[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

بلوغ المرام من آيات الأحكام ގެ ތަރުޖަމާ – 63 –

އަޅުން މިނިވަންކުރުން

 

﴿وَمَا كَانَ لِمُؤْمِنٍ أَن يَقْتُلَ مُؤْمِنًا إِلَّا خَطَأً ۚ وَمَن قَتَلَ مُؤْمِنًا خَطَأً فَتَحْرِيرُ رَقَبَةٍ مُّؤْمِنَةٍ﴾ [سورة النساء 92]

މާނައީ: “އޮޅިގެން މެނުވީ މުއުމިނަކު މެރުމަކީ މުއުމިނަކަށް އޮތްކަމެއް ނޫނެވެ. އަދި އޮޅިގެން މުއުމިނަކު މަރައިފިމީހާ (ދަންނާށެވެ!) ފަހެ، އޭނާއަށް ހުރީ މުއުމިނު އަޅަކު މިނިވަންކުރުމެވެ.”

﴿لَا يُؤَاخِذُكُمُ اللَّـهُ بِاللَّغْوِ فِي أَيْمَانِكُمْ وَلَـٰكِن يُؤَاخِذُكُم بِمَا عَقَّدتُّمُ الْأَيْمَانَ ۖ فَكَفَّارَتُهُ إِطْعَامُ عَشَرَةِ مَسَاكِينَ مِنْ أَوْسَطِ مَا تُطْعِمُونَ أَهْلِيكُمْ أَوْ كِسْوَتُهُمْ أَوْ تَحْرِيرُ رَقَبَةٍ﴾ [سورة المائدة 89]

މާނައީ: “ޤަޞްދަކާ ނުލައި ބުނާ ބަސްތަކަކުން ﷲ ތިޔަބައިމީހުންނަށް ޢުޤޫބާތެއް ނުދެއްވާނެއެވެ. (އެބަހީ: އާދައިގައި ވާހަކަދައްކާ އުޅޭއިރު ހުވާކުރުމުގެ ޤަޞްދެއް ނެތި، ހުވާގެ ގޮތުގައި ބުނެވޭ ބަހެއް ބޭނުންކުރުމަކީ ކުށެއް ނޫނެވެ.) އެހެނެއްކަމަކު، ޤަޞްދުކޮށްގެންކުރާ ހުވާތަކާމެދު، އެއިލާހު ތިޔަބައިމީހުންނަށް ޖަޒާ ދެއްވާނެއެވެ. ފަހެ، ހުވާގެ ކައްފާރާއަކީ ތިޔަބައިމީހުންގެ އަނބިދަރިންނަށް ކާންދީ އުޅޭ މެދުމިނުން، ދިހަ މިސްކީނުންނަށް ކާން ދިނުމެވެ. ނުވަތަ އެބައިމީހުންނަށް އަންނައުނު ދިނުމެވެ. ނުވަތަ އަޅަކު މިނިވަންކުރުމެވެ.”

﴿ وَالَّذِينَ يُظَاهِرُونَ مِن نِّسَائِهِمْ ثُمَّ يَعُودُونَ لِمَا قَالُوا فَتَحْرِيرُ رَقَبَةٍ مِّن قَبْلِ أَن يَتَمَاسَّا﴾ [سورة المجادلة 3]

މާނައީ: “އަދި އެ ބައިމީހުންގެ އަނބިންނަށް ޡިހާރުކޮށް، ދެން އެބައިމީހުން ބުނި ބަސް އަނބުރައި ގެނައުމަށް އެދޭ މީހުން، އެކަނބަލުންގައި ބީހުމުގެ ކުރީގައި (އެބަހީ: އެއްދާންކުރުމުގެ ކުރީގައި) އަޅަކު މިނިވަންކުރާ ހުށިކަމެވެ!”

﴿فَلَا اقْتَحَمَ الْعَقَبَةَ [١١] وَمَا أَدْرَاكَ مَا الْعَقَبَةُ [١٢] فَكُّ رَقَبَةٍ [١٣]﴾ [سورة البلد 11-13]

މާނައީ: “ފަހެ، ދަތިކަން ހުރި މަގަށް އެ އިންސާނާ ވަދެ، އެމަގުން ނުހިނގީ ކީއްވެގެން ހެއްޔެވެ؟ (11) ދަތިކަން ހުރި މަގަކީ، ކޮންމަގެއްކަން، ކަލޭގެފާނަށް އަންގައިދިނީ ކޮންއެއްޗެއްތޯއެވެ؟ (12) (އެއީ) އަޅަކު މިނިވަންކުރުމެވެ. (13)”

 

މިނިވަންކުރުމުގެ އެއްބަސްވުން ލިޔެފައިވާ އަޅުން ނަންގަތް ބާބު

 

﴿وَالَّذِينَ يَبْتَغُونَ الْكِتَابَ مِمَّا مَلَكَتْ أَيْمَانُكُمْ فَكَاتِبُوهُمْ إِنْ عَلِمْتُمْ فِيهِمْ خَيْرًا﴾ [سورة النور 33]

މާނައީ: “އަދި ތިޔަބައިމީހުންނަށް މިލްކުވެގެންވާ އަޅުންގެ ތެރެއިން މިނިވަންވުމުގެ ލިޔުން އެދޭ މީހުންނާ މެދު، (ދަންނާށެވެ!) އެބައިމީހުންގެ ކިބައިން ހެޔޮގޮތެއް ތިޔަބައިމީހުންނަށް އެނގިއްޖެނަމަ، ފަހެ އެފަދަ ލިޔުން ތިޔަބައިމީހުން އެމީހުންނަށް ލިޔެދޭށެވެ.”

 

=ނިމުނީ=

_______________________________________

بلوغ المرام من آيات الأحكام ގެ ތަރުޖަމާ