[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 61 –

ނިޔާ ކަނޑައަޅުން ނަންގަތް ބާބު

 

﴿إِنَّ اللَّـهَ يَأْمُرُكُمْ أَن تُؤَدُّوا الْأَمَانَاتِ إِلَىٰ أَهْلِهَا وَإِذَا حَكَمْتُم بَيْنَ النَّاسِ أَن تَحْكُمُوا بِالْعَدْلِ﴾ [سورة النساء 58]

މާނައީ: “ހަމަކަށަވަރުން އަމާނާތްތައް އޭގެ އަހުލުވެރިންނަށް އަދާކުރުމަށް، ﷲ ތިޔަބައިމީހުންނަށް އަމުރުކުރައްވައެވެ. އަދި މީސްތަކުންގެ މެދުގައި ތިޔަބައިމީހުން ޙުކުމްކުރާނަމަ، ޢަދުލުވެރިކަމާއެކު ޙުކުމްކުރުމަށްވެސް އަމުރުކުރައްވައެވެ.”

﴿فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّىٰ يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنفُسِهِمْ حَرَجًا مِّمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ [سورة النساء 65]

މާނައީ: “އެހެންނަކުން ނޫނެވެ! ފަހެ، ކަލޭގެފާނުގެ ވެރިރައްބު ގަންދެއްވައި ވަޙީކުރައްވަމެވެ. އެބައިމީހުންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު ޙުކުމްވެރި ކޮށްފުމަށް ދާނދެން، އެބައިމީހުން އީމާނެއް ނުވާނެއެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެބައިމީހުންގެ ހިތްތަކުގައި ދަތިކަމެއް ވާކަމުގައި އެބައިމީހުން ނުދެކޭނެއެވެ. އަދި އެބައިމީހުން (އެ ނިޔާއަށް) ފުރިހަމަވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެއެވެ.”

﴿يَا أَيُّهَا الَّذِينَ آمَنُوا كُونُوا قَوَّامِينَ بِالْقِسْطِ شُهَدَاءَ لِلَّـهِ وَلَوْ عَلَىٰ أَنفُسِكُمْ أَوِ الْوَالِدَيْنِ وَالْأَقْرَبِينَ﴾ [سورة النساء 135]

މާނައީ: “އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ޢަދުލު އިންސާފު ޤާއިމުކުރުމުގައި ދެމިތިބޭ ބަޔަކު ކަމުގައިވާށެވެ! (އަދި) ﷲ އަށްޓަކައި ހެކިބަސް އަދާކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވާށެވެ! ތިޔަބައިމީހުންގެ އަމިއްލަ ނަފްސުތަކުގެ މައްޗަށް ކަމުގައިވިޔަސް ނުވަތަ މައިންބަފައިންނާއި، ގާތްތިމާގެ މީހުންގެ މައްޗަށް ކަމުގައިވިޔަސް މެއެވެ.”

﴿وَلَا يَجْرِمَنَّكُمْ شَنَآنُ قَوْمٍ عَلَىٰ أَلَّا تَعْدِلُوا ۚ اعْدِلُوا هُوَ أَقْرَبُ لِلتَّقْوَىٰ﴾ [سورة المائدة 8]

މާނައީ: “އަދި ބަޔަކުމީހުން ދެކެ ތިޔަބައިމީހުންގައި އުފެދިފައިވާ ރުޅިވެރިކަމެއް އެއީ، ތިޔަބައިމީހުން ޢަދުލުވެރި ނުވުމުގެ މައްޗަށް ބާރުއަޅާކަމެއް ކަމުގައި ނަހަދާށެވެ! ތިޔަބައިމީހުން ޢަދުލުވެރިވާށެވެ! އެގޮތް ތަޤުވާވެރިކަމާ ގާތްކަން ބޮޑެވެ.”

﴿وَإِنْ حَكَمْتَ فَاحْكُم بَيْنَهُم بِالْقِسْطِ ۚ إِنَّ اللَّـهَ يُحِبُّ الْمُقْسِطِينَ﴾ [سورة المائدة 42]

މާނައީ: “އަދި ކަލޭގެފާނު ޙުކުމްކުރައްވާނަމަ އެބައިމީހުންގެ މެދުގައި ޢަދުލަށް ޙުކުމްކުރައްވާށެވެ! ހަމަކަށަވަރުން ޢަދުލަށް ޙުކުމްކުރާ މީހުންދެކެ ﷲ ލޯބިވެވޮޑިގެންވެއެވެ.”

﴿وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْكَافِرُونَ﴾ [سورة المائدة 44]

މާނައީ: ” ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުން އެއީ ހަމަ ކާފިރުންނެވެ.”

﴿وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الظَّالِمُونَ﴾ [سورة المائدة 45]

މާނައީ: “އަދި ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުން އެއީ ހަމަ އަނިޔާވެރިންނެވެ.”

﴿وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّـهُ فَأُولَـٰئِكَ هُمُ الْفَاسِقُونَ﴾ [سورة المائدة 47]

މާނައީ: “އަދި ﷲ ބާވައިލެއްވި ޙުކުމުން ޙުކުމް ނުކުރާމީހާ (ދަންނާށެވެ!) ފަހެ، އެބައިމީހުން އެއީ ހަމަ ފާސިޤުންނެވެ.”

﴿فَاحْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ﴾ [سورة المائدة 48]

މާނައީ: “ފަހެ، ﷲ ބާވައިލައްވާފައިވާ ޙުކުމުން އެބައިމީހުންގެ މެދުގައި، ކަލޭގެފާނު ޙުކުމް ކުރައްވާށެވެ!”

