[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަރުތީބު 6

  • އައްޔޫބު عليه السلام:

އެކަލޭގެފާނުގެ ނަބީކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

إِنَّا أَوْحَيْنَا إِلَيْكَ كَمَا أَوْحَيْنَا إِلَىٰ نُوحٍ وَالنَّبِيِّينَ مِن بَعْدِهِ ۚ وَأَوْحَيْنَا إِلَىٰ إِبْرَاهِيمَ وَإِسْمَاعِيلَ وَإِسْحَاقَ وَيَعْقُوبَ وَالْأَسْبَاطِ وَعِيسَىٰ وَأَيُّوبَ وَيُونُسَ وَهَارُونَ وَسُلَيْمَانَ ۚ وَآتَيْنَا دَاوُودَ زَبُورًا ﴿١٦٣﴾ [النساء 163]

މާނަ: “ނޫޙުގެފާނަށާއި، އެކަލޭގެފާނުގެ ފަހުން ތިއްބެވި ނަބީބޭކަލުންނަށް، ތިމަންއިލާހު ވަޙީ އިއްވެވިފަދައިން، ހަމަކަށަވަރުން ތިމަން އިލާހު ކަލޭގެފާނަށްވެސް ވަޙީ އިއްވެވީމެވެ. އަދި އިބްރާހީމުގެފާނަށާއި، އިސްމާޢީލުގެފާނަށާއި، އިސްޙާޤުގެފާނަށާއި، ޔަޢުޤޫބުގެފާނަށާއި، އެކަލޭގެފާނުންގެ އަސްބާޠުންނަށާއި، ޢީސާގެފާނަށާއި، އައްޔޫބުގެފާނަށާއި، ޔޫނުސްގެފާނަށާއި، ހާރޫނުގެފާނަށާއި، ސުލައިމާނުގެފާނަށްވެސް ތިމަން އިލާހު ވަޙީ އިއްވެވީމެވެ. އަދި ދާވޫދުގެފާނަށް ތިމަން އިލާހު ޒަބޫރު ދެއްވީމެވެ.”

އިބްނު ކަޘީރު ރަހިމަހުﷲ ވިދާޅުވެފައިވެއެވެ. “ސައްޙަގޮތަކީ އެކަލޭގެފާނަކީ އަލްޢީޞް ބްނު އިސްޙާޤްގެ ދަރިފަސްކޮޅުން އައިސްފައިވާ ބޭފުޅެކެވެ. އެކަލޭގެފާނުގެ އަނބިކަނބަލުންގެ ނަންފުޅަކީ ލަޔާ ބިންތު ޔައުޤޫބުއެވެ. ރަޙްމަތު ބިންތު އަފްރާއީމް ބުން ޔޫސުފް ބުން ޔައުޤޫބް ކަމުގައިވެސް ބުނެވެއެވެ. އަދި މަޝްހޫރުވެފައި އޮންނަނީވެސް މިގޮތަށެވެ. މިތަނުގައި (އެބަހީ: ޔޫސުފްގެފާނަށްފަހު) އެކަން ބަޔާންކޮށްފައިމިވަނީ އެހެންވެގެންނެވެ. “

 [البداية والنهاية (1 / 506)]

 

  • ޛުލްކިފްލު عليه السلام:

އެކަލޭގެފާނާ ބެހޭގޮތުން ﷲ ތަޢާލާ އެއްވެސް ކަމެއް އަހަރެމެންނަށް ބަޔާން ނުކުރައްވައެވެ.  އެކަލޭގެފާނަކީ ނަބީބޭކަލެއްކަމަށް ދަލީލުކޮށްދެނީ އެހެން ނަބީބޭކަލުންގެ ނަންފުޅު ޛިކުރުކުރައްވާފައިވާފަދައިން އެކަލޭގެފާނުގެ ނަންފުޅުވެސް ޛިކުރުކުރައްވާފައިވުމުންނެވެ. އެއީ އަންނަނިވި އާޔަތްތަކުގައިގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ފަދައިންނެވެ.

