[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 59 –

އުޟުޙިޔާ ނަންގަތް ބާބު

 

﴿قُلْ إِنَّ صَلَاتِي وَنُسُكِي وَمَحْيَايَ وَمَمَاتِي لِلَّـهِ رَبِّ الْعَالَمِينَ﴾ [سورة الأنعام 162]

މާނައީ: “ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން ތިމަންކަލޭގެފާނުންގެ ނަމާދާއި، ތިމަންކަލޭގެފާނުގެ (އެހެނިހެން) އަޅުކަންތަކާއި، ތިމަންކަލޭގެފާނުގެ ދިރިހުންނެވުމާއި، ތިމަންކަލޭގެފާނުގެ އަވަހާރަވުންވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ.”

﴿فَكُلُوا مِنْهَا وَأَطْعِمُوا الْبَائِسَ الْفَقِيرَ﴾ [سورة الحج 28]

މާނައީ: “ފަހެ، ތިޔަބައިމީހުން އެއިން ކައި އުޅޭށެވެ! އަދި ދަތި ޙާލުގައިވާ ފަޤީރުންނަށް (އެއިން) ކާންދޭށެވެ!”

﴿وَلِكُلِّ أُمَّةٍ جَعَلْنَا مَنسَكًا لِّيَذْكُرُوا اسْمَ اللَّـهِ عَلَىٰ مَا رَزَقَهُم مِّن بَهِيمَةِ الْأَنْعَامِ﴾ [سورة الحج 34]

މާނައީ: “ނަޢަމްސޫފީގެ ތެރެއިން، އެއިލާހު އެބައިމީހުންނަށް ދެއްވި ތަކެތީގެ މައްޗަށް (އެބަހީ: އެތަކެތި ކަތިލެވޭ ހިނދު) ﷲ ގެ އިސްމުފުޅު ނަންގަތުމަށްޓަކައި، ތިމަންއިލާހު ކޮންމެ އުންމަތަކަށްވެސް ޤުރުބާންކުރުމެއް ލެއްވީމެވެ.”

﴿وَالْبُدْنَ جَعَلْنَاهَا لَكُم مِّن شَعَائِرِ اللَّـهِ لَكُمْ فِيهَا خَيْرٌ ۖ فَاذْكُرُوا اسْمَ اللَّـهِ عَلَيْهَا صَوَافَّ ۖ فَإِذَا وَجَبَتْ جُنُوبُهَا فَكُلُوا مِنْهَا وَأَطْعِمُوا الْقَانِعَ وَالْمُعْتَرَّ ۚ كَذَٰلِكَ سَخَّرْنَاهَا لَكُمْ لَعَلَّكُمْ تَشْكُرُونَ﴾ [سورة الحج 36]

މާނައީ: “ތިޔަބައިމީހުންނަށްޓަކައި ޖަމަލުވެސް ﷲ ގެ ޝަޢާއިރުތަކުގެ ތެރެއިން ތިމަންއިލާހު ލެއްވީމެވެ. އޭގައި ތިޔަބައިމީހުންނަށް ހެޔޮކަމެއްވެއެވެ. ފަހެ، އެތަކެތި ބަނދެ (ކަތިލާހިނދުގައި) އެ ތަކެތީގެ މައްޗަށް ﷲ ގެ އިސްމުފުޅު ތިޔަބައިމީހުން ކިޔާށެވެ! ފަހެ، އެތަކެތި (މަރުވެ) ވެއްޓުމުން އެއިން ތިޔަބައިމީހުން ކާށެވެ! އަދި އެއަށްއެދި ސުވާލުކުރާ ފަޤީރުންނާއި، ސުވާލު ނުކުރާ ފަޤީރުންނަށްވެސް އެއިން ކާންދޭށެވެ! އެފަދައިން ތިޔަބައިމީހުންނަށްޓަކައި ތިމަންއިލާހު އެތަކެތި ޚިދުމަތްތެރިކުރެއްވީމެވެ. (އެއީ) ތިޔަބައިމީހުން ޝުކުރުކުރުމަށްޓަކައެވެ.”

﴿فَصَلِّ لِرَبِّكَ وَانْحَرْ﴾ [سورة الكوثر 2]

މާނައީ: “ފަހެ، ކަލޭގެފާނުގެ ވެރިރައްބަށް ނަމާދު ޤާއިމުކުރައްވާ އަދި ޤުރުބާން ކުރައްވާށެވެ!”

 

 

ޢަޤީޤާ ނަންގަތް ބާބު

 

﴿وَفَدَيْنَاهُ بِذِبْحٍ عَظِيمٍ﴾ [سورة الصافات 107]

މާނައީ: “އަދި ޤަދަރު ބޮޑުވެގެންވާ (ކަންބަޅި ބަކަރިއެއް) ކަތިލައްވައިގެން ތިމަންއިލާހު އެކަލޭގެފާނު ސަލާމަތް ކުރެއްވީމެވެ.”

 

_______________________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