﴿وَأَنِ احْكُم بَيْنَهُم بِمَا أَنزَلَ اللَّـهُ وَلَا تَتَّبِعْ أَهْوَاءَهُمْ وَاحْذَرْهُمْ أَن يَفْتِنُوكَ عَن بَعْضِ مَا أَنزَلَ اللَّـهُ إِلَيْكَ ۖ فَإِن تَوَلَّوْا فَاعْلَمْ أَنَّمَا يُرِيدُ اللَّـهُ أَن يُصِيبَهُم بِبَعْضِ ذُنُوبِهِمْ ۗ وَإِنَّ كَثِيرًا مِّنَ النَّاسِ لَفَاسِقُونَ [٤٩] أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ ۚ وَمَنْ أَحْسَنُ مِنَ اللَّـهِ حُكْمًا لِّقَوْمٍ يُوقِنُونَ [٥٠]﴾ [سورة المائدة 49-50]

މާނައީ: “އަދި ﷲ ބާވައިލައްވާފައިވާ ޙުކުމުން އެބައިމީހުންގެ މެދުގައި ކަލޭގެފާނު ޙުކުމް ކުރައްވާށެވެ! އަދި އެބައިމީހުންގެ އަމިއްލަ އެދުންތަކަށް ކަލޭގެފާނު ތަބާވެވަޑައި ނުގަންނަވާށެވެ! އަދި ﷲ، ކަލޭގެފާނަށް ބާވައިލެއްވި ބައެއް އާޔަތުން ކަލޭގެފާނު އެއްކިބާކޮށްފާނެކަމަށް އެބައިމީހުންނާމެދު ރައްކާތެރިވެ ވަޑައިގަންނަވާށެވެ! ފަހެ، އެބައިމީހުން ފުރަގަސްދީފިނަމަ، ކަލޭގެފާނު ދެނެވަޑައިގަންނަވާށެވެ! ހަމަކަށަވަރުން ﷲއިރާދަކުރައްވަނީ އެބައިމީހުންގެ ބައެއް ފާފަތަކުގެ ސަބަބުން އެބައިމީހުންނަށް ޢުޤޫބާތްދެއްވުމަށެވެ. އަދި ހަމަކަށަވަރުން މީސްތަކުންގެ ތެރެއިން ގިނަމީހުންނީ ފާސިޤުންކަން ކަށަވަރެވެ. [49] ފަހެ، އެބައިމީހުން އެދެނީ ޖާހިލީ ޒަމާނުގެ ޙުކުމް ހެއްޔެވެ؟ ޔަޤީންކުރާ ބަޔަކަށް ﷲ އަށް ވުރެ ޙުކުމްކުރެއްވުމަށް މޮޅީ ފަހެ ކާކު ހެއްޔެވެ. [50]”

﴿قَالَ اجْعَلْنِي عَلَىٰ خَزَائِنِ الْأَرْضِ ۖ إِنِّي حَفِيظٌ عَلِيمٌ﴾ [سورة يوسف 55]

މާނައީ: “އެކަލޭގެފާނު ވިދާޅުވިއެވެ. (މިޞްރުގެ) ބިމުގެ ޚަޒާނާތަކުގެ ވެރިޔަކަށް ތިމަން ލައްވާށެވެ! ހަމަކަށަވަރުން ތިމަންނާއީ (އެއަށް) ރައްކާތެރިވާ (އެއާބެހޭ ކަންތައްތައް) ރަނގަޅަށް ދަންނަ މީހަކީމެވެ.”

﴿يَا دَاوُودُ إِنَّا جَعَلْنَاكَ خَلِيفَةً فِي الْأَرْضِ فَاحْكُم بَيْنَ النَّاسِ بِالْحَقِّ وَلَا تَتَّبِعِ الْهَوَىٰ فَيُضِلَّكَ عَن سَبِيلِ اللَّـهِ﴾ [سورة ص 26]

މާނައީ: “އޭ ދާވޫދުގެފާނެވެ! ހަމަކަށަވަރުން ބިމުގައި ޚަލީފާއެއްކަމުގައި ތިމަންއިލާހު ކަލޭގެފާނު ލެއްވީމެވެ. ފަހެ، ކަލޭގެފާނު މީސްތަކުންގެ މެދުގައި ޙައްޤުގޮތުގައި ޙުކުމް ކުރައްވާށެވެ! އަދި އަމިއްލައެދުމަށް ކަލޭގެފާނު ތަބާވެވަޑައިނުގަންނަވާށެވެ! ފަހެ، އޭރުން ކަލޭގެފާނު ﷲގެ މަގުން އެއްކިބާކޮށްފާނެއެވެ.”

﴿إِنَّمَا كَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّـهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَن يَقُولُوا سَمِعْنَا وَأَطَعْنَا ۚ وَأُولَـٰئِكَ هُمُ الْمُفْلِحُونَ﴾ [سورة النور 51]

މާނައީ: ” އެބައިމީހުންގެ މެދުގައި، ޙުކުމްކުރެއްވުމަށް ﷲ އާއި، އެއިލާހުގެ ރަސޫލާގެ އަރިހަށް އައުމަށް، އެބައިމީހުންނަށް ގޮވައިލައްވައިފި ހިނދަކު، މުއުމިނުންގެ ބަހެއްކަމުގައިވާކަން ކަށަވަރީ، ތިމަންމެން އަހައިފީމުއޭ އަދި ތިމަންމެން ކިޔަމަންވެއްޖައީމުއޭ، އެބައިމީހުން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ.”

 

_______________________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