ ޔަޢުޤޫބުގެފާނުގެ ދަރިކަލެކެވެ.

=ނުނިމޭ=

____________________________

މަޞްދަރު

 

މިލިޔުމުގެ އެހެންބައިތައް