 وَأَيُّوبَ إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنتَ أَرْحَمُ الرَّاحِمِينَ ﴿٨٣﴾ فَاسْتَجَبْنَا لَهُ فَكَشَفْنَا مَا بِهِ مِن ضُرٍّ ۖ وَآتَيْنَاهُ أَهْلَهُ وَمِثْلَهُم مَّعَهُمْ رَحْمَةً مِّنْ عِندِنَا وَذِكْرَىٰ لِلْعَابِدِينَ ﴿٨٤﴾ وَإِسْمَاعِيلَ وَإِدْرِيسَ وَذَا الْكِفْلِ ۖ كُلٌّ مِّنَ الصَّابِرِينَ ﴿٨٥﴾ [الأنبياء 83-85]

މާނަ: “އަދި އައްޔޫބުގެފާނު، އެކަލޭގެފާނުގެ ވެރިރައްބަށް ދުޢާކުރެއްވި ހިނދު، ހަނދުމަކުރާށެވެ! ހަމަކަށަވަރުން މިއަޅާއަށް ދަތިކަމާއި އުނދަގޫ ޖެހިއްޖެއެވެ. އަދި އިބައިލާހީ ރަޙުމްކުރާ ފަރާތްތަކުގެ ތެރެއިން އެންމެ ރަޙްމަތްވަންތަ އިލާހެވެ. ފަހެ، ތިމަން އިލާހު އެކަލޭގެފާނަށް އިޖާބަދެއްވައި، އެކަލޭގެފާނަށް ޖެހިފައިވާ ދަތި ޙާލު ފިއްލަވައި، އަދި އެކަލޭގެފާނަށް އެކަލޭގެފާނުގެ އަހުލުންނާއި، އެ އަހުލުންނާއެކު ހަމަ އެފަދަ އަހުލުން ދެއްވީމެވެ. ތިމަންއިލާހުގެ ޙަޟްރަތުން ލެއްވި ރަޙްމަތެއް ކަމުގައެވެ. އަދި އަޅުކަންކުރާ މީހުންނަށް ހަނދާންކޮށްދިނުމެއް ކަމުގައެވެ. އަދި އިސްމާޢީލުގެފާނާއި، އިދްރީސްގެފާނާއި، ޛުލްކިފްލިގެފާނު ހަނދުމަކުރާށެވެ! އެއިން ކޮންމެ ބޭކަލަކުވަނީ ކެތްތެރިންގެ ތެރެއިންނެވެ.”

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

وَاذْكُرْ عِبَادَنَا إِبْرَاهِيمَ وَإِسْحَاقَ وَيَعْقُوبَ أُولِي الْأَيْدِي وَالْأَبْصَارِ ﴿٤٥﴾ إِنَّا أَخْلَصْنَاهُم بِخَالِصَةٍ ذِكْرَى الدَّارِ ﴿٤٦﴾ وَإِنَّهُمْ عِندَنَا لَمِنَ الْمُصْطَفَيْنَ الْأَخْيَارِ ﴿٤٧﴾ وَاذْكُرْ إِسْمَاعِيلَ وَالْيَسَعَ وَذَا الْكِفْلِ ۖ وَكُلٌّ مِّنَ الْأَخْيَارِ ﴿٤٨﴾ [ص 45-48]

މާނަ: “އަދި ތިމަންރަސްކަލާނގެ އަޅުން ކަމުގައިވާ އިބްރާހީމުގެފާނާއި، އިސްޙާޤުގެފާނާއި، ޔަޢުޤޫބުގެފާނު ހަނދުމަކުރައްވާށެވެ! (އެބޭކަލުންނީ) ހެޔޮ ޢަމަލުކުރެއްވުމަށް ބާރުގަދަ، ބުއްދީގެ އަހުލުވެރިންނެވެ. ހަމަކަށަވަރުން ތިމަންއިލާހު އެބޭކަލުން ސާފު ޚަޞީލަތަކުން މާތްކުރައްވައި ޚިޔާރުކުރެއްވީމެވެ. އެއީ އާޚިރަތް ހަނދުމަކުރެއްވުމެވެ. އަދި ހަމަކަށަވަރުން އެބޭކަލުންވަނީ ތިމަންއިލާހުގެ ޙަޟްރަތުގައި ޚިޔާރުކުރައްވާފައިވާ ހެޔޮލަފާ ބޭކަލުންގެ ތެރެއިންނެވެ. އަދި އިސްމާޢީލުގެފާނާއި، އަލްޔަސަޢުގެފާނާއި، ޛުލްކިފްލިގެފާނު ހަނދުމަކުރައްވާށެވެ! އެހުރިހާ ބޭކަލުންވަނީ ހެޔޮލަފާމީހުންގެ ތެރެއިންނެވެ.”

ބައެއް ބޭފުޅުން ދެކެލައްވާ ގޮތުގައި އެކަލޭގެފާނަކީ އައްޔޫބް  عليه السلام ގެ ދަރިކަލެކެވެ. [ބައްލަވާ البداية والنهاية (1/516)]

=ނުނިމޭ=

____________________________

މަޞްދަރު

 

މިލިޔުމުގެ އެހެންބައިތައް