[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

تَدْوِيْنُ السُّنَّةِ النَّبَوِيَّةِ 67

އެ ޒަމާނުގައި ލިޔެވިގެން ދިޔަ ބައެއް ފަތްފުށްތަކުގެ މިޘާލުތައް މިތަނުގައި ޛިކުރުކޮށްލާނަމެވެ.

  1. އިބްނު ޢައްބާސްގެ ދަރިވަރެއްކަމުގައިވާ ސަޢީދު ބުން ޖުބައިރުގެ ފަތްފުށް ނުވަތަ ފަތް ފުށްތައް. [1]
  2. އަބޫ ހުރައިރާއާއި އެހެން ބޭކަލުންގެ އަރިހުން ބަޝީރު ބުން ނަހީކު ލިޔުއްވި ފަތްފުށް. [2]
  3. އިބްނު ޢައްބާސްގެ ދަރިވަރެއްކަމުގައިވާ މުޖާހިދު ލިޔުއްވި ފަތްފުށް. އަބޫ ޔަޙްޔާ އަލްކުނާސީ ވިދާޅުވިއެވެ. “ތިމަންކަލޭގެފާނާ އެކު މުޖާހިދު، އެކަލޭގެފާނުގެ ކޮޓަރިކޮޅަށް އަރުއްވައެވެ. އަދި އެކަލޭގެފާނުގެ ފޮތްތައް ނެރުއްވުމުން، ތިމަންކަލޭގެފާނު އެއިން ނަޤުލުކުރައްވަމެވެ.” [3]
  4. ޖާބިރު ބުން ޢަބްދުﷲ ގެ ދަރިވަރެއްކަމުގައިވާ އަބުއް ޒުބައިރު މުޙައްމަދު ބުން މުސްލިމު ބުން ތަދްރުސް އަލްމައްކީ ގެ ފަތްފުށް. ޖާބިރުގެފާނުގެ އަރިހުންނާއި އަދި އެހެން ބޭކަލުންގެ އަރިހުންވެސް އެކަލޭގެފާނު ރިވާކުރެއްވިއެވެ. [4]
  5. ޒައިދު ބުން އަބީ އުނައިސާ އައްރުހާވީ ގެ ފަތްފުށް. [5]
  6. އަބީ ޤުލާބާ އަވަހާރަވަމުން އައްޔޫބު އައްސިޚްތިޔާނީއަށް ދެއްވުމަށް ވަޞިއްޔަތްކުރެއްވި ފަތްފުށް. [6]
  7. އައްޔޫބު ބުން އަބީ ތަމީމާ އައްސިޚްތިޔާނިގެ ފަތްފުށް. [7]
  8. ހިޝާމު ބުން ޢުރްވާ ބުން ޒުބައިރުގެ ފަތްފުށް. [8]

 

ތާބިޢީ ބޭކަލުންގެ އަރިހުން މިނޫނަސް ވަރަށް ގިނަ ފަތްފުށްތައް ރިވާވެގެންވެއެވެ. ޞަޙާބީ ބޭކަލުން رضي الله عنهم ގެ ފަތްފުށްތަކަށް ފަހު ދެން އެންމެ އަސާސީ ފަތްފުށްތަކަށް ވެގެން ދިޔައީ މި ފަތްފުށްތަކެވެ. ދެވަނަ ޤަރުނާއި ތިންވަނަ ޤަރުނުގެ ލިޔުންތައް ބިނާވެފައިވަނީ އޭގެ ކުރީގެ ފަތްފުށްތަކުގެ މައްޗަށެވެ.

= ނުނިމޭ =


އެހެނިހެން ބައިތައް

 

[1]  تقييد العلم ص: 102 – 103، سنن الدارمي – باب من رخص في كتابة العلم.

[2] تقييد العلم ص: 101، سنن الدارمي – باب من رخص من كتابة العلم.

[3] تقييد العلم ص: 105.

[4] انظر: بحوث في تاريخ السنة للدكتور أكرم العمري ص: 230، دراسات في الحديث النبوي 1 / 203.

[5]  އޭގެ ތެރެއިން 16 ޞަފްޙާ ދިމިޝްޤުގައި ހުން މަކްތަބަ އައްޘާހިރިއްޔާގައި އެބަ އޮތެވެ. بحوث في تاريخ السنَّة ص: 230.

[6] انظر: دراسات في الحديث النبوي 1 / 144.

[7] އޭގެ ތެރެއިން 15 ޞަފްޙާ ދިމިޝްޤުގައި ހުން މަކްތަބަ އައްޘާހިރިއްޔާގައި އެބަ އޮތެވެ. بحوث في تاريخ السنة ص: 230.

[8] އޭގެ ތެރެއިން 16 ޞަފްޙާ ދިމިޝްޤުގައި ހުން މަކްތަބަ އައްޘާހިރިއްޔާގައި އެބަ އޮތެވެ. بحوث في تاريخ السنة ص: 230.