[vstrsnln_info]

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

މި ވެބްސައިޓުގައިވާ ލިޔުންތައް ނަކަލު ކުރާނަމަ މި ވެބްސައިޓަށާއި ލިޔުންތެރިއާއަށް ހަވާލާދެއްވާ!

مادة التوحيد ٦ (ف 1 ، د 12 – ބޮޑު ކުފުރުގެ އެހެނިހެން ބައިތައް)

ހަތަރުވަނަ ބާވަތް: ފުރަގަސްދިނުމުގެ ކުފުރު

މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

﴿وَالَّذِينَ كَفَرُوا عَمَّا أُنذِرُوا مُعْرِضُونَ﴾ [سورة الأحقاف  ٣]

މާނައީ: “އަދި ކާފިރުވި މީހުންނީ އެބައިމީހުންނަށް އިންޛާރުކުރައްވާ ކަންތަކަށް ފުރަގަސްދޭ ބަޔެކެވެ.”

 

ފަސްވަނަ ބާވަތް: ނިފާޤުކަމުގެ ކުފުރު

މިކަމުގެ ދަލީލަކީ ﷲ ތަޢާލާގެ އަންނަނިވި ވަޙީބަސްފުޅެވެ.

﴿ذَٰلِكَ بِأَنَّهُمْ آمَنُوا ثُمَّ كَفَرُوا فَطُبِعَ عَلَىٰ قُلُوبِهِمْ فَهُمْ لَا يَفْقَهُونَ﴾ [سورة المنافقين ٣] 

މާނައީ: އެއީ އެބައިމީހުން (އެބަހީ: މުނާފިޤުން) އީމާންވެ، ދެން އެއަށް ފަހު ކާފިރުވީކަމުގެ ސަބަބުންނެވެ. ފަހެ، އެބައިމީހުންގެ ހިތްތަކުގައިވަނީ ސިއްކަޖައްސަވާފައެވެ. ފަހެ، އެބައިމީހުންނަކަށް ނުވިސްނެއެވެ.”

 

 

ފިލާވަޅުގެ އިރުޝާދުތައް

 

* ފުރަގަސްދިނުމުގެ ކުފުރަކީ އިސްލާމްދީނަށް އެއްކޮށް ފުރަގަސް ދިނުމެވެ. އަދި އެދީން އުނގެނުމާއި އެދީނާ އެއްގޮތަށް ޢަމަލުކުރުން އެއްކޮށް ދޫކޮށްލުމެވެ.

* ނަބިއްޔާ صلى الله عليه وسلم އެކަލޭގެފާނުގެ އަރިހުގައިވީ މީސްތަކުން އެއްކުރައްވާފައިވާ، ﷲ ގެ އެއްކައުވަންތަކަމަށް ގޮވާލާ އެކަމަށް އިޤުރާރުވުމަށް ދަޢުވަތުދެއްވިއެވެ.

ފަހެ، އެހިނދު އަބޫ ލަހަބު ބުންޏެވެ.

“ކަލޭގެފާނަށް ހަލާކު ހުއްޓެވެ! އަހަރުމެން ތިޔަ ޖަމާކުރީ ތިކަމަށް ހެއްޔެވެ؟”

އަދި އެކަލޭގެފާނު ދެއްކެވި ވާހަކަތައް އޭނާ ޤަބޫލެއް ނުކުރިއެވެ. [1] އަބޫ ލަހަބު އެ ކުރި ފަދަ ޢަމަލުތަކަށް ކިޔަނީ ޙައްޤަށް ފުރަގަސް ދިނުމެވެ. އެއީ ކުފުރުގެ ބާވަތެކެވެ.

* މުސްލިމަކަށް މީހަކު ޙައްޤަށް ގޮވާލައިފިނަމަ އެގޮތަށް ތަބާވުން ހުއްޓެވެ. އަދި ފާފަވެރިވެގަތުމާއި ބޮޑާކަން އިސްކޮށް އެކަމަށް ފުރަގަސްދީގެން ނުވާނެއެވެ. އޭގެ ސަބަބުން އޭނާ އަބާއްޖަވެރިވެގެން ދާނެއެވެ.

فَذَكِّرْ إِن نَّفَعَتِ الذِّكْرَىٰ ﴿٩﴾ سَيَذَّكَّرُ مَن يَخْشَىٰ ﴿١٠﴾ وَيَتَجَنَّبُهَا الْأَشْقَى ﴿١١﴾ الَّذِي يَصْلَى النَّارَ الْكُبْرَىٰ ﴿١٢﴾ [سورة الأعلى]

މާނައީ: “ފަހެ، ހަނދުމަކޮށްދިނުން މަންފާކުރާނަމަ، ކަލޭގެފާނު ހަނދުމަކޮށްދެއްވާށެވެ. (9) (ﷲ އަށް) ބިރުވެތިވާ މީހާ ހަނދުމަކޮށް އުޅޭނެއެވެ. (10) އަދި އަބާއްޖަވެރިކަން އެންމެ ބޮޑުމީހާ އެކަމުން ދުރުހެލިވާނެއެވެ. (11) އެމީހާއީ، ބޮޑުވެގެންވާ ނަރަކައަށް ވަންނާނޭ މީހެކެވެ. (12)”

* ނިފާޤުކަމަކީ އިސްލާމްކަން ފާޅުކޮށްފައި ކުފުރު ވަންހަނާކުރުމެވެ. އެއީ މިސާލަކަށް:

މީހަކު އިސްލާމްކަން ފާޅުކުރެއެވެ. އަދި މުސްލިމުންނާއެކު ނަމާދުވެސް ކުރެއެވެ. އެހެނަސް އޭނާ ﷲއަށް އީމާނެއް ނުވެއެވެ. އަދި އެއިލާހުގެ ޝަރީޢަތް ދެކެ ރުޅިއާދެއެވެ. އެފަދަ މީހަކު ކުރާ ނަމާދަކުން އެމީހަކަށް ފައިދާ އެއް ނުކުރާނެއެވެ. އަދި ހަމައެކަނި މުސްލިމު ނަމެއް ކިޔައިގެން އުޅުނަކަސް އެފަދަ މީހަކަށް ފައިދާއެއް ނުކުރާނެއެވެ.

ނިފާޤުކަމުގެ ކުފުރަކީ މިއީއެވެ.

 

 

ސުވާލުތައް

 

ނިފާޤުކަމުގެ ކުފުރަކީ މިއީއެވެ.

  1. ފުރަގަސްދިނުމުގެ ކުފުރަކީ ކޮބާ ހެއްޔެވެ؟ އެކަމުގެ ދަލީލު ބަޔާންކުރާށެވެ.
  2. މިސާލާއެކު ނިފާޤުކަން ބަޔާންކުރާށެވެ.
  3. ނަބިއްޔާ صلى الله عليه وسلم ޤުރައިޝުންނަށް އިސްލާމްދީނަށް ދަޢުވަތު ދިނުމުން އަބޫ ލަހަބަ ކާފިރުވިއެވެ. އެއީ ކުފުރުގެ ކޮން ބާވަތެއް ހެއްޔެވެ؟
  4. މުސްލިމަކަށް ޙައްޤަށް ތަބާވުމަށް މީހަކު ގޮވާލުމުން އޭނާ ޢަމަލުކުރަންވީ ކިހިނެތް ހެއްޔެވެ؟
  5. މުނާފިޤުކަމުގެ ނަތީޖާއަކީ ކޮބާ ހެއްޔެވެ؟ އެފަދަ މީހަކު ކުރާ ނަމާދަކުން ނުވަތަ ހިފާ ރޯދައަކުން އޭނާއަށް ފައިދާ ކުރާނެ ހެއްޔެވެ؟
  6. މީހަކު އިސްލާމްކަން ފާޅުކުރެއެވެ. އެހެނަސް އޭނާ ﷲއަށް އީމާނެއް ނުވެއެވެ. އެފަދަ މީހަކީ ކޮންކަހަލަ މީހެއް ހެއްޔެވެ؟
  7. ނިފާޤުކަމުގެ ކުފުރުގެ ދަލީލު ބަޔާންކުރާށެވެ.

= ނުނިމޭ =

 


[1] ބައްލަވާ: صحيح البخاري، رقم الحديث: 4971

 

مادة التوحيد ٦