[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

ރަސޫލުބޭކަލުންނާއި ނަބީބޭކަލުންގެ ތަރުތީބު 7

  • ޔޫނުސް عليه السلام :

 

އެކަލޭގެފާނު އުޅުއްވި ޒަމާން މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. އިބްނު ކަޘީރު ރަޙިމަހުﷲ قصص الأنبياء ގައި،  މޫސާގެފާނަށް ވުރެ ކުރިން ޔޫނުސްގެފާނު ޒިކުރުކުރައްވައެވެ.

ﷲ ތަޢާލާގެ ޢާންމުވެގެންވާ ޢަޛާބެއްގައި ޤައުމެއް ނެތިހަލާކު ކުރެއްވުމުން ޔޫނުސްގެފާނުގެ ޤައުމުގެ މީސްތަކުން ސަލާމަތްކުރެއްވިއެވެ. އެއީ އެބައިމީހުން އީމާންވިކަން އިޢުލާންކުރުމުންނެވެ.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ.

فَلَوْلَا كَانَتْ قَرْيَةٌ آمَنَتْ فَنَفَعَهَا إِيمَانُهَا إِلَّا قَوْمَ يُونُسَ لَمَّا آمَنُوا كَشَفْنَا عَنْهُمْ عَذَابَ الْخِزْيِ فِي الْحَيَاةِ الدُّنْيَا وَمَتَّعْنَاهُمْ إِلَىٰ حِينٍ ﴿٩٨﴾ [يونس 98]

މާނަ: “ފަހެ، ރަށެއްގެ މީހުން އެއުރެންގެ އީމާންކަމުން މަންފާކުރާނޭ ގޮތުގައި، އީމާންވީނަމަ ކިހާރަނގަޅުހޭ! އެހެނެއްކަމަކު، ޔޫނުސްގެފާނުގެ ޤައުމުގެމީހުން އީމާންވުމުން، ތިމަންއިލާހު އެއުރެންގެ ކިބައިން ދުނިޔޭގެ ޙަޔާތުގައި ނިކަމެތިކަމުގެ ޢަޛާބު ދުރުކުރެއްވީމެވެ. އަދި އެއުރެންގެ އަޖަލު ޖެހިއްޖައުމަށް ދާންދެން، އެއުރެން އަރާމުގައި އުޅުމަށް ލެހެއްޓެވީމެވެ.”

މޫސާގެފާނަށް ފަހު ޖިހާދު ޝަރުޢުކުރެވުނެވެ. އަދި އެންމެންގެ މައްޗަށް އާންމު ޢަޛާބު ފޮނުއްވެވުން ހުއްޓިގެން ދިޔައެވެ.

ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

“ޢިލްމުގެ އަހުލުވެރިންގެ އަރިހުގައި، ތައުރާތަށް ފަހު ﷲގެ (ޝަރީޢަތް) ދޮގުކުރި އުންމަތެއް އާންމުވާނޭހެން އުޑުން ޢަޛާބު ފޮނުއްވަވާ ނޫޙުގެފާނުގެ ޤައުމާއި، ޢާދުބާގައިގެ މީހުންނާއި، ޘަމޫދުބާގައިގެ މީހުންނާއި، ލޫޠުގެފާނުގެ ޤައުމުގެ މީހުންނާއި، ފިރުޢައުނާ އަދިވެސް ބައެއް ޤައުމުގެ މީހުން ހަލާކުކުރެއްވި ފަދައިން ހަލާކުނުކުރައްވައެވެ. ﷲ ތަޢާލާ،  ބަނޫއިސްރާއީލުގެ މީހުންނަށް މޫސާގެފާނަށް ދޫފުޅުން ޖަބާބިރާއިންނާއި ދެކޮޅަށް ޖިހާދަށް އަމުރުކުރެއްވި ފަދައިން މުއުމިނުންނަށް ކާފިރުންނާއި ދެކޮޅަށް ޖިހާދަށް އަމުރުކުރެއްވިއެވެ.” (الجواب الصحيح(2 / 251))

އިބްނުކަޘީރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ.

﴿وَلَقَدْ آتَيْنَا مُوسَى الْكِتَابَ مِن بَعْدِ مَا أَهْلَكْنَا الْقُرُونَ الْأُولَىٰ﴾

މާނަ: “އަދި ހަމަކަށަވަރުން އިހުގެ ޖީލުތައް ހަލާކު ކުރެއްވުމަށް ފަހުގައި، ތިމަންއިލާހު މޫސާގެފާނަށް ފޮތް ދެއްވީމެވެ.”

“ﷲ ތަޢާލާގެ މިވަޙީބަސްފުޅުގެ މުރާދަކީ ތައުރާތަށް ފަހު، ﷲ ތަޢާލާ އުންމަތަކަށް ޢާންމު ޢަޒާބު ނުފޮނުއްވައެވެ. އަދިކިއެއް، އެކަލާނގެ މުއުމިނުންނަށް އަމުރުކުރައްވަނީ މުޝްރިކުންނާއި ދެކޮޅަށް ޖިހާދުކުރުމަށެވެ.” (“تفسير ابن كثير” (6 / 239))

=ނުނިމޭ=

____________________________

މަޞްދަރު

 

މިލިޔުމުގެ އެހެންބައިތައް