[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ތިމާ އެކަނިވާ ވަގުތު ފާފަތައްކުރުމާއި އުރެދުންތަކަށް އަރައިގަތުމުގެ ބިރުވެރިކަން

عَنْ ثَوْبَانِ عَنِ النَّبِىِّ صلى الله عليه وسلم أَنَّهُ قَالَ :« لأَعْلَمَنَّ أَقْوَامًامِنْ أُمَّتِى يَأْتُونَ يَوْمَ الْقِيَامَةِ بِحَسَنَاتٍ أَمْثَالِ جِبَالِ تِهَامَةَ بِيضًا فَيَجْعَلُهَا اللَّهُ عَزَّ وَجَلَّ هَبَاءً مَنْثُورًا » .قَالَ ثَوْبَانُ : يَا رَسُولَ اللَّهِ صِفْهُمْ لَنَا جَلِّهِمْ لَنَا أَنْلاَ نَكُونَ مِنْهُمْ وَنَحْنُ لاَ نَعْلَمُ . قَالَ :« أَمَا إِنَّهُمْ إِخْوَانُكُمْ وَمِنْ جِلْدَتِكُمْ وَيَأْخُذُونَ مِنَ اللَّيْلِ كَمَا تَأْخُذُونَ وَلَكِنَّهُمْ أَقْوَامٌ إِذَا خَلَوْا بِمَحَارِمِ اللَّهِ انْتَهَكُوهَا » . رواه ابن ماجه و صححه الألبانى

މާނައީ: ثَوْبَانِ ރަޟިޔަ ﷲ ޢަންހުގެ އަރިހުން ވާރިދުވެގެން އައިސްފައިވެއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ. ” ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނުންގެ އުއްމަތުން ބަޔަކު تِهَامَةَ ގައި ހުންނަ ހުދުފަރުބަދަތައްހާ ގިނަ ހެޔޮކަންތައްތަކާއިގެން އަންނާނެތެވެ. ދެންފަހެ ﷲ ތަޢާލާ އެމީހުންގެ އެ ހެޔޮކަންތައްތައް ވަޔަށް ބުރައިގެންދާ ކުނޑިތަކެއް ކަމުގައި ލައްވަވާނެތެވެ. ” އެހިނދު ثَوْبَانِ ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ” އޭ ﷲ ގެ ރަސޫލާއެވެ. ތިމަންމެން އޭމީހުންގެ ތެރޭއިން ނުވުމަށްޓަކައި އެބައިމީހުންނަކީ ކޮންބައެއް ކަމާއި އެބައިމީހުންގެ ސިފަތައް ބަޔާންކޮށްލަދެއްވާށެވެ. ” ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ޙަދީޘްކުރެއްވިއެވެ. ” ދަންނާށެވެ. އެއީ ހަމަ ކަލޭމެންގެ އަޚުންގެ ތެރޭގައިވާ ކަލޭމެންފަދަ ބައެކެވެ. އަދި އެމީހުން ކަލޭމެންފަދައިން ރޭއަޅުކަންވެސް ކޮށް ހަދައެވެ. އެހެނަސް އެމީހުން ﷲ ޙަރާމްކުރައްވާފައިވާ ކަމަކާއެކު އެކަނިވާ ވަގުތު އެކަމުގެ ޙުރުމަތް ކަނޑާލައި އެކަމެއް ކޮށްލައެވެ. “

  • އޭ މުސްލިމް އަޚުންނާއި އުޚްތުންނޭވެ. ތިމާމެން އެކަނިވާ ވަގުތު ފާފަކުރުމާއިމެދު ބިރުވެތިވާށެވެ. އެހެނީ އަހަރުމެން ސިއްރުކުރާހާ ކަންތަކާއި ފާޅުކުރާހާ ކަންތައްވެސް އެންމެ މޮޅަށް ދެނެވޮޑިގެންވާ އިލާހުކަމުގައި ﷲ ތަޢާލާ ވޮޑިގެންވެއެވެ.